ކ. މާލެ
|
25 ފެބްރުއަރީ 2025 | އަންގާރަ 23:09
ރާއްޖެ އެމްވީ ކުއްލި ހަބަރު
ރާއްޖެ އެމްވީ ކުއްލި ހަބަރު
ހޫނު ހަބަރު
ބުދަ ދުވަހުގެ މަޖިލިސް ޖަލްސާގެ ނޯޓިސް ފޮނުވައިފި، އެޖެންޑާ އެއް ނުފޮނުވާ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބުދަ ދުވަހު އޮންނާނެ ކަމަށް އަންގާރަ ދުވަހުގެ ރޭ 11 ޖަހާފައިވަނިކޮށް މެމްބަރުންނަށް އަންގައިފިއެވެ.

އެހެން ނަމަވެސް ޖަލްސާގެ އެޖެންޑާ އެއް މެމްބަރުންނަށް ފޮނުވާފައެއް ނުވެއެވެ.

އާއްމު ގޮތެއްގައި ޖަލްސާގެ ނޯޓިސް އާ އެކު މެމްބަރުންނަށް އެޖެންޑާ ފޮނުވާ ގޮތައް އޮންނަ ނަމަވެސް މަޖިލިހުގެ އިދާރާ އިން އަންގާފައިވަނީ "ޖަލްސާގެ އެޖެންޑާ ފަހުން ހިއްސާ ކުރާނެ ވާހަކަ ދަންނަވަން" ކަމަށެވެ.

ޖަލްސާ ފެށޭނީ 9:00 ގައެވެ.

- ކޮމެންޓް