ކ. މާލެ
|
9 މާރޗް 2025 | އާދީއްތަ 02:25
އެމްޑީޕީގެ ޤާނޫނީ ވަކީލުންގެ ޓީމުގަ ހިމެނިވަޑައިގަންނަވާ އައިކު އަހުމަދު އީސާ
އެމްޑީޕީގެ ޤާނޫނީ ވަކީލުންގެ ޓީމުގަ ހިމެނިވަޑައިގަންނަވާ އައިކު އަހުމަދު އީސާ
ރާއްޖެއެމްވީ
ެެއެމްޑީޕީ ކުއްލި އެއްވުން
ފުލުހުން އެމްޑީޕީގެ ހަރުގެ ހިޞާރުކުރީ ޤާނޫނީ ހުއްޖަތެއް އޮވެގެނެއް ނޫން - އައިކު
އެމްޑީޕީ ހަރުގެ ހިޞާރުކުރީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ކަނޑައެޅިގެން ޚިލާފަށް ކަމަށް އައިކު ވިދާޅުވި
އައިކު ވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ވަކި ބަޔަކަށް އެކަނި އޮތް ހައްގެއް ނޫން ކަމަށް ވިދާޅުވެފަ

ހޮނިހިރު ދުވަހުގެ ރޭ އެމްޑީޕީގެ ހަރުގެ ހިޞާރުކޮށްގެން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ފުލުހުން ހުރަސް އަޅާފައިވާ ކަމަށާއި އެއީ ޤާނޫނީ ހުއްޖަތެއް އޮވެގެން ކުރި ކަމެއް ނޫން ކަމަށް އެމްޑީޕީގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އައިކު އަހުމަދު އީސާ ވިދާޅުވެއްޖެއެވެ.

އައިކު އެފަދައިން ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ވާހަކަދައްކަވަމުންނެވެ.

10:00 ހާއިރު އާއްމުން ވަނީ ސަރުކާރާއި މެދު ހުރި ކަންބޮޑުވުންތައް ފާޅުކޮށް ހިނގާލުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެމްޑީޕީ ހަރުގެއިން ފެށިގެން ޗާންދަނީ މަގުން ޖުމްހޫރީ މައިދާނާއި ވީ ކޮޅަށް ހިނގައިގަތުމާއި އެކު ފުލުހުން ވަނީ އެ ބްލޮކް ނިމޭ ހިސާބުގައި ބެރިކޭޑް ޖަހާ އެ ސަރަހައްދު ބަންދުކޮށްފައެވެ. އަދި އެމްޑީޕީ ޖަގަހަ ކައިރިން ޔޫރޯ ސްޓޯ ކައިރީގައި ފުލުހުންގެ ސަފުތައް އަތުރާލާ، އެ ސަރަހައްދުން ވެސް ފުލުހުން ވަނީ މަގު ބަންދުކޮށްފައެވެ.

އެއީ އެމްޑީޕީ ހަރުގެ ހިޞާރުކުރުން ކަމަށް ފާހަގަކުރައްވާ އައިކު ވިދާޅުވީ އެއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ކަނޑައެޅިގެން ޚިލާފުކަމެއް ކަމަށެވެ. އަދި އެއީ ފުލުހުން ތަބާ ވާން ޖެހޭ އަމުރެއް ނޫން ކަމަށާއި ޢައިރު ޤާނޫނީ އަމުރުތަކަށް ފުލުހުން ތަބާވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީ ހަރުގެ ހިޞާރުކުރީ ކޮން ޤާނޫނެއްގެ ދަށުންތޯ.؟ ރޭގެ އިހުތިޖާޖުގައި ކޮން ކަމެއް ކޮށްގެންތޯ މި ރޭ މިތަން ހިޞާރު ކުރީ. ރަމަޟާން މަހު ވެސް އާއްމުންގެ ހައްގުތައް ނަގާލާ މަންޒަރު މިފެންނަނީ. ރޭ ކުރީ ފުރަތަމަ އިހުތިޖާޖު. ދެވަނަ އިހުތިޖާޖަށް އައި އިރު މި އޮތީ ބަންދުކޮށް ހިޞާރުކޮށްފަ.

އެމްޑީޕީގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އައިކު އަހުމަދު އީސާ

އައިކު ވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ވަކި ބަޔަކަށް އެކަނި އޮތް ހައްގެއް ނޫން ކަމަށް ވިދާޅުވެފަވެ. އަދި ހޮނިހިރު ދުވަހުގެ ރޭގެ އެއްވުމުގެ ތެރޭގައި ފުލުހުން އާއްމުން ހިފަހައްޓާ ވަކި ތަނެއްގައި ބަންދުކޮށްފައި ބޭތިއްބުމުން އެކަމުގެ ކަންބޮޑުވުން އައިކު ވަނީ ފާޅުކުރައްވާފައެވެ. މީގެ އިތުރުން ހޮނިހިރު ދުވަހުގެ ރޭ ޕެޕަރސްޕްރޭ ބޭނުންކުރީ ވެސް ހާލަތާއި ނުބައްދަލު މިންވަރަށް ބާރު ބޭނުންކޮށްގެން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް