ކ. މާލެ
|
12 އޭޕްރިލް 2025 | ހޮނިހިރު 13:03
އެފްޑީއެސް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފަރުކަން
އެފްޑީއެސް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފަރުކަން
ރާއްޖެ އެމްވީ
އެފްޑީއެސް
އެފްޑީއެސް ފުޓުބޯޅަ މުބާރާތް: ކެމަލް ބަލިކޮށް ފަރުކަން އިން ޗެމްޕިއަންކަން ހޯދައިފި
ހުކުރު ދުވަހުގެ ހަވީރު ފީއަލީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗު ފަރުކަން އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި އެ ޓީމުން ލަނޑު ޖެހީ ވެސް ދެ ވަނަ ހާފުގަ

ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީ (އެފްޑީއެސް) އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ، އެފްޑީއެސް ފުޓުބޯޅަ މުބާރާތުގެ ފައިނަލްގައި ކެމަލް ބަލިކޮށް، ފަރުކަން ސްޕޯޓްސް ކުލަބުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ފަސް ޓީމު ވާދަކުރި މުބާރާތް ކުރިއަށް ގެންދިޔައީ ލީގު އުސޫލުންނެވެ. ލީގު ބުރުގެ އެއް ވަނަ ހޯދައި ފައިނަލްގެ ފުރަތަމަ ޖާގަ ހޯދީ ވެސް ފަރުކަން އިންނެވެ. ކެމަލް އިން ފައިނަލްގެ ޖާގަ ހޯދީ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ.

ހުކުރު ދުވަހުގެ ހަވީރު ފީއަލީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗު ފަރުކަން އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި އެ ޓީމުން ލަނޑު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނުނު މެޗުގައި ފަރުކަން އިން ލަނޑު ޖެހީ ދެ ވަނަ ހާފު ފަށައިގެން 16 ވަނަ މިނެޓުގަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޝާއިފް ޢަބްދުﷲ ޙަމީދު އެވެ.

އޭގެ ފަހުން މެޗުގެ ފަހު ވަގުތުގައި ފަރުކަން އަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. އެއީ ކެމަޕްގެ ގޯލު ކީޕަރު ފަރުކަންގެ ކުޅުންތެރިޔަކަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. ފަރުކަންގެ އަޙުމަދު މުޙައްމަދު ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލު ހުރަސް ދަނޑި މަތިން ބޭރަށެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފަރުކަން އަށް ލަނޑު ޖަހައިދިން ޝާއިފް އެވެ.

މުބާރާތުގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ޗެމްޕިއަން ފަރުކަންގެ ޝާއިފް، ސާއިދު ޢަބްދުﷲ ޙަމީދު، އަމަން އަޙުމަދު، ޒިޔާން ޙުސެއިންގެ އިތުރުން، ކެމަލްގެ ޢަބްދުﷲ ނާސިރު، އަރުޝަމް ފައިސަލް، މުޙައްމަދު އަހުސާމް، އަލް ޙަދީދުގެ ޒަޔާން ޢަބްދުﷲ ރަފީޢު، ޝައުފާން އާދަމް، އަޙުމަދު ޝާހު، އަދި ޑީޓެން އެކްސްޕްރެސްގެ އާދަމް ޢަބްދުﷲ އެވެ.

ފައިނަލް މެޗުގައި ޖެހި ލަނޑާ އެކު، މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ދޭ ރަން ބޫޓު ހޯދީ ފަރުކަންގެ ޝާއިފް އެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް އޭނާ އެވެ.

މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ އަލް ޙަދީދުގެ ޒަޔާން އެެވެ. އެންމެ މޮޅު ގޯލު ކީޕަރަކަށް ކެމަލްގެ ޢަބްދުﷲ ނާސިރު ހޮުވުނުއިރު، އެންމެ މޮޅު ކޯޗަކީ ޗެމްޕިއަން ފަރުކަންގެ ވިސާމް އަޙުމަދު އެވެ.

އެފްޑީއެސް އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ އަންހެން ވޮލީ ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވެސް ފަރުކަން އިންނެވެ.

- ކޮމެންޓް