ކ. މާލެ
|
25 އޯގަސްޓް 2017 | ހުކުރު 18:19
ގެފުޅު: ހާލުގައި ޖެހުނު ހަތަރު ހައްޖުވެރިން ދިޔައީ އެއްވެސް ގްރޫޕަކާ ނުގުޅި
ގެފުޅު: ހާލުގައި ޖެހުނު ހަތަރު ހައްޖުވެރިން ދިޔައީ އެއްވެސް ގްރޫޕަކާ ނުގުޅި
އެސްޕީއޭ
ހައްޖު 1438
ދިވެހި ހަތަރު ހައްޖުވެރިޔަކު ހާލުގައި ޖެހިފައި!
އެ ހަތަރު ހައްޖުވެރިން ދިޔައީ އެއްވެސް ގްރޫޕަކާ ނުގުޅި

ގްރޫޕަކާ ހަވާލުނުވެ ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ ދިވެހި ހަތަރު ހައްޖުވެރިޔަކު ހާލުގައި ޖެހިއްޖެ އެވެ.

 

މައްކާގައި ހުންނަ ދިވެހި ހައްޖު މިޝަންގެ ރައީސް، އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހީމް އަހްމަދު ރާއްޖެއެމްވީއަށް ވިދާޅުވީ ދެ މަފިރިއަކާއި އެހެން ދެ މީހަކު ސައުދީއަށް ދިޔައީ ބުރާސްފަތި ދުވަހު ކަމަށެވެ.

 

އެ މީހުން ޕާސްޕޯޓްގައި އޮތީ ދިވެހި ރާއްޖޭގައި ހުންނަ ދިވެހި އެމްބަސީން ޖަހާފައިވާ ވިސާއެއް ކަމަށެވެ. ގްރޫޕަކާ ހަވާލުނުވެ، އެ ވިސާ ޖެހުނު ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

 

"މި ވިސާގައި މައްސަލައެއް ނޫޅޭ. މައްސަލައަކީ އެ މީހުންނަށް މައުލޫމާތު އެނގިފައި ނެތުން، ނުވަތަ އޮޅުން ފިލުވައިދީފައި ނެތުން،" އިބްރާހިމް އަހްމަދު ވިދާޅުވި އެވެ.

 

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހާލުގައި ޖެހިފައިވާ ހަތަރު މީހުން ހައްޖަށް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނީ އަރަބިއްޔާ ސްކޫލްގައި އިސްކޮށް އުޅުއްވާ ބޭފުޅެކެވެ.  އެ ހަތަރު މީހުން މައްކާގައި ތިބުމާއި ހައްޖުގެ އަޅުކަން އަދާކުރުމަށް ވެސް އިންތިޒާމުތައް ހަމަޖައްސާފައި ނެތް ކަމަށްވެ އެވެ. ނަމަވެސް އެ މީހުންގެ ތެރެއިން ކޮންމެ މީހެއްގެ އަތުން ވެސް 70،000ރުފިޔާ ނަގާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. 

 

މިވަގުތު އެ ހަތަރު މީހުން ތިބީ ސިސިލްފަރު ހައްޖު ގްރޫޕުން ހިފާފައި ހުރި ހޮޓެލްގައި ކަމަށް ވެސް އިބްރާހިމް ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް