ކ. މާލެ
|
16 ފެބްރުއަރީ 2025 | އާދީއްތަ 10:49
މެޗުގައި ލަނޑު ޖެހުމަށްފަހު އާސެނަލްގެ މެރީނޯ އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އާސެނަލްގެ މެރީނޯ އުފާ ފާޅު ކުރަނީ
ރޮއިޓަރސް
ޕްރިމިއަރ ލީގު
ލެސްޓަރ ބަލިކޮށް، އާސެނަލް އިން ފަރަގު ކުޑަ ކޮށްފި
މޮޅާއެކު އާސެނަލް އިން ވަނީ އެއް ވަނައިގައި އޮތް ލިވަޕޫލާ ދެމެދު އޮތް ފަރަގު ކުޑަ ކޮށްފަ އެވެ. މިހާތަނަށް ކުޅެފައިވާ 25 މެޗުން އާސެނަލަށް ލިބެނީ 53 ޕޮއިންޓެވެ. އާސެނަލަށް ވުރެ އެއް މެޗު މަދުން ކުޅެގެން އެއް ވަަނައިގައި ލިވަޕޫލަށް ލިބެނީ 57 ޕޮއިންޓެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އާސެނަލް އިން ފަރަގު ކުޑަ ކޮށްފި އެވެ.

ލެސްޓަރގެ އަމިއްލަ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅުނު މެޗު އާސެނަލް އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި އާސެނަލް އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވެސް އާސެނަލް އިން ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެގޮތުން އާސެނަލްގެ ލިއާންޑްރޯ ޓްރޮސާޑް ފޮނުވާލި ބޯޅަ ލެސްޓަރގެ ގޯލު ކީޕަރު ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ދެ ވަނަ ހާފުގައި އާސެނަލްގެ އީތަން އެންވަނޭރީ ފޮނުވާލި ބޯޅަ ދިޔައީ، ގޯލުގެ ހުރަސް ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ 81 ވަނަ މިނެޓުގައި އާސެނަލްގެ ފުރަތަމަ ލަނޑު ޖަހައި އެ ޓީމަށް ލީޑު ނަގައިދިނީ މިކޭލް މެރީނޯ އެވެ. އެއީ އެންވަނޭރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ހަ މިނެޓު ފަހުން ޓްރޮސާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި މެރީނޯ ވަނީ އާސެނަލްގެ ދެ ވަނަ ލަނޑު ވެސް ޖަހައިފަ އެވެ. މެޗުގައި އޭނާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްެގެ ގޮތުގަ އެވެ.

- ކޮމެންޓް