ކ. މާލެ
|
26 ފެބްރުއަރީ 2025 | ބުދަ 22:57
ޣައްޒާގެ ހަލާކުވެފައިވާ ބިންތަކުގެ ތެރޭގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނު މީހުން އެހީއަށް އިންތިޒާރުކުރަނީ (ފައިލް)
ޣައްޒާގެ ހަލާކުވެފައިވާ ބިންތަކުގެ ތެރޭގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނު މީހުން އެހީއަށް އިންތިޒާރުކުރަނީ (ފައިލް)
ރޮއިޓަރސް
ޣައްޒާ
ޓްރަމްޕް ގެ ހުވަފެނީ ޣައްޒާ ގައި ފެންނަނީ ބެލީ ޑާންސަރުންނާއި ނަތަންޔާހޫ ސަންބެޑް ގައި އޮންނަ މަންޒަރު
ވީޑިއޯގައި ދެން ދައްކުވައިދެނީ މުޅިން ތަފާތު ޣައްޒާއެކެވެ. މޫދު ކައިރީގައި ބިނާކޮށްފައިވާ އުސް އިމާރާތްތަކާއި، ރީތި ގޮނޑުދޮށްތަކާއި، ޔޮޓުތަކާއި، ކަދުރު ރުއްތަކާއި، ހިނިތުންވެފައި އުޅޭ މީހުންގެ މަންޒަރުތަކެވެ. ރަނުން ހަދާފައިވާ ޓްރަމްޕްގެ މާސިންގާ ބުދެއްވެސް މި ވީޑިއޯގައި ފެންނަން ހުރެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އޭނާގެ ޓްރުތު ސޯޝަލް މީޑިއާ އަދި އިންސްޓަގްރާމް އެކައުންޓުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް އުފައްދާފައިވާ، އޭނާގެ ހުވަފެނީ ޣައްޒާ ގެ ވީޑިއޯ އެއް ޝާއިޢުކޮށްފިއެވެ.

ޣައްޒާ އެމެރިކާގެ ބާރުގެ ދަށަށް ގެނެސް އެތަނުގެ ފަލަސްތީނު ރައްޔިތުން އަވައްޓެރި ގައުމުތަކަށް ފޮނުވާލައްވާނެ ކަމަށް ވިދާޅުވި ޓްރަމްޕް އާންމު ކުރެއްވި 35 ސިކުންތުގެ މި ވީޑިއޯ ފެށެނީ މިހާރުގެ ހަނގުރާމައިގެ މަންޒަރުތަކާއެކު، މާސްކު އަޅާފައިވާ ހަތިޔާރު އެޅި ހަނގުރާމަވެރިންނާއި ކުޑަކުދިން ވީރާނާވެފައިވާ ޣައްޒާގެ މަގުތަކުގައި ހިނގާފައި އުޅޭ މަންޒަރުންނެވެ. އޭގެ ފަހުން ފެންނަނީ "ގައްޒާ 2025" އަދި "ކުރިއަށް އޮތީ ކޯޗެއް؟" މި ސުވާލެވެ.

ވީޑިއޯގައި ދެން ދައްކުވައިދެނީ މުޅިން ތަފާތު ޣައްޒާއެކެވެ. މޫދު ކައިރީގައި ބިނާކޮށްފައިވާ އުސް އިމާރާތްތަކާއި، ރީތި ގޮނޑުދޮށްތަކާއި، ޔޮޓުތަކާއި، ކަދުރު ރުއްތަކާއި، ހިނިތުންވެފައި އުޅޭ މީހުންގެ މަންޒަރުތަކެވެ. ރަނުން ހަދާފައިވާ ޓްރަމްޕްގެ މާސިންގާ ބުދެއްވެސް މި ވީޑިއޯގައި ފެންނަން ހުރެއެވެ.

ވީޑިއޯގައި ފެންނަ އިމާރާތްތަކުގަ އާއި އެތަން މިތަނުން "ޓްރަމްޕް ގާޒާ" ޖަހާފައިވަނިކޮށް ފެނެއެވެ.ވީޑިއޯގެ ފަހަތުން އިވޭ މިޔުޒިކާ އެކު ބުނަނީ "ޓްރަމްޕް ތިޔަބައިމީހުންނަށް މިނިވަންކަން ގެނެސްދޭނެ، އިތުރު ބިރެއް ނެތް، ޓްރަމްޕްގެ ޣައްޒާ މިހާރު މިވަނީ އައިސް" މިފަދައިންނެވެ.

މީގެ އިތުރުން ވީޑިއޯގައި ފެންނަނީ ޓްރަމްޕް އަދި އިސްރާއީލުގެ ބެންޔަމިން ނަތަންޔާހޫ ގެ ފެތުމުގެ މަންޒަރާއި، އީލޯން މަސްކް އުފަލުން އުޅޭ މަންޒަރުތަކެވެ. ޓްރަމްޕް ނަތަންޔާހޫ އާއެކު ހޮޓަލެއްގެ ޕޫލް ސައިޑްގައި ސަންބާތު ކުރާ މަންޒަރުވެސް ދައްކުވައިދެއެވެ.

ވީޑިއޯ އާންމު ކުރުމާއެކު އެތައް ސަތޭކަ މީހުން ވަނީ އެ ވީޑިއޯ އަށް ނުރުހުމުގެ ފާޑު ކިޔާފައެވެ. ނުރުހުނު މީހުންގެ ތެރޭގައި ޚުދު ޓްރަމްޕްގެ ސަޕޯޓަރުން ވެސް ހިމެނެއެވެ.

ޣައްޒާ އެމެރިކާގެ ބާރުގެ ދަށަށް ގެންދިއުމާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ފާޅު ކުރެއްވި ޕްލޭނަށް މުޅި ދުނިޔެ ކަހަލަ ގޮތަކަށް ވަނީ ދެކޮޅު ހަދާފައެވެ.

- ކޮމެންޓް