ކ. މާލެ
|
4 ފެބްރުއަރީ 2025 | އަންގާރަ 17:58
ރާއްޖެ އެމްވީ ކުއްލި ހަބަރު
ރާއްޖެ އެމްވީ ކުއްލި ހަބަރު
ގާނޫނު އަސާސީގެ ދިފާއުގައި
ރައްޔިތުންގެ މަޖިލީސް ހުޅުވާ ދުވަހު އެމްޑީޕީ އިން އިހުތިޖާޖު ކުރަން ނިންމައިފި
އެމްޑީޕީ އިން ނިންމާފައިވާނީ ގާނޫނު އަސާސީ އަށް ގެނައި ކުއްލި ބަދަލުތަކާ ދެކޮޅު ހެދުމަށް މަޖިލިސް ކައިރިއަށް އެއްވެ އަޑު އުފުލާ އިހްތިޖާޖު ކުރުމަށް

ރައްޔިތުންގެ މަޖިލީސް ހުޅުވާ ދުވަހު އެމްޑީޕީ އިން ގާނޫނު އަސާސީގެ ދިފާއު ގައި އިހުތިޖާޖު ކުރަން ނިންމައިފިއެވެ.

ރައްޔިތޔުންގެ މަޖިލިސް މި ދައުރަށް ހުޅުވާ ޖަލްސާ ބޭއްވުމަށް ހަމަ ޖެހިފައިވަނީ ފެބްރުއަރީ 6 ވާ ބުރާސްފަތި ދުވަހު އެވެ.

އެ ޖަލްސާގެ އެޖެންޑާ މެމްބަރުންނަށް މިހާރު ފޮނުވާފައިވާއިރު އެޖެންޑާގައި ވާ ގޮތުން ޖަލްސާ ފެށޭނީ ބުރާސްފަތި ދުވަހު ހެނދުނު 9:00 ގައެވެ.

ބުރާސްފަތި ދުވަހުގެ އެޖެންޑާގައި މައިގަނޑު ކަމަކަށް ހިމެނިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމެވެ.

ގާނޫނު އަސާސީ އަށް ކުއްލި ގޮތަކަށް ސަރުކާރުން ބަދަލުތަކެއް ގެނެސް މެމްބަރުންގެ ބާރު ކަނޑުވާލާ، މަޖިލީހުގެ ހުރިހާ ބާރުތަކެއް ރައީސް މުހައްމަދު މުއިއްޒު ނަންގަވާފައިވާ ކަމަށް އެމްޑީޕީ އިން އަންނަނީ ބުނަމުންނެވެ.

އެހެން ކަމާއެކު މެމްބަރުންގެ ބާރު ކެނޑޭ ގޮތައް ސަރުކާރުން ހުށަހަޅައިގެން ގެނެސްފައިވާ ބަދަލު ބާތިލު ކޮށް ކުރިން އޮތް ގޮތައް ގާނޫނު އަސާސީ ރުޖޫއަ ކުރުމަށް އެމްޑީޕީ އިން ވަނީ ގޮވާލާފައެވެ.

ގާނޫނު އަސާސީގެ ބާރު ކަނޑުވާލާފައިވާތީ އެމްޑީޕީ އިން ވަނީ އެއްވުންތަކާއި އިހްތިޖާޖުތައް އެކަމާ ދެކޮޅަށް ބާއްވާފައެވެ.

އެ ޕާޓީން ބުނެފައިވަނީ ރައްޔިތުންގެ މަޖިލިސް މި ދައުރަށް ހުޅުވާ ދުވަހު މަޖިލިސް އިމާރާތުގެ ކައިރީގައި އިހްތިޖާޖު ކޮށް އަޑު އުފުލާނެ ކަމަށެވެ.

ގާނޫނު އަސާސީ އަށް ގެނައި ނޭދެވޭ ބަދަލުތައް އިސްލާހު ކުރަންދެން ސިލްސިލާ ހަރަކާތްތަކެއް މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ވަނީ އިގުރާރުވެފައެވެ.

- ކޮމެންޓް