ކ. މާލެ
|
10 އޭޕްރިލް 2025 | ބުރާސްފަތި 17:32
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ހަތިޔާރާއެކު އަސްކަރީ އުޅަނދު ވަނީ ގެނެސްފައި، ސަރުކާރުގެ ބަހެއް ނެތް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ހަތިޔާރާއެކު އަސްކަރީ އުޅަނދު ވަނީ ގެނެސްފައި، ސަރުކާރުގެ ބަހެއް ނެތް
ރާއްޖެއެމްވީ
އަސްކަރީ އުޅަނދުތަކެއް ގެނައުން
އެއަރޕޯޓަށް ހަތިޔާރާއެކު 10 އަސްކަރީ އުޅަނދު ބާލައިފި، ޓްރެއިނަރުންނާއި އޮޕަރޭޓަރުންވެސް ގެނެސްފި
އުޅަނދުތަކުގެ މަތީގައި ފެހިކުލައިގައި ކާޕެޓް އަޅާ އެތަކެތި ނުފެންނަ ގޮތަށް ވަނީ ހަދާފައި
މިކަމާ ގުޅިގެން ސަރުކާރުން އެއްޗެއް ބުނެފައިނުވޭ

އަސްކަރީ އުޅަނދުތަކެއް ހަތިޔާރާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ބާލައިފި އެވެ.

މިކަން ވަނި ރާއްޖެއެމްވީއަށް ކަށަވަރުވެފަ އެވެ. ނަން ނުޖެހުމަށް ޝަރުތުކޮށް ރާއްޖެއެމްވީއަށް މަޢުލޫމާތު ހިއްސާކުރި މީހަކު ބުނީ ހަތިޔާރާއެކު 10 އަސްކަރީ އުޅަނދު އެއަރޕޯޓަށް ބާލާފައިވާ ކަމަށެވެ. އަދި މި އުޅަނދުތަކާއެކު އަސްކަރީ ތަމްރީނު ދޭ މީހުންނާއި އުޅަނދުތައް އޮޕަރޭޓް ކުރާ މީހުން ވެސް އައިސްފައިވާ ކަމަށް މައުލޫމާތު ދިން މީހާ ވަނީ ބުނެފައެވެ.

މީގެ އިތުރުން އެއަރޕޯޓަށް އުޅަނދުތައް ބޭލުމަށްފަހު، އުޅަނދުތަކުގެ މަތީގައި ފެހިކުލައިގައި ކާޕެޓް އަޅާ އެތަކެތި ނުފެންނަ ގޮތަށް ހަދާފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން ސަރުކާރުން ވަކި އެއްޗެއް ބުނެފައި ނުވެއެވެ. އަދި މި ތަކެއްޗަކީ ކީއްކުރަން ކޮން ބޭނުމެއްގައި ގެނައި އެއްޗެއް ކަމެއް ސަރުކާރުން ހާމަކޮށްފައި ނުވާ އިރު، އެއަރޕޯޓުގައި އެ ބަހައްޓާފައި ހުރިތަނުގެ ފޮޓޯ ނެގުން މަނާކޮށް އެތަނާއި ކައިރިވުން ވެސް ވަނީ މަނާކޮށްފަ އެވެ.

- ކޮމެންޓް