ކ. މާލެ
|
22 އޯގަސްޓް 2017 | އަންގާރަ 14:22
ފެނަކަ ކޯޕްރޭޝަން
ފެނަކަ ކޯޕްރޭޝަން
މުހައްމަދު ޝަރުހާން
ފެނަކަ ކޯޕަރޭޝަން
ފެނަކަށް އަށް 17 މިލިޔަން ރުފިޔާ ދެއްކުމަށް ޝަރޫ ލޯންޗްގެ މައްޗަށް ހުކުމް ކޮށްފި
ޝަރޫ ލޯންޗް ސާވިސަސް އަށް ދޫކުރީ 15.42 ގެ ރޭޓުން ޑޮލަރު ގަތުމަށް
ފައިސާ ދައްކަންޖެހެނީ ހަތަރު މަހަށް ބަހާލައިގެން، މަހަކަށް 4.4 މިލިއަން ރުފިޔާ

ލޯންޗްގެ ހިދުމަތް ދެމުން ގެންދާ ކުންފުންޏެއް ކަމަށްވާ ޝަރޫ ލޯންޗް ސާވިސް އަތުން 17 މިލިޔަން ރުފިޔާ ހޯދުމަށް ފެނަކަ ކޯޕްރޭޝަން އިން ދައުވާކުރި މައްސަލައިގައި އެ ފައިސާ ފެނަކައަށް ދެއްކުމަށް ސިވިލް ކޯޓުން ޝަރޫ ލޯންޗް ސާވިސްގެ މައްޗަށް ހުކުމް ކޮށްފިއެވެ

ފެނަކައަށް ޑޮލަރު ގަތުމަށް ދިން ފައިސާ އަނބުރާ ދެއްކުމަށް ޝަރޫ ލޯންޗް ސާވިސްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފައި މިވަނީ މައްސަލާގައި ހުކުމް ކުރުމަށް އަންގާރަ ދުވަހު ބޭއވި ޝަރީޢަތުގައެވެ. އެ ހުކުމުގައި ބުނެފައިވާ ގޮތުން ހަތަރު މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސްކުރަންޖެހެ އެވެ.

ހުކުމުގައިވާ ގޮތުން ފެނަކަ އަށް 1،158،105 (އެއް މިލިއަން އެއްލައްކަ ފަންސާސް އަށް ހާސް އެއް ސަތޭކަ ފަސް ޑޮލަު) ގަތުމަށް ޝަރޫ ލޯންޗަށް 17،857،979.10 (ސަތާރަ މިލިއަން އަށް ލައްކަ ފަންސާސް ހަތް ހާސް، ނުވަސަތޭކަ ހަތް ދިޔަ ނުވަ ރުފިޔާ) ޝަރޫ ލޯންޗް ސާވިސް އަށް ދީފައި ވެއެވެ. އޭގެ ބަދަލުގައި މޮރިޝަސް ކޮމާޝަލް ބޭންކްގެ ޗެކެއް ޝަރޫ ލޯންޗުން ފެނަކް އަށް ދީފައިވާކަން ވެސް ހުކުމުގައި ބުނެފައި ވެއވެެ.  އެ މުއާމަލާތަކީ އޮޅުވާލުމެއްކަން ފަޅާއެރީ 30 ދުވަސް ހަމަވެ، ޑޮލަރު ދިން ޗެކު ބައުންސްވި ހިސާބުންނެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ މި ފައިސާ ހަތަރު މަހަށް ބަހާލައިގެން ކޮންމެ މަހަކަށް ޖެހޭ މިންވަރު ފެނަކަ އަށް ދެއްކުމަށް ޝަރޫ ލޯންޗްގެ މައްޗަށް ހުކުމް ކުރާ ކަމަށެވެ. އެއީ މަހެއްގެ މައްޗަށް ހަތަރު 4،464،494.75 (ހަތަރު މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ހަތަރުހާސް ހަތަރުސަތޭކަ ނުވަދިހަ ހަތަރު ރުފިޔާ) އެވެ. 

ފެނަކައިގެ 17 މިލިއަން ރުފިޔާގެ މައްސަލައާ ގުޅިގެން ޝަރޫ ލޯންޗް ސާވިސްގެ މެނޭޖިންގ ޑިރެކްޓަރު ފުލުހުން ހައްޔަރުކޮށް ތަހުގީގު ހިންގާފައި ވެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އޭސީސިން ބަލަމުން އަންނަނީ އެ ފައިސާ ދިނުމުގައި ނުފޫޒު ބޭނުންކޮށްގެން ކޮރަޕްޝަންގެ އެއްވެސް ކަމެއް ހިންގާފައި ވޭތޯ އެވެ.

މި މައްސަލަ ފެންމަތިވުމާއެކު ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު ކަމުގައި ހުންނެވި މުހައްމަދު ނިމާލް މަގާމުން ވަކިކޮށް އެ މަގާމަށް އަހްމަދު ޝަރީފް ހަމަޖެއްސެވި އެވެ. އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީން ވަނީ ޓޫރިޒަމް މިނިސްޓްރީގެ ނައިބުގެ މަގާމަށް ނިމާލް އައްޔަން ކުރައްވާފަ އެވެ. އަދި އޭގެ ފަހުން އެމްއާރުޑީސީގެ އެމްޑީގެ މަގާމަށް ވަނީ ބަދަލުކުރައްވާފައެވެ. މިހާރު ނިމާލު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް