ކ. މާލެ
|
25 ފެބްރުއަރީ 2025 | އަންގާރަ 11:00
ގައުމީ ޓީމުގެ ކުޅުންތެރިން ޕްރެކްޓިސް ކުރަނީ: ބޫޓާން އަތުން ރާއްޖެ ބަލިނުވޭ
ގައުމީ ޓީމުގެ ކުޅުންތެރިން ޕްރެކްޓިސް ކުރަނީ: ބޫޓާން އަތުން ރާއްޖެ ބަލިނުވޭ
އެފްއޭއެމް
އެފްއޭއެމް
ރޯދަ މަހާ ދިމާވާތީ، ރާއްޖޭގެ ފުރަތަމަ މެޗަށް ބަދަލު ގެނެސްފި
އެ ތާރީޚު ދިމާވަނީ ކުރިއަށް އޮތް ރަމަޟާން މަހާ ކަމަށްވާތީ، އެ މެޗު ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން މާޗު މަހުގެ 25 ވަނަ ދުވަހު ފުރަތަމަ މެޗުގައި ފިލިޕީންސްއާ ދެކޮޅަށް ރާއްޖެ ނިކުންނާނީ އެ ޤައުމަގަ އެވެ. އަދި ދެ ވަނަ ލެގު ރާއްޖޭގެ ގަަލޮޅު ދަނޑުގައި ކުޅޭނީ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުން ކުޅެން އޮތް ފުރަަތަމަ މެޗަށް ބަދަލު ގެންނަން ނިންމައިފި އެވެ.

ކޮލިފިކޭޝަންގައި ރާއްޖެ ހިމެނިފައި އޮތީ ގްރޫޕު އޭގަ އެވެ. މި ގުރޫޕުގައި ރާއްޖެ އާއެކު ދެން އޮތް ތިން ޓީމަކީ އީސްޓު ޓިމޯ، ތަޖަކިސްތާން އަދި ފިލިޕީންސް އެވެ.

ކޮލިފިކޭޝަންގެ ގުރު ނެގިއިރު، ރާއްޖޭގެ ފުރަތަމަ މެޗުގައި ބައްދަލު ކުރަން ޖެހެނީ ފިލިޕީންސްއާ އެވެ. އަދި ފުރަތަމަ ލެގު އޮތީ ވެސް ރާއްޖޭގެ އަމިއްލަ ދަނޑުގައި ކުޅޭ ގޮތަށެވެ. ގަލޮޅު ރަސްމީ ދަނޑުގައި އެެ މެޗު ކުޅެން އޮތީ އަންނަ މާޗު މަހުގެ 25 ވަނަ ދުވަހު އެވެ.

ނަމަވެސް، އެ ތާރީޚު ދިމާވަނީ ކުރިއަށް އޮތް ރަމަޟާން މަހާ ކަމަށްވާތީ، އެ މެޗު ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން މާޗު މަހުގެ 25 ވަނަ ދުވަހު ފުރަތަމަ މެޗުގައި ފިލިޕީންސްއާ ދެކޮޅަށް ރާއްޖެ ނިކުންނާނީ އެ ޤައުމަގަ އެވެ. އަދި ދެ ވަނަ ލެގު ރާއްޖޭގެ ގަަލޮޅު ދަނޑުގައި ކުޅޭނީ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.

މިގޮތަށް ބަދަލު ގެންނަން ނިންމާފައި ވަނީ ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ފިލިޕީންސްގެ ފުޓުބޯޅަ އެސޯސިއޭޝަނާ ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު ކަމަށް، އެފްއޭއެމްގެ ވަގުތީ ޖެނަރަލް ސެކްރެޓަރީ މުޙައްމަދު ޝުޖާއު ވަނީ ވިދާޅުވެފަ އެވެ.

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެ އިން ހަ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި މާޗު މަހުގެ 25 ވަނަ ދުވަހު ކުޅޭނީ ފިލިޕީންސްްއާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި ޖޫން މަހުގެ 10 ވަނަ ދުވަހު ކުޅޭނީ އީސްޓު ޓިމޯއާ ދެކޮލަށެވެ. ތިން ވަނަ މެޗުގައި ތަޖަކިސްތާނާ ދެކޮޅަށް ނިކުންނާނީ އޮކްޓޫބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ.

އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު ދެ ވަނަ ލެގުގައި ތަޖަކިސްތާނާ ދެކޮޅަށް ކުޅޭނެ އެވެ. އޭގެ ފަހުން ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ދެ ވަނަ ލެގުގައި ފިލިޕީންސްއާ ދެކޮޅަށް ކުޅުމަށްފަހު، ފަހު މެޗުގައި އީސްޓު ޓިމޯއާ ދެކޮޅަށް ކުޅޭ ދެ ވަނަ ލެގު އޮތީ އަންނަ އަހަރުގެ މާޗު މަހުގެ 31 ވަނަ ދުވަހު އެވެ.

- ކޮމެންޓް