ކ. މާލެ
|
27 މާރޗް 2025 | ބުރާސްފަތި 12:47
އައިޖީއެމްއެޗް
އައިޖީއެމްއެޗް
ސަން އޮންލައިން
ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާ
ރަސްދޫގައި ފިހުނު ދެމަފަރިންގެ ހާލު އަދިވެސް ވަރަށް ކްރިޓިކަލް: އައިޖީއެމްއެޗް
ހާލަތަށް އެއްވެސް ކަހަލަ ކުރިއެރުމެއް ލިބުނުކަން އަދި ދަންނަވަން ނޭނގޭ
ދެ މީހުންނަށް ވެސް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި
މި ހާދިސާގެ ރިޕޯޓު ފުލުހުންނަަށް ލިބިފައިވަނީ 24 މާރިޗް 2025 ވަނަ ދުވަހުގެ ރޭ 11:15 ގައި

އއ. ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު އަދިވެސް ވަރަށް ކްރިޓިކަލް ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފިހިގެން އެ ހޮސްޕިޓަލަށް ގެނައީ 31 އަހަރުގެ ދެމަފިރިންގެ ހާލު އަދިވެސް ވަރަށް ކްރިޓިކަލް ކަމަށާއި، ހާލަތަށް އެއްވެސް ކަހަލަ ކުރިއެރުމެއް ލިބުނުކަން އަދި ދަންނަވަން ނޭނގޭ ކަމަށެވެ. އަދި ދެ މީހުންނަށް ވެސް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މި ހާދިސާގެ ރިޕޯޓު ފުލުހުންނަަށް ލިބިފައިވަނީ 24 މާރިޗް 2025 ވަނަ ދުވަހުގެ ރޭ 11:15 ގައެވެ.

އެ ރޭ އެދެމަފިރިންނަށް ފަރުވާ ދިނުމަށް އެމަޖެންސީގައި މާލެއަށް ގެނައި ނަމަވެސް އައިސީޔޫގައި ޖާގަ ނެތް ކަމަށް ބުނެ، އައިސީޔޫގައި ފަރުދާ ދީފައިނުވާ ކަމަށް އާއިލާއާ ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ. އަދި އަންހެން މީހާގެ ހަށިގަނޑުގެ %83 އަދި ފިރިހެން މީހާގެ ހަށިގަނޑުގެ %78 ފިހިފައިވާއިރު، ފުރާނަ ސަލާމަތް ކުރުމަކީ ނާދިރުކަމެއް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެމަފިރިންގެ ފަސް އަހަރުގެ ތުއްތު ކުއްޖަކު ހުރެއެވެ. ނަމަވެސް އަލިފާނުގެ ހާދިސާ ހިނގި އެ ވަގުތު އެ ކުއްޖާ ކޮޓަރީގައި ނޫޅެއެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.

ފުލުހުން ދަނީ މިހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.

- ކޮމެންޓް