ކ. މާލެ
|
22 އޯގަސްޓް 2017 | އަންގާރަ 14:22
މެމްބަރު އިމްތިޔާޒު ފަހުމީ އިންޓަވިއު ދެއްވަނިކޮށް މަޖިލީހުގެ ނައިބު ރައީސް މޫސަ އެސަރަހައްދުގައި ހަރަކާތްތެރިވެވަޑައިގަންނަވަނީ--
މެމްބަރު އިމްތިޔާޒު ފަހުމީ އިންޓަވިއު ދެއްވަނިކޮށް މަޖިލީހުގެ ނައިބު ރައީސް މޫސަ އެސަރަހައްދުގައި ހަރަކާތްތެރިވެވަޑައިގަންނަވަނީ--
މުހައްމަދު ޝަރުހާން
މަސީހުގެ އިތުބާރު މައްސަލަ
"ވޯޓު މިއޮތީ އާދޭ" މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސަގެ ހަރަކާތައި އަޑު!
މަހްލޫފް ވިދާޅުވަނީ މެމްބަރުންނަށް އަނިޔާކުރުމަށް މަޖިލީހުގެ ތެރެއަށް ބައެއް ސިފައިން ވައްދާފައިވާ ކަމަށް
މަހްލޫފް ވިދާޅުވަނީ 45 މެމްބަރުންގެ ސޮޔާއެކު ހުށަހަޅާފައިއޮތް މައްސަލައަށް ވޯޓަށް އަހަންޖެހޭ ކަމަށް
މިއަދުގެ ޖަލްސާގެ ސައްހަކަމެއް ނެތްކަމަށް މަހްލޫފް ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނިކޮށް، އެމައްސަލަ އެޖެންޑާ ކޮށްދެއްވުމަށް މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް އާދޭސް ދެންނެވުމުން މަޖިލީހުގެ ނާއިބު ރައީސް މޫސާމަނިކުގެ ހުތުރު ހަރަކާތަކާއެކު ވޯޓު މިއޮތިއްޔޭ ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ޖަލްސާގެ ރިޔާސަތުގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އިންނަވައިގެން ކުޑަ ވަގުތުކޮޅަކަށް ކުރިއަށް ގެންގޮސްފައިވާއިރު، ޖަލްސާއަށް ފަހު މާލަން ދޫކުރައްވާ މަސީހު ވަޑައިގެންނެވުމުން މަހްލޫފް ވަނީ ފަހަތުން ވަޑައިގެންފަ އެވެ. ފަހަތުން ހިންގަވާފައި ވަޑައިގަންނަވަމުން ގެންދެވިއިރު މަހްލޫފު ގޮވަމުން ގެންދެވީ މަސީހުގެ އިތުބާރު ނެތްކަކަމަށާއި 45 މެމްބަރަކު ސޮއިކުރައްވާ އެ މައްސަލަ މަޖިލީހަށް ވެއްދުމުން، ރިޔާސަތުގައި އިންނަވަން ލަދު ގަންނަންޖެހޭނެ ކަމަށެވެ.

"މަސީހަށްޓަކައި ނުޖެހޭ އަނިޔާވެރިވާކަށް. 45 މެމްބަރުން ސޮއިކޮށް މަސީހުގެ އިތުބާރު ނެތްކަމަށް އޮންނާނީ ލާފަ," އޭނާ ވިދާޅުވި އެވެ.

މަހްލޫފް ވަނީ މަސީހުގެ އިތުބާރު ނެތްކަމަށް މައްސަލަ މަޖިލީހުގައި އެޖެންޑާކޮށް އެމައްސަލައަށް ވޯޓަށް އެހުމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު އަރިހުން އެދިވަޑައިގަންވާފަ އެވެ.

ޖަވާބުގައި މޫސަ ވަނީ މަހްލޫފްއަށް ރައްދުވެސް ދެއްވާފަ އެެވެ.

"ވޯޓް މިއޮތީ އާދޭ" ހުތުރު އިޝާރާތަކާއެކު މޫސަ ވިދާޅުވެއެވެ.

 

މޫސައާއި މަހްލޫފާ ދެމެދު ބަހުގެ ހަމަލާތަކެއް ވަނީ މަޖިލީހުގެ ސައި ކޮޓަރީގައި ކުރިއަށް ގޮސްފަ އެވެ.

ފޭސްބުކް ލައިވް މެދުކަނޑާލެއްވުމެއް ނެތި މަހްލޫފު، މޫސަގެ ފަހަތުން ވަޑައިގަންނަވަމުން ދިޔައުމާއެކު މޫސަ ސައިކޮޓަރިން ބޭރަށް ނުކުމެވަޑައިގަތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
23 އޯގަސްޓް 2017 | ބުދަ 07:37
އިބްރާހީމް މަނިކު
ހަޔާތްކުޑަ ދޯ؟ ގައިމު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ވިއްޔަ؟ ވަކަރުގޭ ނުކިޔަވާ ހުރި މޫސަ ވާނީ ހަމަ މޫސަޔަށް
22 އޯގަސްޓް 2017 | އަންގާރަ 20:45
Hasanmaniku
Thiyakahal akhulaagee mingadun dhah fenvaruge meehakah majieehuge naib raeeskan dheh veeves hama heyga huregen thou suvaalu kolan?