ކ. މާލެ
|
16 މާރޗް 2025 | އާދީއްތަ 11:52
އަލް އަޤްސާ މިސްކިތުގައި ހުކުރު ނަމާދު ކުރުމަށް، ހުކުރު ދުވަހު މުސްލިމުން މިސްކިތުގެ ގޯތި ތެރޭގައި
އަލް އަޤްސާ މިސްކިތުގައި ހުކުރު ނަމާދު ކުރުމަށް، ހުކުރު ދުވަހު މުސްލިމުން މިސްކިތުގެ ގޯތި ތެރޭގައި
އޭއެފްޕީ
ޣައްޒާ ހަނގުރާމަ
އިސްރާއީލްގެ ހުރަސްތަކާ އެކު ވެސް، އަލް އަޤްސާ މިސްކިތުގައި އައްޑިހަ ހާހަށް ވުރެ ގިނަ މުސްލިމުން ހުކުރުކޮށްްފި
އިސްރާއީލް ސިފައިންގެ ހުރަސްތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ވެސްޓް ބޭންކުގެ އެކި ސަރަހައްދުތަކުން ގިނަ އަދަދެއްގެ ފަލަސްތީނު މުސްލިމުން މިސްކިތަށް އައިސްފައިވޭ.

އިސްރާއީލްގެ ހަރުކަށި ފިޔަވަޅުތަކާ އެކު ވެސް، ރަމަޟާން މަހުގެ ދެ ވަނަ ހުކުރު ދުވަހު އަލް އަޤްޞާ މިސްކިތުގައި 80،000 (އައްޑިހަ ހާސް) އަށް ވުރެ ގިނަ މުސްލިމުން ހުކުރު ނަމާދުކޮށްފި އެވެ.

އަލް ޤުދުސްގެ އިސްލާމިކް އެންޑޯމަންޓްސް ޑިޕާޓްމަންޓުން މައުލޫމާތު ދިން ގޮތުގައި، އިސްރާއީލް ސިފައިންގެ ހުރަސްތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ވެސްޓް ބޭންކުގެ އެކި ސަރަހައްދު ތަކުން ގިނަ އަދަދެއްގެ ފަލަސްތީނު މުސްލިމުން މިސްކިތަށް އައިސްފައިވާ ކަމަށެވެ.

ނަމަވެސް، ޖެނިން އާއި ތުލްކަރަމްގެ ޒުވާނުންނަށް މިސްކިތަށް ވަނުން މަނާކޮށްފައިވެ އެވެ. މިއީ ވެސްޓް ބޭންކު ގައި އިސްރާއީލް ސިފައިން ހިންގަމުންދާ ހަމަލާތަކާއި، އަނިޔާވެރި ޢަމަލުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ.

މިހާތަނަށް މި އަނިޔާވެރި ކަމުގެ ސަބަބުން 40،000 (ސާޅީސް ހާސް) އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ގެދޮރު ދޫކޮށް ދާންޖެހި، އެތައް ބަޔަކު މަރުވެފައިވެ އެވެ.

ހަމާސް އިން ނެރުނު ބަޔާނެއް ގައި، އިސްރާއީލުން އަލް އަޤްޞާ މިސްކިތަށް ގެން ގުޅޭ ހަރުކަށި ފިޔަވަޅުތަކަކީ، ދީނީ ގޮތުން އެސްކަލޭޝަން އިތުރު ކުރުމަށް އަމާޒު ކޮށްފައިވާ ކަމެއް ކަމަށް ފާހަގަ ކޮށްފައިވެ އެވެ.

އަދި މުސްލިމުންގެ މުޤައްދަސް ތަންތަނަށް އިސްރާއީލުން ކުރާ ފުރައްސާރައާ ދެކޮޅަށް ހަރުދަނާ އިސްލާމީ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައިވެ އެވެ.

މާޗު މަހުގެ ހަ ވަނަ ދުވަހު އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނެތަންޔާހޫ ވަނީ، ރަމަޟާން މަހުގެ ހުކުރު ދުވަސް ތަކުގައި އަލް އަޤްޞާ މިސްކިތަށް ވަދެ ނިކުމެ އުޅުމުގައި، އިތުރު ހުރަސްތަކެއް ކަނޑައަޅައިފަ އެވެ. 

- ކޮމެންޓް