ކ. މާލެ
|
23 އޯގަސްޓް 2017 | ބުދަ 13:06
 ކުރީ އަހަރަށް ވުރެ 25 އިން ސައްތަ މީހުން އިތުރަށް މިއަހަރު ހައްޖަށް ދާނެ ކަމަށް ބެލޭ
ކުރީ އަހަރަށް ވުރެ 25 އިން ސައްތަ މީހުން އިތުރަށް މިއަހަރު ހައްޖަށް ދާނެ ކަމަށް ބެލޭ
އަލްޖަޒީރާ
ހައްޖު 1438
ރަސްގެފާނުގެ ޚަރަދުގައި ރާއްޖޭން ހައްޖަށް ދާ މީހުންނާ ސައުދީ އެމްބަސީން ބައްދަލު ކޮށް ހަދިޔާ ދީފި
ރަސްގެފާނުގެ ޚަރަދުގައި ހައްޖަށް ފޮނުވާ މީހުންނަށް ޚާޢްސަ ޕްރޮގްރާމެއް ސައުދީން ވަނީ ރާވާފައި

ސައުދީ ރަސްގެފާނުގެ ޚަރަދުގައި ރާއްޖޭން ހައްޖަށްދާ ފަރާތްތަކާއި މާލޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީގެ ފަރާތުން ބައްދަލުކޮށް ހަދިޔާ ދީފި ކަމަށް ސައުދީ ޕްރެސް އޭޖެންސީން ހާމަކޮށްފިއެވެ.

ސައުދީ އަރަބިއްޔާގެ ރަސްގެފާނުގެ ޚަރަދުގައި ހައްޖުވުމަށް ރާއްޖެއަށް ދޭ ފުރުސަތުތަކަށް ހަމަޖެއްސީ ކޮން ބައެއްކަން އަދި މީހުން ހޮވަނީ ކިހިނެއްކަން ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ސައުދީ އެމްބަސީގައި އޮތް ބައްދަލުކޮށްލުމުގައި ހައްޖުގެ އަޅުކަމުގެ ހަވާސާގައި މި ފަރާތްތަކަށް ޚާއްސަ ޕްރޮގްރާމެއް އެކުލަވާލެވިފައިވާ ކަމަށް ހާމަ ކޮށްފައިވެއެވެ. އަދި މި ގޮތުން އެކުލަވާލެވިފައިވާ ޕްރޮގްރާމްގެ މައުލޫމާތުވެސް ވަނީ ދީފައެވެ.

ރާއްޖޭން ސައުދީ ރަސްގެފާނުގެ ޚަރަދުގައި ހައްޖަށްދާ މީހުން މި ބައްދަލުވުމުގައި ވަނީ ސައުދީ ރަސްގެފާނަށް ޝުކުރު އަދާކޮށް އަދި ސައުދީ އަރަބިއްޔާއަށް ކާމިޔާބަށް އެދޭ ކަން ހާމަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް
23 އޯގަސްޓް 2017 | ބުދަ 15:41
ހަސަނުބޭ
އަނެއްކާވެސް ރޯމާ ދުވާލު ވައްކަމެއް މިކޮށްލީ. ސައުދީ ސަރުކާރުން ހިލޭ ހައްޖު ދިނީ ކާމިނީގޭ ޔާމީނަކަށް ނޫން. ދިވެހި ރައްޔަތުންނަށް. އެބެހި ގޮތާއި އެދިނީ ކޮންބަޔަކަށް ދިވެހި ރައްޔަތުންނަށް އިގެންޖެހޭނެ