ކ. މާލެ
|
2 މާރޗް 2025 | އާދީއްތަ 01:19
މުޙައްމަދު ޝިފާޒް (ޝިއްޕެ)
މުޙައްމަދު ޝިފާޒް (ޝިއްޕެ)
ރާއްޖެއެމްވީ
މުހައްމަދު ޝިފާޒް
ޤައުމު މިހާލަތަށް ގެނައީ މަޖިލިސް މެމްބަރުން ކުކުޅުކޮށްޓަކަށްލައި މުދިއަޅުވާފައި: ޝިފާޒް
ފަނޑިޔާރުގެ ކޮންޓްރޯލް ކުރުމަށް އާ ގޮތެއް ބޭނުންކޮށްފި

ރައީސް މުޢިއްޒު ސްޕްރީމްކޯޓު ކޮންޓްރޯލް ނެންގެވުމުގެ މަސައްކަތް ފަށްޓަވައިފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުކުޅުކޮށްޓަކަށް ލުމަށް ފަހު ފައިގައި މުދި އަޅުވާފައި ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ. ޝިފާޒު މިހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަޝުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

ޝިފާޒު ވިދާޅުވީ މިހާރު ލިބިފައި އޮތް ފެހި ޤާނޫނު އަސާސީގައި ބާރުތައް ވަކިކޮށް ޖަވާބުދާރީކުރުވޭނެ މަގުތައް އޮތް ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް ހުރިހާ ބާރެއް ޖަމާކުރެއްވުމަށް ފުރުޞަތު ފަހިވެގެންދިޔައީ މަޖިލީހުގައި ތިއްބެވި ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންގެ ސަބަބުން ކަމަށެވެ.

މަޖިލިސް މެމްބަރުން އަމިއްލައަށް ތަޅުލެވުނީމާ މި ބޮނޑިލިބުނީ

މުހައްމަދު ޝިފާޒު

ޝިފާޒު ވިދާޅުވީ މިވަގުތު ސްޕްރީމްކޯޓުގެ ބެންޗުގައި ތިއްބެވީ ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް ލިބިފައިނެތް ފަދަ އިންސާފުވެރި ފަނޑިޔާރުންތަކެއް ކަމަށެވެ. އަދި ރައީސް މުޢިއްޒު މި ބެންޗުގެ ކޮންޓްރޯލް ނެންގެވުމަށް މިފަހަރު މި ބޭނުންކުރެއްވީ ތަފާތު ޓެކްނިކެއް ކަމަށެވެ.

އެގޮތުން ރައްޔިތުންގެ މަޖިލިސް ބަނދެލުމަށްފަހު ޖޭއެސްސީ މެދުވެރިކޮށް ސްޕްރީމްކޯޓުގެ ފަނޑިޔާރުން ބަދަލުކުރުމުގެ މަސައްކަތް ފެށުނީ ކަމަށެވެ. އަދި މިފަހަރު އެކަމަށް އެހީތެރިވާތަން މިފެނުނީ އެންޓިކޮރަޕްޝަން ކޮމިޝަނުން ކަމަށް ޝިފާޒު ވިދާޅުވިއެވެ.

- ކޮމެންޓް