ކ. މާލެ
|
25 އޯގަސްޓް 2017 | ހުކުރު 22:01
މި 300 މީހުންގެ އިތުރުން 1000ހައްޖުވެރިއަކު މިހާރުވަނީ ހައްޖަށް ގޮސްފަ
މި 300 މީހުންގެ އިތުރުން 1000ހައްޖުވެރިއަކު މިހާރުވަނީ ހައްޖަށް ގޮސްފަ
ހައްޖު ކޯޕަރޭޝަން
ހައްޖު 1438
އިތުރަށް ލިބުނު ހައްޖު ކޯޓާގައި އާދީއްތަ ދުވަހު މީހުން ފުރަނީ!
ފަހުން ހައްޖު ކޯޕަރޭޝަނަށް ލިބުނު 500 ކޯޓާގެ ތެރެއިން ހައްޖަށް ދަނީ 300 މީހުން
އެމީހުން ފުރާނީ އާދިއްތަ ދުވަހު މެންދުރު 1.00 ގައި

ރާއްޖެއިން މިއަހަރު ހައްޖަށް ދިއުމަށް ފަހުން ލިބުނު އިތުރު ކޯޓާގެ ދަށުން ހައްޖު ކޯޕަރޭޝަނުން ހައްޖަށްދާ މީހުން އަންނަ އާދީއްތަ ދުވަހު ފުރާ ގޮތަށް ހަމަޖެހިފައިވާކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު  ދެއްވަމުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ވިދާޅުވީ އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ހައްޖަށް ފުރާ 300 ހައްޖާޖީން ފުރުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުގެ މެންދުރު 1.00 ގައިކަމަށެވެ.

 

އަލަށް ލިބުނު ކޯޓާގެ ތެރެއިން 500 ކޯޓާ ހައްޖު ކޯޕަރޭޝަނަށް ދޫކުރިނަމަވެސް ޔާމީން ވިދާޅުވީ، ވަގުތުގެ ދަތިކަމާއި، ކޯޓާ ލިބުނުނުލެއް ފަސްކަމާއިއެކު އަނެއް 200 ކޯޓާއަށް ވާވަރަށް މީހުން ހަމަވެފައި ނުވާކަމަށެވެ.

 

އެ ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ މީހުން އާދީއްތަ ދުވަހު ފުރާއިރު މިހާރުވެސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި 694 ހައްޖުވެރިއަކުވަނީ ހައްޖުވުމަށް ސައުދީ އަރަބިއްޔާއަށް ގޮސްފައެވެ.

 

ފަހުން ލިބުނު ކޯޓާގެ ދަށުން ހައްޖަށް ފުރާ މީހުން ފުރުމަށް ހަމަޖެހިފައިވަނީ ސައުދީ އެއާލައިންގެ ބޯޓެއްގައި ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ. އަދި އެ 300 މީހުންނަށް ބޭނުންވާނެ ހުރިހާ އިންތިޒާމްތަކެއް މިހާރު އެކޮޅުގައި ހަމަޖެހިފައިވާކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.

މި 300 ހައްޖާޖީންގެ އިތުރުން މިއަހަރު ރާއްޖެއިން 1,000 މީހުންވަނީ ހައްޖަށް ގޮސްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް