ކ. މާލެ
|
3 މެއި 2025 | ހޮނިހިރު 11:11
ރައީސުލްޖުމްހޫރިއްޔާ ޑރ.މުަހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުަހައްމަދު މުއިއްޒު
ރާއްޖެއެމްވީ
ރައީސް މުޢިއްޒުގެ ނޫސްވެރިންގެ ބައްދަލުވުން
ކުރީ ސަރުކާރުގެ އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތް ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
ކުރީގެ ސަރުކާރުން އިންޑިއާ އާއެކު ސޮއި ކޮށްފައިވާ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ އަރާފައިވާ ކަމަށް، ރިޔާސީ ކެމްޕެއިންގެ ތެރޭގައި އެމަނިކުފާނު ވަނީ ވިދާޅުވެފައި.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ސޮއި ކޮށްފައިވާ އަސްކަރީ އެއްބަސްވުންތަކުގައި ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން އެހެން ޤައުމުތަކާ އެކު ސޮއި ކޮށްފައިވާ އަސްކަރިއްޔާ އެއްބަސްވުންތައް ހާމަ ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެއްބަސްވުންތައް ހާމަ ކުރެވޭނީ ޤައުމުތަކުން ރުހިގެން ކަމަށެވެ.

މިހާތަނަށް އެއްބަސްވުންތައް ހާމަ ނުކޮށް އޮތީ، އޭގައި އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ އެއްބަސްވުންތައް ހާމަ ނުކޮށް އޮތީ، ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް ހުރެގެން ނޫން ކަމަށެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީއިރު، ކުރީގެ ސަރުކާރުން އިންޑިއާ އާއެކު ސޮއި ކޮށްފައިވާ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ އަރާފައިވާ ކަމަށް، ރިޔާސީ ކެމްޕެއިންގެ ތެރޭގައި އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

އަދި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް ވެސް އަސަރު ކުރާ ކަމަށާއި، ކުރީ ސަރުކާރުން މަސައްކަތް ކުރީ އިންޑިއާ އަށް ރާއްޖެ ވިއްކާލައި، އިންޑިއާގެ ބަޔަކަށް ރާއްޖެ ހެދުމަށް ކަމަށް ވެސް، އޭރު އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފަ އެވެ.

އަދި އެކަމާ ދެކޮޅަށް ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ކެމްޕެއިންގައި ރައީސް މުޢިއްޒު އަކީ ވަރަށް އިސްކޮށް އުޅުއްވި ބޭފުޅެކެވެ.

- ކޮމެންޓް