ކ. މާލެ
|
1 މާރޗް 2025 | ހޮނިހިރު 11:01
ސާބާ ވިމަންސް ޗެމްޕިއަންޝިޕް އިން ރިހި މެޑަލް ހޯދި ރާއްޖޭގެ ޤައުމީ އަންހެން ބާސްކެޓު ބޯޅަ ޓީމު
ސާބާ ވިމަންސް ޗެމްޕިއަންޝިޕް އިން ރިހި މެޑަލް ހޯދި ރާއްޖޭގެ ޤައުމީ އަންހެން ބާސްކެޓު ބޯޅަ ޓީމު
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ސާބާ ޗެމްޕިއަންޝިޕް
ރިހި މެޑަލް ހޯދި ބާސްކެޓު ޓީމަށް ހޫނު މަރުޙަބާއެއް
މިއީ ސާބާ މުބާރާތުގައި ރާއްޖެ އަށް ލިބުނު ފުރަތަމަ ރިހި މެޑަލް އެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން ރާއްޖެ އިން ވަނީ ލޯ މެޑަލް ހޯދައިފަ އެވެ. އެއީ 2016 ވަނަ އަހަރު އަދި 2022 ވަނަ އަހަރު ކުރިއަށް ދިޔަ މުބާރާތުގަ އެވެ.

ސައުތު އޭޝިއަން ބާސްކެޓުބޯޅަ އެސޯސިއޭޝަން (ސާބާ) ވިމަންސް ޗެމްޕިއަންޝިޕުން ރިހި މެޑަލް ހޯދި ޤައުމީ އަންހެން ބާސްކެޓު ބޯޅަ ޓީމަށް ހޫނު މަރުޙަބާއެއް ކިޔައިފި އެވެ.

އިންޑިއާގެ ވެރި ރަށް ނިއު ދިއްލީގައި ކުރިއަށް ދިޔަ ތިން ވަނަ ސާބާ ވިމަންސް ޗެމްޕިއަންޝިޕްގެ ފައިނަލްގައި ރާއްޖޭގެ ޤައުމީ އަންހެން ޓީމު ވަނީ އިންޑިއާ އަތުން ބަލިވެފަ އެވެ. ފައިނަލް މެޗުގައި އިންޑިއާ އިން ވަނީ 107-32 އިން ރާއްޖޭގެ މައްްޗަށް ކުރި ހޯދައިފަ އެވެ.

މިއީ ސާބާ މުބާރާތުގައި ރާއްޖެ އަށް ލިބުނު ފުރަތަމަ ރިހި މެޑަލް އެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން ރާއްޖެ އިން ވަނީ ލޯ މެޑަލް ހޯދައިފަ އެވެ. އެއީ 2016 ވަނަ އަހަރު އަދި 2022 ވަނަ އަހަރު ކުރިއަށް ދިޔަ މުބާރާތުގަ އެވެ.

ތާރީޚީ ރިހި މެޑަލް ކާމިޔާބު ކުރި ޤައުމީ އަންހެން ބާސްކެޓު ޓީމު ރާއްޖެ އައުމުން، ވެލާނާ އިންޓަރނޭޝަލް އެއާޕޯޓުން ޓީމަަށް މަރުޙަބާ ދަންނަވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފްގެ އިތުރުން، ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު އަދި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އެވެ.

މިއަހަރުގެ ސާބާ ވިމަންސް ޗެމްޕިއަންޝިޕްގައި ވާދަކޮށްފައި ވަނީ ރާއްޖެ އާއި އިންޑިއާގެ އިތުރުން ނޭޕާލް އެވެ. ތިން ޤައުމުގެ މެދުގައި މުބާރާތް ކުރިއަށް ގެންދިޔައީ ލީގު އުސޫލުންނެވެ. ލީގު ބުރުގެ ފުރަތަމަ މެޗުގައި އިންޑިއާ އަތުން ބަލިވި ނަމަވެސް، ދެ ވަނަ މެޗުގައި ނޭޕާލް ބަލިކޮށް ރާއްޖެ އިން ވަނީ މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދައިފަ އެވެ.

- ކޮމެންޓް