ކ. މާލެ
|
12 މާރޗް 2025 | ބުދަ 16:42
މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް
މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް
މާލެ ސިޓީ ކައުންސިލް
ނަރީޝް އިސްތިއުފާދެއްވުން
މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އިސްތިއުފާދެއްވައިފި
ނަރީޝް އިސްތިއުފާ ދެއްވި ސަބަބު ސާފު ވެފަ އެއް އެއް ނުވޭ
ނަރީޝް ވަނީ މާލޭގެ ކުރީގެ މޭޔަރ ރައީސް ޑރ.މުހައްމަދު މުއިއްޒު އަށާއި މިހާރުގެ މޭޔަރ އާދަމް އާޒިމްގެ އިތުރުން އޭނާ މަޤާމަށް ހޮވާދިނުމަށް މަސައްކަތް ކުރި އާއްމުންނަށް ޝުކުރު އަދާކުރައްވާފަ
ރީޝް މަޤާމުން އިސްތިއުފާދެއްވީ ސަރުކާރުގެ މަޤާމަކާއި ހަވާލުވުމަށް ކަމަށް ވަނީ އަޑުފެތުރިފަ

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އިސްތިއުފާދެއްވައިފިއެވެ.

މާލެ ސިޓީ ކައުންސިލުގައި މާފަންނު މެދު ދާއިރާ ތަމްސީލްކުރައްވަމުން ގެންދެވި ނަރީޝް އިސްތިއުފާދެއްވި ސަބަބު ސާފުކުރުމަށް ރާއްޖެއެމްވީން ގުޅި ނަމަވެސް އޭނާ ފޯނަށް ޖަވާބުދެއްވާފައި ނުވާތީ ނަރީޝް އިސްތިއުފާ ދެއްވި ސަބަބު ސާފު ވެފަ އެއް އެއް ނުވެއެވެ.

ނަރީޝް ވަނީ އޭނާގެ އިސްތިއުފާގެ ސިޓީ އޭނާގެ މީސްމީޑިއާގައި ހިއްސާކުރައްވާފައެވެ. އެ ސިޓީގައި އެނާ ވަނީ މާލޭގެ ކުރީގެ މޭޔަރ ރައީސް ޑރ.މުހައްމަދު މުއިއްޒު އަށާއި މިހާރުގެ މޭޔަރ އާދަމް އާޒިމްގެ އިތުރުން އޭނާ މަޤާމަށް ހޮވާދިނުމަށް މަސައްކަތް ކުރި އާއްމުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން އޭނާ ވަނީ މާލެ ސިޓީ ކައުންސިލްގައި ހޭދަ ކުރި ދުވަސްތަކަކީ އުފާވެރި ދުވަސްތަކެއް ކަމަށް ފާހަގަކޮށްފައެވެ. އަދި އެއީ ޝަހުސިއްޔަތު ބިނާކުރުަމަށް ލިބުނު ފުރުސަތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަރީޝްެގެ އިސްތިއުފާގެ ސިޓީގައި ވެސް އޭނާ އިސްތިއުފާ ދެއްވި ސަބަބު ހާމަކުރައްވާފައެއް ނުވެއެވެ. ނަރީޝް މަޤާމުން އިސްތިއުފާދެއްވީ ސަރުކާރުގެ މަޤާމަކާއި ހަވާލުވުމަށް ކަމަށް ވަނީ އަޑުފެތުރިފައެވެ. ނަމަވެސް ނަރީޝް ވެސް އަދި ސަރުކާރުން ވެސް އެކަމާއި މެދު އެއްޗެއް ހާމަކޮށް ފައެއް ނުވެއެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރ ނަރީޝްގެ އިތިއުފާގެ ސިޓީ
- ކޮމެންޓް