ކ. މާލެ
|
27 ފެބްރުއަރީ 2025 | ބުރާސްފަތި 16:23
ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ނޫސްވެރިންނާ ބައްދަލުކުރެއްވުން - 27 ފެބްރުއަރީ 2025
ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ނޫސްވެރިންނާ ބައްދަލުކުރެއްވުން - 27 ފެބްރުއަރީ 2025
ރާއްޖެ އެމްވީ
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓުތައް
ފްލެޓުތައް ދޫކުރުމުގައި ދިރިއުޅުމުގެ ހާލަތު ވަޒަން ކުރާނެ ކަމަށް އެއްވެސް އިރެއްގައި ސަރުކާރުން ބުނެފައިނުވާނެ: މިނިސްޓަރު މުއްތަލިބު
ޕޯޓަލްއަށް މައުލޫމާތު ނަގާފައި ވަނީ ދިރިއުޅުމުގެ ހާލަތު ބެލޭނެ ގޮތަށް ނޫން
މިނިސްޓަރު ހައިދަރު ވިދާޅުވެފައިވަނީ ފްލެޓް ލިބޭ މީހުންގެ ދިރިއުޅުމުގެ ހާލަތު ވަޒަން ކުރާނެ ކަމަށް
ހައްގު ހޯދުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް ލިބޭނެ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓުތައް ދޫކުރުމުގައި ދިރިއުޅުމުގެ ހާލަތު ވަޒަން ކުރާނެ ކަމަށް އެއްވެސް އިރެއްގައި ސަރުކާރުން ހާމަކޮށްފައިނުވާ ކަމަށް ވިދާޅުވެ، ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އިތުރުފުޅު ހައްދަވައިފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެޓީވީގެ ނޫސްވެރިޔާ ވަނީ ދިރިއުޅުމުގެ ހާލަތު ވަޒަން ކުރުމުގައި ސަރުކާރުން އަމަލުކޮށްފައިވާ ގޮތާއި ގުޅޭގޮތުން ސުވާލުކޮށްފައެވެ. އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ އެއްވެސް އިރެއްގައި ދިރިއުޅުމުގެ ހާލަތު ބަލާނެކަން ހާމަކޮށްފައިނުވާނެ ކަމަށާއި، ޕޯޓަލްއަށް މައުލޫމާތު ނަގާފައި ވަނީ ދިރިއުޅުމުގެ ހާލަތު ބެލޭނެ ގޮތަށް ނޫން ކަމަށެވެ.

އަޅުގަނޑުމެން އެއްވެސް އިރެއްގައި ނުދަންނަވަން ދިރިއުޅުމުގެ ހާލަތު ބަލާ ވާހަކައެއް. މި ޕޯޓަލްއަށް މައުލޫމާތު ނަގާފައި ހުރީ ދިރިއުޅުމުގެ ހާލަތު ބެލޭގޮތަކަށް ނޫން. ކުރީ ސަރުކާރުން ވެސް ދިރިއުޅުމުގެ ހާލަތު ބަލާފައި ނެތް ލިސްޓު ހެދިއިރުގަ. މިދެންނަވާ އެއްޗަކީ މިސާލަކަށް ދަންނަވާ ކަމަށްވަންޏާ ކުއްޔަށް އުޅޭ ތަނުގެ ނަންޖަހާފައި އެތާގައި ދިރިއުޅޭ މީހުންގެ ކޮން ބައެއްކަން ވެސް އެނގޭކަށް ނެތް. ހަމަ ނަންބަރެއް ޖަހާލަންޖެހެނީ. އަކަފޫޓަކަށް މިވެނި ވަރެކޭ. 15 މީހުން އުޅޭ. ފާހަނާ ބޭނުންކުރަނީ 10 މީހުންނޭ. ނަންބަރުތަކެއް މިހުރީ. އެ ވެރިފައި ކުރެވޭނެ އެއްވެސް މައުލޫމާތެއް ކަލެކްޓް ކޮށްފައި ނެތް. އެހެންވެއްޖެ ކަމަށްވަންޏާ އަޅުގަނޑުމެންނަށް ކިހިނެއްތޯ އެނގޭނީ މިވެނި ގެއެއްގައި ކޮންބައެއްތޯ އުޅެނީ. އެ މައުލޫމާތެއް ނެތޭ ހޯދާފައެއް. އޭގައި ވަނީ ނަންބަރުތަކެއް ޖަހާފައި.

ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ

މިނިސްޓަރު މުއްތަލިބު މިހެން ވިދާޅުވިއިރު، މިމައްސަލައާ ގުޅިގެން މިސަރުކާރުގެ ފުރަތަމަ ހައުސިން މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި، ޑރ. އަލީ ހައިދަރު 29 ޖުލައި 2024 ގައި ޕެޓިޝަން ކޮމެޓީގައި ވިދާޅުވެފައިވަނީ ފްލެޓް ލިބޭ މީހުންގެ ދިރިއުޅުމުގެ ހާލަތު ވަޒަން ކުރާނެ ކަމަށެވެ.

މިނިސްޓަރު ހައިދަރު ވިދާޅުވީ، އެންމެ ބޮޑަށް އޮޅުވާލާފައިވާ ދާއިރާއަކީ ދިރިއުޅުމުގެ ހާލަތާބެހޭ ބައި ކަމަށެވެ. މީގެކުރިން ދިން ބައެއް ފްލެޓްތައް ހައްގުވެރިންނަށް ނުލިބި ދިޔައީވެސް އެސަބަބާހުރެ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އެހެންކަމުން މިހަފަރުވެސް ފްލެޓް ލިބޭ ޝަރުތު ހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބައްލަވާނެ ކަމަށެވެ. އަދި ރަސްމީކޮށް ލިބެން ހުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށްގެން ވެސް ދިރިއުޅުމުގެ ހާލަތު ބަލާނެ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ ފްލެޓު ލިސްޓުގެ މައުލޫމާތު ހާމަކުރަނީ ވަރަށް ތަފްސީލުކޮށް ކަމަށާއި، ޝަރުތު ހަމަނުވާ ސަބަބު ވަރަށް ސާފުކޮށް އެނގޭނެ ކަމަށެވެ. އަދި ހައްގު ހޯދުމުގެ ފުރުސަތު އެމީހަކަށް ލިބޭނެ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.

އާއްމުކުރާ ލިސްޓުގައި އިންނާނެ އުސޫލުގެ ތެރެއިން ކޮން މާއްދާއެއްގެ ދަށުންތޯ އެމީހަކު ޝަރުތު ހަމަނުވަންޏާ ނުވަނީ. އެވަރު އަޅުގަނޑުމެން ބަޔާންކޮށްފައި އޮންނާނީ. އޭގެ މާނައަކީ ތިބޭފުޅުން އުސޫލު ބަލާލީމަ އޭނގޭނެ މިސާލަކަށް އުސޫލުގެ ރ ގެ ދަށުން ރ ގައި އިންނާނެ ކޮންކަންތައްތަކަކަށް ބޭސްކޮށްގެން ކަން އެމީހަކު ޝަރުތު ހަމަނުވަނީ. އަޅުގަނޑުމެން އެމީހަކަށް ތަފްސީލުކޮށް އެމީހަކަށް މައުލޫމާތު މިދޭ ސަބަބަކީ އެ މީހަކަށް ތަފްސީލުކޮށް ޕޯޓަލްއިން އެ ތަފްސީލުކޮށް ފެނުނީމަ އެމީހަކަށް އެއަށް ކޮންޕްލޭނެއް ކުރަން އެއަށް ޗެލަންޖު ކުރަން ފުރުސަތު ވަރަށް ރަނގަޅަށް ލިބޭނެ. ކީއްވެގެންކަން ކޮން ސަބަބަކާ ގުޅިގެންކަން ވަރަށް ތަފްސީލުކޮށް އަޅުގަނޑުމެން އެޑެސިޝަން މޭކް ކޮށްފައި އޮތީ. އެހެންވީމަ އެފުރުސަތު އެ ފަރާތަށް ލިބެންޖެހޭ. އަޅުގަނޑު މިދަންނަވާ އެއްޗަކީ އާއްމު ޕަބްލިކްގައި ބޮޑު ޕްރޮސެކިއުޝަނެއް ހިންގާ ވާހަކައެއް ނޫން. އަޅުގަނޑު މިދަންނަވަނީ ކޮންމެ ފަރާތަކަށް ވެސް އެ ހައްގު ލިބެން އެބައޮތޭ ލިސްޓުން އުނިކުރުމުގެ ކުރިން އެއަށް ޗެލެންޖުކޮށް އެއަށް ހައްގެއް ގެއްލިއްޖެ ކަމަށްވަންޏާ އެ ހައްގު ހޯދުމުގެ ފުރުސަތު. އެފުރުސަތު ދިނުމަށްޓަކައި އެފަރާތަަށް ވީހާވެސް ތަފްސީލުކޮށް މައުލޫމާތު މިދެނީ.

ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ

ފްލެޓު ޝަރުތު ހަމަވެގެން ފްލެޓު ލިބެނީ 1820 މީހުންނަށެވެ. އަދި 3119 މީހުންނަށް ފްލެޓު ނުލިބޭ ކަމަށް މިނިސްޓަރު މުއްތަލިބު ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް