ކ. މާލެ
|
30 މާރޗް 2025 | އާދީއްތަ 13:02
ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން ބޭއްވި މާލި ޕެރޭޑެއްގެ ތެރެއިން- ފައިލް ފޮޓޯ
ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން ބޭއްވި މާލި ޕެރޭޑެއްގެ ތެރެއިން- ފައިލް ފޮޓޯ
މުހައްމަދު އަފްރާހް
ވެހިކަލް ދުއްވުން މަނާކުރުން
އީދު ދުވަހުގެ ހަވީރު ވެހިކަލް ދުއްވުން މަނާ، ރޭގަނޑު 11:30ށް ބަރު އުޅަނދު ދުއްވުން ވެސް މަނާ
މި އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ
ބެޓެރި އުޅަނދު ދުއްވުމަކީ ވެސް މަނާ ކަމެއް
އީދު ދުވަހު ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭހެން ގިނަ ބަޔަކު މަގުމައްޗަށް ނުކުމެ އުޅޭ

ފިތުރު އީދު ދުވަހާއި ގުޅިގެން މާލެސިޓީގައި އާދިއްތަ ދުވަހުގެ ހަވީރު ވެހިކަލް ދުއްވުން މަނާކޮށްފި އެވެ.

މާލެސިޓީ ކައުންސިލުން ބުނީ 1446 ވަނަ އަހަރުގެ ފިތުރު އީދު ދުވަސް ފާހަގަ ކުރުމުގެ ގޮތުން އީދު ދުވަހުގެ ހަވީރު 16:00ން 18:00ށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ އާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ ސަރަހައްދުތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް 13 ޖޫން 2024 ވަނަ ދުވަހު ބޭއްވުނު މާލޭ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 150 ވަނަ ރަސްމީ އާންމު ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

މި ވަގުތު އިމަޖެންސީ ހާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ޚާއްސަ ސްޓިކަރ ކައުންސިލްގެ އާންމު ޚިދުމަތާއި ބެހޭ ބައި ( ތައިސޭކޮށި، މާލެ ) 30 މާރިޗް 2025 ވަނަ ދުވަހުގެ ހެނދުނު 08:00ން މެންދުރުފަހު 14:00ށް ދޫކުރާނެ ކަމަށް ކައުންސިލުން ބުނެ އެވެ.

ކައުންސިލުން ބުނީ މާލެސިޓީގައި އާދިއްތަ ދުވަހުގެ ހަވީރު 16:00ން 18:00ށް، އިންޖީނުލީ އަދި ބެޓެރި އުޅަނދު ދުއްވުމަކީ މަނާކަމެއް ކަމަށާއި، މި އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

މީގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ފިތުރު އީދު ދުވަހުގެ ހަވީރު 16:00ން ރޭގަނޑު 23:30ށް ބަރު އުޅަނދު ދުއްވުން ވެސް މަނާކޮށްފަ އެވެ.

އީދު ދުވަހާ ގުޅިގެން ހަވީރުގެ ވަގުތު ވެހިކަލް ދުއްވުން މަނާ ކުރަނީ ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭހެން ގިނަ ބަޔަކު މަގުމައްޗަށް ނުކުމެ އުޅޭތީ، އަމާން ރައްކާތެރި މާހައުލެއް ގާއިމް ކޮށްދިނުމުގެ މަގުސަދުގަ އެވެ. އީދުގައި ތަފާތު އެކިއެކި ހަރަކާތްތައް މާލެސިޓީގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދެ އެވެ. އަދި ވެހިކަލްތައް ދުއްވުން މަނާ ކުރުމުން މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ފަސޭހަވެ، ގިނަ ބަޔަކަށް ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދެ އެވެ.

- ކޮމެންޓް