ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ، ހުޅުމާލެ ސަހަރާއިން ފެން ނުހިނދޭތީ، މިވަގުތަށް މީހުން ވަޅުލުން މެދުކަނޑާލައިފިއެވެ.
ހުޅުމާލޭ ސަހަރާއަަކީ އަބަދުވެސް ވިއްސާރަ ދުވަސްވަރާއި ދިމާކޮށް ފެންބޮޑުވާ ތަނަކަށް ވާއިރު، ވިއްސާރަ ދުވަސްވަރާ ދިމާކޮށް މީގެކުރިން ވެސް ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލަން ޖެހެއެވެ.
މިކަމާއި ގުޅިގެން މާލޭ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިވަގުތަށް ހުޅުމާލެ ސަހަރާގައި މީހުން ވަޅުލެވެން ނެތް ކަމަށާއި އެ ސަހަރާގައި ކޮނުނު ވަޅުގައި މިވަގުތު އަށް އިންޗިއާއި ނުވަ އިންޗިއާ ދެމެދުގައި ފެން އެބަ ހުރި ކަމަށެވެ.
މި ވަގުތަށް ހުޅުމާލެ ސަހަރާގައި މައްޔިތުން ވަޅުލެވޭކަށެއް ނެތެވެ. ސަބަބަކީ ކަށްވަޅުގައި 8 އިންޗި އާއި 9 އިންޗިއާއި ދެމެދު ފެން އޮތުން.
މިހެން ކަމުން މިއަދު މަޢްރިބް ނަމާދަށް ފަހު ހުޅުމާލެ ސަހަރާގައި ވަޅުލަން ހަމަޖެހިފައިވާ މައްޔިތާ ވަޅުލުން މިހާރު ވަނީ މާލެ އާސަހަރާއަށް ބަދަލު ކުރެވިފައެވެ.
މާލޭ ސިޓީ ސައުންސިލް![]()
މި ވަގުތަށް ހުޅުމާލެ ސަހަރާގައި މައްޔިތުން ވަޅުލެވޭކަށެއް ނެތެވެ. ސަބަބަކީ ކަށްވަޅުގައި 8 އިންޗި އާއި 9 އިންޗިއާއި ދެމެދު ފެން އޮތުން.
— Malé City Council (@MaleCitymv) March 2, 2025
މިހެން ކަމުން މިއަދު މަޢްރިބް ނަމާދަށް ފަހު ހުޅުމާލެ ސަހަރާގައި ވަޅުލަން ހަމަޖެހިފައިވާ މައްޔިތާ ވަޅުލުން މިހާރު ވަނީ މާލެ އާސަހަރާއަށް ބަދަލު… pic.twitter.com/2bGeHsO4cv
ސިޓީ ކައުންސިލުން ބުނީ ސަހަރާގައި ފެންބޮޑުވެ، ކޮނުނު ކަށްވަޅުގައި 8 އިންޗި އާއި 9 އިންޗިއާއި ދެމެދު ފެން އޮތުމުން މިއަދު މަޣްރިބު ނަމާދަށް ފަހު އެ ސަހަރާގައި ވަޅުލަން ހަމަޖެހިފައިވާ މައްޔިތާ ވަޅުލުން އާސަހަރާއަށް ބަދަލުކޮށްފައިވާކަމަށެވެ.
މީގެ ކުރިންވެސް މާލޭ ސަރަހައްދުގައި މަރުވާ މީހުން ވަޅުލަމޖުން އައި އާ ސަހަރާ ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހުޅުވީ ނިމުނު އަހަރުގެ އޮކްޓޫބަރު ހަތަރުވަނަ ދުވަހުގައެވެ.
މާލެއަށް އިއްޔެއާއި ރޭގައި ކުރި ވިއްސާރައިގައި މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. އެގޮތުން މާލޭގެ މަގުތަކުގައި ފެން ހިންދުމަށް ސިފައިން ވަނީ ހަރަކާތްތެރި ވެފައެވެ.