ށ. ފޯކައިދޫގައި ބޮޑު ހިރުނދު ގަހެއްވެއްޓި ކުޑަ ދެކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު ވިދާޅުވީ، މި ހާދިސާ ހިނގީ ހުކުރުދުވަހުގެ ހަވީރު 4.15 ހާއިރުކަމަށެވެ. އަދި މިހާދިސާގައި އަނިޔާވީ އުމުރުން 9 އަހަރުގެ ކުޑަ ދެކުދިންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ގަހުގެ ގޮފިގަނޑެއްގެ ދަށުވެ އެތަނުން އެއްކުއްޖެއްގެ ބަނޑުގެ ކޮޅުންފެށިގެން އުކުޅުވަޅާއި ދިމާއިން ވަރަށް ބޮޑަށް އަނިޔާވެފައިވާކަމަށެވެ. އަދި އަނެއް ކުއްޖާގެ އެއް ފައިގެ ކުޑަހުޅާ ހިސާބުން ޗަސްޗަސް ވެފައިވާކަމަށެވެ.
މުހައްމަދު ރާޝިދު ވިދާޅުވީ، އެކުދީންނަށް ސީރިއަސް އަނިޔާތަކެއެް ލިބިފައިވަކަމަށް އެރަށު ސިއްހީ މަރުކަޒުގެ ޑޮކްޓަރު ބެއްލެވުމަށްފަހު ވިދާޅުވެފައިވާތީ 5.00 ހާއިރު ލޯންޗެއްގައި ކުޅުދުއްފުއްޓަށް މިހާރު ފުރުވާލާފައިވާކަމަށެވެ.
އެ ގަހަކީ މަގުމަތީގައި ހުރިގަހެކެވެ. އަދި އެގަސް ކޮނެގެން ނަގަން ތިބި ދެމީހުން ގަސް ވެއްޓެން ދިޔަ ދިއުމުގައި އެ ދެކުދިން ގަހާއި ދިމާއަށް އަންނަން ފެށުމުން ދުރަށް ދިއުމަށް ގޮވާ ހަޅޭލަވައިގަތުންމުން އެކުދިންނަށް ވާނުވާ ނޭނގިތިބެ އާދެވުނީ އޮޅިގެން ގަހާއި ދިމާލަށްކަމަށް ކައުންސިލުން ވާހަކަދެއްކެވި ރާޝިދު ވިދާޅުވިއެެވެ.