ކ. މާލެ
|
10 އޭޕްރިލް 2025 | ބުރާސްފަތި 10:22
އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް - ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަނީ
އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް - ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ގޭސް ގަންނަން ފޮނުވި ފައިސާ ގެއްލުން
ގޭސް ގަންނަން ފޮނުވި ފައިސާ ގެއްލުނީއޭ ކިޔާފަ ބަލަންތިބެގެން ނުވާނެ: ޝިފާޒް
ގެއްލޭ ފައިސާ ހޯދުމަށް އިތުރަށް ކުރަންޖެހޭ ކަންކަން ކުރަންޖެހޭ

މޯލްޑިވްސް ގޭސްއިން ގޭސް ޝިޕްމެންޓަކަށް އެޑްވާންސްއަށް ބޭރުގެ ކުންފުންޏަކަށް ދެއްކި ފައިސާ ގެއްލުނީއޭ ހަމައެކަނި ބުނެލައިގެން ހިމޭނުން ތިބެގެން ނުވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ޝިފާޒް ވިދާޅުވީ ގެއްލިގެންއުޅެނީ ސީދާ ކިހާވަރެއްގެ ފައިސާއެއްކަން އަދި ޔަގީންކަމާއެކު ނޭންގުނަސް މިހާތަނަށް މައުލޫމާތުލިބޭ ގޮތުން 3 މިލިޔަނެއްހާ ދިވެހި ރުފިޔާ ކަމަށް ރިޕޯޓު ކުރަމުންދާ ކަމަށެވެ. އަދި މާލިއްޔަތު ކޮމެޓީގައި މިމައްސަލަ ބެލެންޖެހޭ ކަމަށާ ޖިނާއީ ތަހުޤީގެއް ކުރުމަށް ފުލުސް އޮފީހަށް ހުށަހަޅަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ގެއްލުނު ފައިސާ ހޯދުމަށް ގޭސް ކުންފުނީގެ އެމްޑީކުރެއްވި މަސައްކަތުން އެފައިސާ ލިބިފައިނުވެޔޭ ބުނެ މައްސަލަ ދޫކޮށްލައިފި ނަމަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތުކޮމެޓީގެ މެމްބަރުން ވެސް ޒިންމާ ނަންގަވަންޖެހޭނެ ކަމަށް ޝިފާޒު ވިދާޅުވިއެވެ.

ޝިފާޒު ވިދާޅުވީ ސިލްސިލާކޮށް ސަރުކާރުގެ ކުންފުނިތަކުން މިބާވަތުގެ ކަންކަން ފެންނަމުންދާ ކަމަށެވެ. އަދި މިސަރުކާރުން މިފަދަ ކަންކަމަށް މާބޮޑު އަޅާލުމެއް ނެތަސް ކޮންމެސް ސަރުކާރެއްގައި މިކަންކަން ރަނގަޅަށް ބަލައި އިންސާފު ޤާއިމްކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

މިޒަމާނަކީ ދަރުއުނދުނުގެ ޒަމާން ނޫންކަމަށާ ދިވެހިންނަށް ގޭހަކީ މިވަގުތު އަގު ބޮޑުކޮށް ގަނެގެން ނަމަވެސް ބޭނުންކުރަންޖެހޭ އެއްޗެއް ކަމަށް ޝިފާޒު ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް އިން ގެއްލިގެންއުޅޭ ފައިސާގެ މައްސަލައިގައި އެތަނުގެ އެމްޑީއާ މެދު އަދި ފިޔަވަޅެއް އަޅައިފައިނުވެއެވެ.

- ކޮމެންޓް