ކ. މާލެ
|
3 މެއި 2025 | ހޮނިހިރު 18:56
ރައީސުލްޖުމްހޫރިއްޔާ ޑރ.މުަހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުަހައްމަދު މުއިއްޒު
ރާއްޖެއެމްވީ
ރައީސް ޑރ. މުޙައްމަދު މުއިއްޒު
ފުލުހުން އިންޒާރު ދިން ނަމަވެސް މާލޭގެ ހުރިހާ ތަނަކަށް ވެސް އެއްވެވޭނެ: ރައީސް
ސަރުކާރުން ހުއްދަ ދީފައިވާ މަދު ސަރަހައްދަކަށް މެނުވީ އެއްނުވެވޭނެ ކަމަށް އަންގައި ފުލުހުން އިންޒާރު ދީފައިވަނީ ހުކުރު ދުވަހު
އެހެން ނަމަވެސް ފުލުހުންގެ އެ އިންޒާރުގެ ބަޔާނާއި އެކުގައި ވިޔަސް މާލެއަށް އެއްވުން ސަރުކާރުން ދުވަހަކުވެސް މަނާ ނުކުރާ ކަމަށް ރައީސް ވިދާޅުވި

ސަރުކާރުން ހުއްދަ ދީފައިވާ މަދު ސަރަހައްދަކަށް މެނުވީ އެއްނުވެވޭނެ ކަމަށް އަންގައި ފުލުހުން އިންޒާރު ދީފައިވީ ނަމަވެސް މާލޭގެ ހުރިހާ ތަނަކަށް ވެސް އެއްވެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ ހޮނިހިރު ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މާލޭގެ ކާނިވާ ސަރަހައްދާއި ރަސްފަންނާއި އުސްފަސްގަނޑާއި އިންޑަސްޓްރިއަލް ޒޯން ނޫން ތަނަކަށް އެއްވެއްޖެ ނަމަ އެ އެއްވުމެއް ބާރުގެ ބޭނުންކޮށްގެން ރޫޅާލާނެ ކަމަށް ފުލުހުން އަންގާ އިއުލާނު ކުރީ ހުކުރު ދުވަހުގައެވެ.

އެ ވާހަކަތަކަށް އިޝާރަތްކުރައްވައި ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ފުލުހުންގެ އެ އެންގުމަކީ ގާނޫނު މިވަގުތު އޮތް ގޮތުން ލިޔުން ނެރެންވާ ގޮތް ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން މާލެއަށް އެއްވުން ސަރުކާރުން ދުވަހަކު ވެސް މަނާ ނުކުރާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ފުލުހުންގެ އެންގުމަކީ ގާނޫނު މިވަގުތު އޮތް ގޮތުން ލިޔުން ނެރެންވާ ގޮތް ކަންނޭނގެ. އަޅުގަނޑު ބަލައިލާނަން އެ އިބާރާތް. އަޅުގަނޑު އަހާލަން ޖެހޭނީ އެހެން އޮތީ.. އެކަމަކު ޕްރެކްޓިސް ކުރަނީ ކީއްވެތޯ. ރޭގައި ވެސް ހަމަ ރީތިކޮށް އެއްވެވުނު. ރޭގައި ވެސް އެއްވެވުނު. އެއްވެސް ކަހަލަ އިންޒާރެއް ވެސް ނުދޭ

ރައީސް ޑރ. މުޙައްމަދު މުއިއްޒު

21 އަހަރުގެ ޔުމްނު އަށް އިންސާފު ހޯދައިދިނުމަސް ކަމަށް ބުނެ ޒުވާނުން މިހާރު ކުރަމުން އަންނަ ސިލްސިލާ އިހުތިޖާޖުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައީސް ވިދާޅުވީ ވަރަށް ގިނަ ފަރާތްތަކަކުން، އާންމުންނާއި ވިޔަފާރިވެރިން ހިމެނޭހެން ޒުވާނުންގެ އެއްވުމުގައި މަގުބަންދު ކޮށް މުޒާހަރާގެ ނަމުގައި ހުތުރު ބަސްތައް ބޭނުންކޮށް ކުޅިވަރު ކުޅެމުން އަންނަކަމުގެ ޝަކުވާ ކުރައްވާފައި ވާކަމަށެވެ. އެހެން ކަމުން އެފަދަ އެތަކެއް ކަންތަކެއް ހުރީމަ ފުލުހުން ނުކުމެ މުޒާހަރާ ހުއްޓުވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކުރިން އެންގުމަކައި ނުލައި މުޒާހަރާ ކުރުމަކީ ގާނޫނުއަސާސީއިން ލިބިދޭ ހައްގަކަށް ވާއިރު، ގާނޫނާ ހިލާފަށް ބާއްވާ އެއްވުންތައް ރޫޅާލުމަށް ގާނޫނީ ބާރުގެ ބޭނުންކޮށް އެއްވުން އިންތިޒާމުކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅައި އާންމު މަސްލަހަތު ރައްކާތެރިކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ދިވެހި ފުލުހުންގެ ހިދުމަތުން އަޅަމުންގެ ގެންދާނެ ކަމަށް ފުލުހުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ފުލުހުން ނެރުނު ބަޔާނުގައި ބުނީ އެ ގާނޫނު ތަންފީޒު ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަޅާނެ ކަމަށެވެ. ފުލުހުން އެހެން ބުނިއިރު، ގާނޫނުއަސާސީގައި ހުއްދަ ކޮށްފައި އޮތް މިންވަރަށް މުޒާހަރާ ކުރުމުގެ ހައްގު ފުޅާ ކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

- ކޮމެންޓް