ކ. މާލެ
|
31 މާރޗް 2025 | ހޯމަ 13:47
އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތަކުގައި ނިޔާވި ކުޑަ ކުއްޖަކު އަތްދަނޑި މައްޗަށް ލައިގެން މީހަކު ރޮނީ
އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތަކުގައި ނިޔާވި ކުޑަ ކުއްޖަކު އަތްދަނޑި މައްޗަށް ލައިގެން މީހަކު ރޮނީ
އަލްޖަޒީރާ
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ފިތުރު އީދުގެ ދެވަނަ ދުވަހު ވެސް އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް ހުއްޓާ ނުލާ ކުރިއަށް
396 ގެ މުޅިން ހަލާކުކޮށް، 2،573 ގޭގެ ބައެއް ބައިތައް ހަލާކުކޮށްލާފަވާ އިރު އިސްރާއީލް ސިފައިން ވަނީ މަދުވެގެން 4،000 އާއިލާ ގަދަކަމުން ގެދޮރު ދޫކޮށް ދާން މަޖުބޫރުކޮށްފައެވެ.

ފިތުރު އީދުގެ ދެވަނަ ދުވަހު ވެސް އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް ހުއްޓާ ނުލާ ކުރިއަށް ގެންދާ ކަަމަށް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ވަފާ ނޫސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ސިފައިން ވަނީ ފަލަސްތީނުގެ ބައެއް ގެތަކާއި ހިފާފައިވާ ހުޅަނގު އައްސޭރީގައި ހުންނަ އެ ސިޓީގެ ރެފިއުޖީ ކޭމްޕްތަކުން މަދުވެގެން ހަތް ޒުވާނަކު ހައްޔަރުކޮށް އެ ސަރަހައްދުގައި އަނިޔާވެރިކަމާއި އެކު އަލިފާން ރޯކޮށްފަ އެވެ.

މީގެ އިތުރުން އިސްރާއީލުގެ ސިފައިން ވަނީ ކުރީގެ ގައިދީ އަބްދުالله އަލާރިއާ ހިމެނޭ ގޮތަށް ފަލަސްތީނުގެ ދެ މީހަކު ހައްޔަރުކޮށްފައެވެ. ހަމައެހެންމެ ތުލްކަރަމްގައި ފަލަސްތީން މީހުންގެ ގެތަކަށް ވަދެ މީހުން ހައްޔަރުކޮށް އަނިޔާކޮށްފައިވެއެވެ. އަދ އެ ސިޓީގެ އިރުމަތީގައި އޮންނަ ސަބަރބްގައި ހުންނަ އިމްޕްރޮމްޕްޓޫ ޗެކްޕޮއިންޓެއްގައި ފަސް ޒުވާނަކު ބަންދުކޮށްފަވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި އޭގެ ތެރެއިން ދެ މީހެއްގެ ގައިގައި ތަޅާ ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ނޫރު ޝަމްސްގައި ސިފައިންގެ އަނިޔާވެރިކަން ބޮޑުވުމުން ފަލަސްތީނުގެ އިތުރު އާއިލާތަކެއް ގެދޮރު ދޫކޮށް ދާން ވަނީ މަޖުބޫރުވެފައެވެ. އަދި އިސްރާއިލް ސިފައިން ވަނީ އަލްމަންޝިޔާ ކޭމްޕްގެ އަވަށްޓެރި ބައެއް ގެތަކުގައި އަލިފާން ރޯކޮށްލާފަ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ކޭމްޕްގެ އިންފްރާސްޓްރަކްޗަރ ބުލްޑޯޒްކޮށް ހަލާކުކޮށްލާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލުގެ ސިފައިން އެންމެ ފަހުގެ ހަމަލާތަކުގައި ކުޑަކުއްޖަކާއި ދެ އަންހެނަކު ހިމެނޭ ގޮތަށް ފަލަސްތީނުގެ 13 މީހަކު މަރާލާފައިވެއެވެ. އަދި އިސްރާއީލް ސިފައިން ވަނީ މަދުވެގެން 4،000 އާއިލާ ގަދަކަމުން ގެދޮރު ދޫކޮށް ދާން މަޖުބޫރުކޮށްފައެވެ. މީގެ އިތުރުން 396 ގެ މުޅިން ހަލާކުކޮށް، 2،573 ގޭގެ ބައެއް ބައެތައް ވަނީ ހަލާކުކޮށްލާފައެވެ.

- ކޮމެންޓް