މެލޭޝިއާގައި ދިވެއްސަކު ގެއްލިގެން ހޯދަމުންދާ ކަމަށް ގެއްލުނު މީހާގެ އާއިލާއިން ބުނެފިއެވެ.
ގެއްލިގެން ހޯދަމުންދަނީ އަހުމަދު އުސެއިދު އިބްރާހިމް އަފީފް ނަމަކަށް ކިޔާ މީހެކެވެ.
އުސެއިދުުގެ ފޮޓޯއަކާއެކު އެއާއިލާއިން ބުނެފައިވަނީ އުސެއިދުގެ ހަބަރެއް ނުވެގެން އޭނާ ހޯދަމުންދާ ކަމަށެވެ. އުސައިދު ގެއްލިގެން ހޯދަމުންދަނީ އާދީއްތަ ދުވަހުގެ ހަވީރު 3:00 އިން ފެށިގެން ހަބަރެއް ނުވެގެންނެވެ.
އާއިލާއިން ވަނީ އުސެއިދުގެ އެއްވެސް ހަބަރެއް ލިބިފައިވާނަމަ އެކަން ލަސްނުކޮށް، މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް އެންގުމަށް އެދިފައެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މެލޭޝިއާގައި ހުރި ދިވެއްސަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށެވެ. އަދި މެލޭޝިއާގައި ހުންނަ ދިވެހި ހައިކޮމިޝަނާއި މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.