ކ. މާލެ
|
22 ފެބްރުއަރީ 2025 | ހޮނިހިރު 09:24
ބީއެމްއެލް އިން އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ދިނުމަށް އެއްކޮށްފައިވާ ސާމާނު
ބީއެމްއެލް އިން އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ދިނުމަށް އެއްކޮށްފައިވާ ސާމާނު
ބީއެމްއެލް
ބީއެމްއެލްގެ އެހީ
އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް ބީއެމްއެލް މުވައްޒަފުންގެ ދީލަތި އެހީއެއް
ދިރިއުޅުމުގައި އެކި ދަތިތަކާ ކުރިމަތިވެފައިވާ އާއިލާތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލު ގެނައުމަށް މުވައްޒަފުންގެ ފަރާތުން ވަނީ ވަރަށް ދީލަތި އެހީއެއް ދީފައި
ބީއެމްއެލްގެ މުވައްޒަފުން ރަމަޟާން މަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް އެކި ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދޭ

ރަމަޟާން މަހު އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް މޮމްސް އެއިޑުން ހިންގާ "ރަމަޟާން އެއިޑް" ޕްރޮގްރާމަށް ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ދިރިއުޅުމުގައި އެކި ދަތިތަކާ ކުރިމަތިވެފައިވާ އާއިލާތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލު ގެނައުމަށް މުވައްޒަފުންގެ ފަރާތުން ވަނީ ވަރަށް ދީލަތި އެހީއެއް ލިބިފައެވެ. މި އެހީއާއެކު މޮމްސް އެއިޑުގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ބީއެމްއެލްގެ މުވައްޒަފުންގެ ފަރާތުން ލިބުނު އެހީއާ ގުޅިގެން މޮމްސް އިން ވިދާޅުވީ "ބީއެމްއެލްގެ މުވައްޒަފުންގެ ފަރާތުން މި ޕްރޮގްރާމަށް ލިބުނު އެއްބާރުލުމަށް ޝުކުރުދަންނަވަން. މިފަދަ އެހީތަކަކީ މުޖުތަމައަށް އެހީވުމަށް މި ޖަމިއްޔާއިން ކުރާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު އިތުބާރެއް، އަދި ގިނަ އާއިލާތަކަށް އެހީ ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާ ކަމެއްވެސްމެ."

ބޭންކުގެ މުވައްޒަފުން ރަމަޟާން މަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް އެކި ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެއެވެ. އެގޮތުން މީގެ ކުރިންވެސް މޮމްސްއަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އަށްވެސް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.

- ކޮމެންޓް