ކ. މާލެ
|
25 އޯގަސްޓް 2017 | ހުކުރު 19:09
އެމެރިކާއިން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަތުލް ކޭޝަޕް
އެމެރިކާއިން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަތުލް ކޭޝަޕް
ޤާސިމަށް ހުކުމް ކުރުން
ޝަރުޢީ ދާއިރާ ހަމަހަމަކަމަށް ބުނެ ވާހަކަ ދައްކާނެ ޖާގައެއް ނެތް: އެމެރިކާ
ކޭޝަޕް މިހެން ވިދާޅުވީ ޤާސިމަށް ކުރި ޙުކުމާއި ގުޅިގެން
ޤާސިމަށް ޙުކުމް ކުރުމާއިއެކު އޭނާގެ ޕާސްޕޯޓް ވަނީ ދޫކޮށްފައި
މަތީ ކޯޓުތަކުން ޙުކުމް ދަމަހައްޓައިފިނަމަ މާމިގިލީ ދާއިރާގެ ގޮނޑި ހުސްވާނެ

ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާ ހަމަހަމަކަމަށް ބުނެ ދައްކާ ހުރިހާ ވާހަކައެއް ފުހެވި ހިނގައްޖެ ކަމަށް، އެމެރިކާއިން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަތުލް ކޭޝަޕް ވިދާޅުވެއްޖެއެވެ.

 

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމާއި ގުޅިގެން، ކޭޝަޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދަންވަރު 1:30 ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ބަލިހާލު ދެރަވެފައި އޮއްވައި އެ މެންބަރުގެ ޣައިރު ހާޒިރުގައި، މެންބަރު ޖަލަށްލުމަށް ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާ ހަމަހަމަކަމަށް ބުނެ ދައްކާ ހުރިހާ ވާހަކައެއް ފުހެވި ހިނގައްޖެ ކަމަށެވެ.

 

 

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން ހުށަހެޅި ކަމަށް ބުނެ ކުރި ދައުވާ ސާބިތުކޮށް، 3 އަހަރާއި 2 މަހާއި 12 ދުވަހަށް ގާސިމް ޖަލަށް ލުމަށް ހުކުމްކުރީ، ޤާސިމް އާއި ޤާސިމްގެ ޤާނޫނީ ޓީމުގެ ޣައިރު ހާޒިރުގައި ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުއެވެ.

 

ކުއްލި ގޮތަކަށް ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު އިއްވި ޙުކުމުގައި ގާސިމް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވަންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ. ޕާސްޕޯޓް ހިފަހައްޓައި، ޤާސިމްއަށް ކުރިމަތިވެފައިވާ ހިތުގެ އާލާސްކަންފުޅާއި ގުޅިގެން ހަދަންޖެހޭ، ރާއްޖެއިން ނުހެދޭ މުހިއްމު ދެ ޓެސްޓެއް ހެދުމަށް ރާއްޖެއިން ބޭރަށް ނުދެވޭގޮތަށް، ރާއްޖޭގައި "ރަހީނުކޮށްފައި" ބަހައްޓައިގެން ޤާސިމްގެ މައްޗަށް ޖަލު ޙުކުމް ކުރުމާއި އެކު ސަރުޚާރުން ވަނީ ޤާސިމްގެ ޕާސްޕޯޓް ދޫކޮށްފައެވެ.  

 

ގާސިމަށް ތިން އަހަރުގެ ހުކުމެއް އިއްވުމާއި ގުޅިގެން، މަތީ ކޯޓުތަކުން އެ ޙުކުމް ދަމަހައްޓައިފިނަމަ، ޤާސިމް ފުރުއްވަމުން ގެންދެވި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
26 އޯގަސްޓް 2017 | ހޮނިހިރު 00:40
އަޙްމަދު
ޔާމީން 2018 އިންސާފުން ވާހަކަ ދައްކާ ނަމަ ތިޔަ ގޮތަކަށް ނުބުނާނެ.
25 އޯގަސްޓް 2017 | ހުކުރު 22:10
ޔާމީން2018
ތިމާބޭނުންނުވާ ހުކުމެއް ކޮއްފިނަމަ ކޯޓްތަކަށާއި ފަނޑިޔާރުންނަށް ސަރުކާރުން ނުފޫޒު ފޯރުވައިގެން ކޮށްފައިވާ ހުކުމެއް ކަމަށް އެމްޑީޕީބުނާނެއް******* އެކަމަކު ތިމާބޭނުންވާ ހުކުމެއް ކޮއްފިނަމަ ކޯޓްތަކަށާއި ފަނޑިޔާރުންވަރު ރަގަޅު ބައެއްނޯނާނެއް***** މީ އެމްޑީޕީގެ އެބުނާ އިންސާފަކީ*****
25 އޯގަސްޓް 2017 | ހުކުރު 21:02
އަސްރަފު
މިޙުކުމުން އެނގެނީ މިރާއްޖޭގެ ޤާޟީން ނަރަކައާއ ކައިރިވެފައިވާ މިންވަރު. ޙަޤީޤަތުގައި ޢަދުލު އިންޞާފުގެ ކުނޑިފަށެއްގެ މިންވަރުވެސް މިޙުކުމުގައި ހިމެނިފައެއް ނުވޭ (.) ޤާޟީންގެ ލަދުޙަޔާތް ނެތްމިންވަރަކީ ޤާސިމުގެ ކުރިން އަމިއްލައަށް ރުފިޔާ ކޮތަޅު ހިފައިގެން ބެހިކަމަށް ބުނިމީހާގެ މައްސަލަ ނ ނުބަލާ އެހެންމީހެއްގެ މައްޗަށް ޙުކުމު އިއްވާކަށް ފަހެއް ނުޖެހޭނެ . ބަލަ މިގަމާރު ޤާޟީންނަށް ރިޝްވަތަކީ ކޮބައިކަމެއްވެސް ނޭނގެ.