ކ. މާލެ
|
22 އޯގަސްޓް 2017 | އަންގާރަ 09:49
ފެނަކައިގެ އެމްޑީ ޝަރީފް
ފެނަކައިގެ އެމްޑީ ޝަރީފް
މިހާރު
ފެނަކަ ކޯޕަރޭޝަން
ފެނަކަ ކޯޕްރޭޝަން އިން ޝަރޫ ލޯންޗް ސާވިސްގެ މައްޗަށް ދައުވާ ކުރާ މައްސަލައިގެ އަޑުއެހުމެއް މިއަދު
ޝަރޫ ލޯންޗް ސާވިސް އިން ބޭނުން ވަނީ 2030 ގެ ނިޔަލަށް ފައިސާ ދައްކައި ޚަލާސްކުރަން
ފެނަކައިން ހުށަހެޅީ އެ ކުންފުނިން ދިން ތިން ޗެކަށް ތިން ޕޭމެންޓެއްގެ މަތިން ފައިސާ ދައްކަން
ޝަރީޢަތުގެ މަރުހަލާގައި ފެނަކައިން ހުށަހަޅަން ޖެހޭ ބަޔާންތައް ހުށަހަޅައި ނިންމައިފި

ލޯންޗްގެ ހިދުމަތް ދެމުން ގެންދާ ކުންފުންޏެއް ކަމަށްވާ ޝަރޫ ލޯންޗް ސާވިސް އަތުން 17 މިލިޔަން ރުފިޔާ ހޯދުމަށް ފެނަކަ ކޯޕްރޭޝަން އިން ދައުވާ ކުރާ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމެއް މިއަދު ސިވިލް ކޯޓުގައި ތާވަލް ކޮށްފިއެވެ.

ފެނަކައިން ޝަރޫ ލޯންަޗް ސާވިސްއާ ދެކޮޅަށް ދައުވާކުރާ މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި ތާވަލް ކޮށްފައި ވަނީ މިއަދު ހެނދުނު 10:00 އަށެވެ.

ފެނަކައިން 17 މިލިއަން ރުފިޔާގެ ޗެކެއް، ޝަރޫ ލޯންޗް ސާވިސަސް އަށް ދޫކުރީ 15.42 ގެ ރޭޓުން ޑޮލަރު ގަތުމަށެވެ. އަދި ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ފެނަކައަށް ޑޮލަރު ދޭން އެއްބަސްވެފައި އޮތީ 30 ދުވަހުގެ ތެރޭގައެވެ. އެ މުއާމަލާތަކީ އޮޅުވާލުމެއްކަން ފަޅާއެރީ 30 ދުވަސް ހަމަވެ، ޑޮލަރު ދިން ޗެކު ބައުންސްވި ހިސާބުންނެވެ.

ފެނަކައިގެ 17 މިލިއަން ރުފިޔާގެ މައްސަލައާ ގުޅިގެން ޝަރޫ ލޯންޗް ސާވިސްގެ މެނޭޖިންގ ޑިރެކްޓަރު ފުލުހުން ހައްޔަރުކޮށް ތަހުގީގު ހިންގާފައި ވެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އޭސީސިން ބަލަމުން އަންނަނީ އެ ފައިސާ ދިނުމުގައި ނުފޫޒު ބޭނުންކޮށްގެން ކޮރަޕްޝަންގެ އެއްވެސް ކަމެއް ހިންގާފައި ވޭތޯ އެވެ.

މި މައްސަލަ ފެންމަތިވުމާ އެކު ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު ކަމުގައި ހުންނެވި މުހައްމަދު ނިމާލް މަގާމުން ވަކިކޮށް އެ މަގާމަށް ޝަރީފް ހަމަޖެއްސެވި އެވެ. އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީން ވަނީ ޓޫރިޒަމް މިނިސްޓްރީގެ ނައިބުގެ މަގާމަށް ނިމާލް އައްޔަން ކުރައްވާފަ އެވެ. އަދި އޭގެ ފަހުން އެމްއާރުޑީސީގެ އެމްޑީގެ މަގާމަށް ވަނީ ބަދަލުކުރައްވާފައެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް