ކ. މާލެ
|
2 މާރޗް 2025 | އާދީއްތަ 19:54
މިނެޓަކު 11356.24 ލީޓަރުގެ ފެން ބޭރު ކޮށްލެވޭ ޕަމްޕުތައް ކައިރީގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މަޑުކޮށްލައްވައިގެން
މިނެޓަކު 11356.24 ލީޓަރުގެ ފެން ބޭރު ކޮށްލެވޭ ޕަމްޕުތައް ކައިރީގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މަޑުކޮށްލައްވައިގެން
މާލެ ސިޓީ ކައުންސިލް
ފެން ހިންދާ ޕަމްޕް
ފެންހިންދުމަށް ގެނައި ދެ ޕަމްޕު ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ކައުންސިލުން ނިންމައިފި
މާލެ ސިޓީ ކައުންސިލުން، މާލޭގައި ފެންހިންދުމަށް ގެނެސްފައިވަނީ (ދަ ގްލޯބަލް ޕަމްޕް 6ޖީއެސްޓީ ސީ މޫވްމަންޓު) ދެ ޕަމްޕް
މިހާރު މާލޭގައި ބޭނުންކުރަމުންގެންދާ ޕަމްޕަށްވުރެ މިނެޓަކު 11356.24 ލީޓަރުގެ ފެން ބޭރުކުރެވޭނެ
ވިއްސާރަ މޫސުމެއްގައި ވާރޭ ވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ފެނުގެ ސަބަބުން އާންމުރައްޔިތުންގެ ގޭގެއަށާއި މުދަލަށް ގެއްލުންވާ މިންވަރަށް ފެން ބޮޑުވާ ކަން ސިޓީގައި ފާހަގަކޮށްފައިވޭ

މާލެ ސިޓީ ކައުންސިލުން، މާލޭގައި ފެންހިންދުމަށް ގެނެސްފައިވާ (ދަ ގްލޯބަލް ޕަމްޕް 6ޖީއެސްޓީ ސީ މޫވްމަންޓު) ދެ ޕަމްޕް މިނިސްޓްރީ އޮފް ޑިފެންސްގެ ބެލެހެއްޓުމުގެ ދަށުގައި ބެހެއްޓުމަށް ކައުންސިލުން ނިންމައިފިއެވެ.

ޑިފެންސް މިނިސްޓަރީގެ ބެލެހެއްޓުމުގެ ދަށުގައި މި ދެ ޕަމްޕު ބެހެއްޓުމަށް ނިންމާ، 28 ފެބްރުއަރީ 2025 ވަނަ ދުވަހު އެ ކައުންސިލްގެ ސީނިއަރ ކައުންސިލް އެގްސެކްޓިވް ޢަބްދުލް މުހައިމިން ނަސީރު ސޮއި ކުރައްވާ ޑިފެންސް މިނިސްޓްރީއަށް ވަނީ ސިޓީ އަކުން މިކަން އަންގާފައެވެ.

ކައުންސިލުން ޑިފެންސަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ މާލޭގައި ފެންހިންދުމަށް އާންމުކޮށް ބޭނުންކުރާ ޕަމްޕަށްވުރެ އެތަށް ގުނައެއް ބާރު ސްޕީޑުގައި ފެން ބޭރު ކުރެވޭނެ ފަދަ ދެ ޕަމްޕު 2024 ވަނަ އަހަރުގެ ސެމްޓެމްބަރު މަހުގެ ތެރޭގައި ރާއްޖެ ގެނައުމަށް ކުރި މަސައްކަތުގެ ދަށުން، މިހާރު އެ ދެ ޕަމްޕު ވަނީ މާލެ ގެނެވިފައި ކަމަށެވެ. ރައްޔިތުން ކަންބޮޑުވާ ކޮންމެ ކަމެއްގައި ވެސް ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށް ފޯރުކޮށްދެވޭ ކޮންމެ ޚިދުމަތެއް ފޯރުކޮށްދިނުމުގައި އެމްއެންޑީއެފް އަކީ އަބަދުމެ، މި ކައުންސިލާއެކު އެންމެ ގާތުން މަސައްކަތް ކުރާ މުވައްސަސާކަން ވެސް އެސިޓީގައި ފަހަގަ ކޮށްފައިވެއެވެ.

މީގެ އިތުރުން ސިޓީގައި އިތުރަށް ބުނެފައި ވަނީ މާލޭގައި ޤާއިމްކޮށްފައިވާ ފެންހިންދާ ނިޒާމުގެ އެހީގައި ވާރޭ ވެހުމުގެ ސަބަބުން ރަށުތެރެއަށް އެޅޭ ފެން ބޭރުކުރުމަށް ހުރި ގޮންޖެހުތަކެއް ހުރިކަން ފާހަގަ ކުރާ ކަމަށާއި އެހެން ކަމުން ވިއްސާރަ މޫސުމެއްގައި ވާރޭ ވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ފެނުގެ ސަބަބުން އާންމުރައްޔިތުންގެ ގޭގެއަށާއި މުދަލަށް ގެއްލުންވާ މިންވަރަށް ފެން ބޮޑުވާ ކަމަށެވެ. އަދި މިފަދަ ކޮންމެ ހާލަތެއްގައި ވެސް މާލެ ސިޓީ ކައުންސިލުން ރަށުތެރޭގައި ޖަމާވާ ފެން ޚިންދުމުގެ މަސައްކަތްތައް އެކި ފަރާތްތަކުގެ އެހީތެރި ކަމާއެކު ކުރަމުން ގެންދާ ކަމަށް ވެސް މިސިޓީގައި ބަޔާން ކޮށްފައި ވެއެވެ.

މި 2 ޕަންޕަކީ، ފެން ގަނގު ތެރޭގައި ހުންނަ ތިން އިންޗި ފުޅާމިނުގެ ސޮލިޑް ހޮޅިތެރެއިން ބޭރު ކޮށްލެވޭ ޕަމްޕެއް ކަމަށާއި މި ޕަމްފުން މިނެޓަކު 11356.24 ލީޓަރުގެ ފެން ބޭރު ކުރެއެވެ. އަދި މީގެ ކުރިން މާލޭގައި ފެންހިންދުމަށް ބޭނުން ކުރަމުން އައީ މިނެޓަކު 1300 ލީޓަރާއި 900 ލީޓަރުގެ ފެން ބޭރުކުރާ ޕަމްޕު ތަކެކެވެ.

މިފަހަރު މިގެނެވުނު ދެ ޕަމްޕަކީ ކައުންސިލްގެ ޓެކްނިކަލް ޓީމަކުން ޚާއްސަ ދިރާސާތަކެއް ހެދުމަށްފަހު، ގެނައި ޕަމްޕު ތަކެއްކަން ފާހަގަ ކުރައްވާ މޭޔަރ އާޒިމް ވިދާޅުވީ ފެން ހިންދުމަށް މިޕަމްޕުތައް ބޭނުން ކުރަން ފެށުމުން އާންމުކޮށް ފެންހިންދުމަށް މާލެ ސިޓީގައި މި ގެންގުޅޭ ޕަމްޕުތަކުގެ ތެރެއިން، 10 ގުނަ ބާރު މިނުގައި، މިއިން އެންމެ ޕަންޕަކުން ވެސް ފެންހިންދަމުން ދާނެ ކަމަށެވެ. އަދި ބާރު މިނުގައި ފެންހިދަން ފެށުމުން ރައްޔިތުންނަށް ލިބެމުން ދާ ގެއްލުންތައް ބޮޑުތަނުން ކުޑަ ކުރެވޭނެ ކަމަށާއި ކައުންސިލްގެ އަމާޒަކީ މިފަދަ ހާދިސާ ތަކުން މާލޭގެ ރައްޔިތުނަށް ލިބެމުންދާ ބޮޑެތި ގެއްލުންތައް ކުޑަ ކުރުން ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

- ކޮމެންޓް