ކ. މާލެ
|
4 މާރޗް 2025 | އަންގާރަ 10:14
އެފްއޭއެމް ވެޓަރަންސް ލީގުގައި ހުޅުމާލެ ވެޓަރަންސް އާއި ވިލިމާލެ ޔުނައިޓެޑު ކުޅުނު މެޗުގެ ތެރެއިން - ފޮޓޯ/ މެދުރޮނގު
އެފްއޭއެމް ވެޓަރަންސް ލީގުގައި ހުޅުމާލެ ވެޓަރަންސް އާއި ވިލިމާލެ ޔުނައިޓެޑު ކުޅުނު މެޗުގެ ތެރެއިން - ފޮޓޯ/ މެދުރޮނގު
ސޯޝަލް މީޑިއާ
އެފްއޭއެމް ވެޓަރަންސް ލީގު
ފުރަތަމަ މެޗުގައި ވިލިމާލެ އިން ހުޅުމާލެ ބަލިކޮށްފި
މާފަންފު ޓާފް ދަނޑުގައި މުބާރާތް ކުރިއަށް ދާނީ މާޗު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއަހަރުގެ މުބާރާތުގައި ޖުމުލަ 10 ޓީމަކުން ބައިވެރިވެ އެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ، އެފްއޭއެމްގެ ވެޓަރަންސް ލީގުގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓަރެންސްއާ ދެކޮޅަށް ކުޅުނު މެޗުން ވިލިމާލެ ޔުނައިޓެޑު މޮޅުވެއްޖެ އެވެ.

މިއަހަރުގެ މުބާރާތުގެ ކުޅުން ފަށާފައި ވަނީ ހޯމަ ދުވަހުގެ ހަވީރު އެވެ. މާފަންފު ޓާފް ދަނޑުގައި މުބާރާތް ކުރިއަށް ދާނީ މާޗު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއަހަރުގެ މުބާރާތުގައި ޖުމުލަ 10 ޓީމަކުން ބައިވެރިވެ އެވެ.

މުބާރާތް ކުރިއަށް ގެންދަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގުރޫޕު އޭގައި އޮތީ ދިވެހި ސިފައިންގެ ކުލަބު، ވިލިމާލެ ޔުނައިޓެޑު، ހުޅުމާލޭ ވެޓަރަންސް ކުލަބު، ލޮރެންޒޯ އަދި ހުއްރިއްޔާ އެވެ. ގުރޫޕު ބީ ގައި ހިމެނެނީ ޕޮލިސް ކުލަބު، ސްޓެލްކޯ، ކުލަބު އީގަލްސް، މުއިވެޔޮ އަދި ދަ ގްރާންޑޭ އެވެ.

ފުރަތަމަ މެޗުގައި ހޯމަ ދުވަހުގެ ހަވީރު ވިލިމާލެ ޔުނައިޓެޑުން ވަނީ 1-0 އިން ހުޅުމާލެ ވެޓަރަންސްގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގެ ހަަމައެކަނި ލަނޑު ޖެހީ ވިލިމާލެ ޔުނައިޓެޑުގެ އަޙުމަދު ރިޒްނީ އެވެ. އޭނާ ލަނޑު ޖެހީ ވެސް މެޗުގެ ދެ ވަނަ ހާފުގަ އެވެ.

މުބާރާތުގެ ކުޅުން އަންގާރަ ދުވަހުގެ ހަވީރު ވެސް ކުރިއަށް ދާނެ އެވެ. ދެ ވަނަ މެޗުގައި ބައްދަލު ކުރާނީ މުއިވެޔޮ އަދި ދަ ގްރާންޑޭ އެވެ.

- ކޮމެންޓް