ކ. މާލެ
|
22 އޯގަސްޓް 2017 | އަންގާރަ 13:16
ސްރީ ލަންކާގެ ސަފީރު ކަމަށް އައްޔަން ކުރައްވަން ނިންމަވާފައިވާ މުހައްމަދު ހުސައިން ޝަރީފް
ސްރީ ލަންކާގެ ސަފީރު ކަމަށް އައްޔަން ކުރައްވަން ނިންމަވާފައިވާ މުހައްމަދު ހުސައިން ޝަރީފް
ވީނިއުސް
މުންދު
މުންދުއަށް ކޮމިޓީން ރުހުންދީފި، އިދިކޮޅު މެމްބަރުން ވިދާޅުވީ ނިންމުން ސައްހަ ނޫން ކަމަށް
އިދިކޮޅު މެމްބަރުން ވަނީ ކޮމެޓީ ދޫކުރައްވާ ނިކުމެވަޑައިގެންފަ

ރާއްޖެއިން ސްރީ ލަންކާއަށް ކަނޑައަޅުއްވާ ސަފީރު ކަމުގެ މަގާމަށް ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އައްޔަން ކުރައްވަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީއަށް ދިރާސާ ކުރުމަށް ފަހު މުންދު އަށް ރުހުން ދިނުމަށް ކޮމެޓީން ފާސްކޮށްފިއެވެ

ރާއްޖެ އިން ސްރީ ލަންކާ އަށް ކަނޑައަޅާ ސަފީރު ކަމަށް މުންދު އައްޔަން ކުރުމަށް ފެންނަ ކަމަށް ފާސް ކޮށްފައި ވަނީ އަންގާރަ ދުވަހު ބޭއްވި ގައުމީ ސަލާމަތުގެ ކޮމެޓީ ބައްދަލުވުމުގައެވެ.

ކޮމެޓީގައި އިންނަވާ އެމްޑީޕީގެ މެމްބަރަކު ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ގަވާއިދާ ހިލާފަށް ކުރިއަށް ގެންދާއިރު، މަޖިލީހުގެ ކޮމިޓީތަކަށް ފޮނުވައިގެން ފާސްކުރާ ކަންކަން ވެސް ސައްހަ ނުވާނެ ކަމަށެވެ.

މުންދު އަށް ރުހުން ދިނުމަށް ކޮމިޓީ ފާސްކުރި ވޯޓްގައި ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުން ބައިވެރިއެއް ނުވެ އެވެ.

މުންދު އަށް ރުހުން ދިނުމުގެ މައްސަލައިގެ އިތުރަށް ދެން ކޮމެޓީގައި ކުރިއަށް ދިޔައީ އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަންގައި ރާއްޖެއިން ބައިވެރިވުމާމެދު ގޮތެއް ނިންމުމެވެ. ކޮމެޓީން ފާސްކޮށްފައި ވަނީ އެ އެސޯސިއޭޝަންގައި ރާއްޖެއިން ބައިވެރިވުމަށެވެ. ސްރީ ލަންކާގެ ސަފީރު ކަމަށް މުންދު އައްޔަން ކުރެއްވުމަށް، ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވާފައިވާ އިރު، އޭނާ މިހާރު ހުންނެވީ ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައިވާ ސަފީރުކަމުގެ މަގާމުގަ އެވެ. އެ މަގާމަށް އޭނާ އައްޔަން ކުރައްވާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގަ އެވެ.

ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައިވާ ކަމުގެ މަގާމުގައި ހުންނެވި ޒާހިޔާ ޒަރީރު އެ މަގާމުން ދާދި ފަހުން ވަނީ ދުރުކޮށްފަ އެވެ. ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކަމަށް ޒާހިޔާ އައްޔަން ކުރެއްވީ 2014 ވަނަ އަހަރު އެވެ. މަގާމުން ދުރުކުރެއްވުމާއެކު ޒާހިޔާ ވަނީ އެނބުރި ރާއްޖެ ވަޑައިގަންނަވަން ނިންމަވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް