ކ. މާލެ
|
26 އޯގަސްޓް 2017 | ހޮނިހިރު 05:37
ރައީސް ނަޝީދު: ބޮޑެތި ޤައުމުތަކުން ކުދި ޤައުމުތަކަށް ނުފޫޒު ފޯރުވުމަށް މިހާރު ބޭނުންކުރާ މައި އުކުޅަކީ، ކޮމަރޝަލް ލޯނުތަކާއި ގުޅުވާފައިވާ ތަރައްޤީގެ މަޝްރޫޢުތައް ކަމަށް ވިދާޅުވި
ރައީސް ނަޝީދު: ބޮޑެތި ޤައުމުތަކުން ކުދި ޤައުމުތަކަށް ނުފޫޒު ފޯރުވުމަށް މިހާރު ބޭނުންކުރާ މައި އުކުޅަކީ، ކޮމަރޝަލް ލޯނުތަކާއި ގުޅުވާފައިވާ ތަރައްޤީގެ މަޝްރޫޢުތައް ކަމަށް ވިދާޅުވި
ރައީސް އޮފީސް
ރައީސް ނަޝީދު
ތަރައްޤީގެ ނަމުގައި އަންނަ ދަރަންޏަކީ މިނިވަންކަމަށް އޮތް ބިރެއް: ރައީސް ނަޝީދު
ބޮޑެތި ޤައުމުތަކުން ނުފޫޒު ފޯރުވަނީ ތަރައްޤީގެ ޕްރޮޖެކްޓްތަކުގެ ނަމުގައި
ޤައުމު ތަރައްޤީ ކުރެވޭނީ ވެރިކަން ހިންގުން އިސްލާހުކޮށްގެން
ދެއްކުންތެރިކަމަށް ހިންގާ ޕްރޮޖެކްޓްތަކަކީ ޤައުމަށް ފައިދާ ކުރުވާ ޕްރޮޖެކްޓްތަކެއް ނޫން

ދިވެހި ދައުލަތުގައި އޮތް ބޭރުގެ ދަރަނީގެ 75 އިންސައްތައަކީ އެއް ޤައުމަށް އޮތް ދަރަނި ކަމަށާއި، އެއީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ރިސަރޗް އެންޑް އިންފޯމޭޝަން ސިސްޓަމް ފޯރ ޑިވެލޮޕިންގ ކަންޓްރީޒްއިން، ދިއްލީގައި ކުރިއަށްގެންދިޔަ ކޮންފަރެންސެއްގައި ހުކުރު ދުވަހު ވާހަކަދައްކަވަމުން، ރައީސް ނަޝީދު ވިދާޅުވީ، ބޮޑެތި ޤައުމުތަކުން ކުދި ޤައުމުތަކަށް ނުފޫޒު ފޯރުވުމަށް މިހާރު ބޭނުންކުރާ މައި އުކުޅަކީ، ކޮމަރޝަލް ލޯނުތަކާ ގުޅުވާފައިވާ ތަރައްޤީގެ މަޝްރޫޢުތައް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ތަރައްޤީގެ މިފަދަ ޕްރޮޖެކްޓްތަކުގެ ނަތީޖާއަކީ އަބަދުވެސް އެއް ނަތީޖާއެއް ކަމަށާއި، އެއީ "ތަރައްޤީގެ ޕްރޮޖެކްޓް ހިންގައިދޭ" ޤައުމަށް ދަރަނިވެރިވެފައި ތިބެން ޖެހުން ކަމަށެވެ. އަދި މިއީ ޤައުމަށް ބޮޑު ގެއްލުންތަކެއްވެ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ކޮންފަރެންސްގައި ތަރައްޤީ އާއި ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ، ޤައުމެއް ތަރައްޤީވަނީ ހެޔޮވެރިކަމެއް ހިންގުމަށް އިސްކަންދީ، އެފަދައިން ވެރިކަން ހިންގުމުގައި ރައްޔިތުން ބައިވެރިކުރުމުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ނަމަކަށް، ނުވަތަ ދެއްކުންތެރިކަމަށް ހިންގާ ޕްރޮޖެކްޓްތަކަކީ ޤައުމަށް ފައިދާ ކުރުވާ ޕްރޮޖެކްޓްތައް ނޫން ކަމަށާ، ހަޤީޤަތުގައި އެއީ ޤައުމުގެ މައްޗަށް އިތުރުވާ ބުރައެއް ކަމަށެވެ. އަދި ދިގު މުއްދަތުގައި މިފަދަ ޕްރޮޖެކްޓްތަކުގެ ސަބަބުން ލިބޭ ގެއްލުން ބޮޑުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއީ 2015 ވަނަ އަހަރު، ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ މައްސަލައެއް ސާބިތުކޮށް، އެމަނިކުފާނު 13 އަހަރުދުވަހަށް ޖަލަށްލުމާއި ގުޅިގެން އެމަނިކުފާނު އިނގެރޭސިވިލާތުން ހިމާޔަތް ހޯއްދެވިފަހުން އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
26 އޯގަސްޓް 2017 | ހޮނިހިރު 14:08
Haaluge dhulun
Jahaadhe chchey
26 އޯގަސްޓް 2017 | ހޮނިހިރު 14:06
Haaluge dhulun
Mihaaru dharai annanee tharaggee aai eku nasheedhu verikamah ai iru oy 7 bilion dhivehirufiyaa ge dharani 30 bilion ah eri iru fereethakah negi thelaai dhoani thakah dheynjehunufaisaa aai aasandha bilthakah vanee faifaa nudhakkaa verikamuge 3 aharuge Audit ripirt thakaun egey gothigai khiyaanaathuge Minvaru vanee 8.4 bilion dhivehi rufiyaa ah araafa