މާލޭ ދެކުނު ފަރާތު އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދާ ދިމާލުގައި އަލަށް ކެނޑި ނެރު މައްޗަށް ޑިންގީއެއް ބަނޑުން ޖަހާލައިފިއެވެ.
ރާއްޖެ އެމްވީއަށް ފުލުހުން ވަނީ އެކަން ކަށަވަރުކޮށް ދެއްވާފައެވެ.
ދެމީހުންނާއެކު ދަތުރުކުރި އެޑިންގީ ބަންޑުން ޖަހާލުމާއެކު މީހަކު ގެއްލުނު ކަމުގެ އަޑު ފެތުރުނު ނަމަވެސް އެދެމީހުން ވަނީ ފަތާފައި އެއްގަމަށް އަރާފައެވެ.
ބަންޑުން ޖަހާލި ޑިންގީ މިހާރު ވަނީ އެދިމާ ފަޅުތެރެއަށް ވައްދާފައެވެ.
އެއީ ކޮންތަނެއްގެ ޑިންގީއެއް ކަމެއް ސާފުވެފައެއް ނުވެއެވެ. ފުލުހުން މިހާރު ގެންދަނީ އެކަން ބަލަމުންނެވެ.
ދެކުނު ފަރާތު ނެރުން ވަދެ ނުކުމެ އުޅުމުގެ ތެރޭގައި އެފަދަ ނުރައްކާތެރި ގިނަ ޙާދިސާތަކެއް ދަނީ ހިނގަމުންނެވެ.