ކ. މާލެ
|
22 އޯގަސްޓް 2017 | އަންގާރަ 09:37
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއެކު މުންދު
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއެކު މުންދު
ޓްވިޓަރ
ލަންކާ ސަފީރު
ލަންކާ ސަފީރުކަމަށް މުންދު އައްޔަން ކުރެއްވުމުގެ މައްސަލަ ކޮމެޓީއަށް ފޮނުވައިފި
މިހާރު މުންދު ހުންނެވީ ޖަޕާނު ސަފީރު ކަމުގައި
ރައީސް އޮފީހުގެ މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް ގޭގައި މަޑުކުރަން އެންގި
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައި ދިނިމުގެ ދައުވާކުރަން ފޮނުވި

ރާއްޖެ އިން ސްރީ ލަންކާއަށް ކަނޑައަޅުއްވާ ސަފީރު ކަމުގެ މަގާމަށް ކުރީގެ ވަޒީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އައްޔަން ކުރައްވަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީއަށް ފޮނުވައިފި އެވެ.

ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ދ)ގައި ބުނެފައި ވަނީ ބޭރު ގައުމުތަކަށާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް ކަނޑައަޅާ ސަފީރުން ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތީން އައްޔަން ކުރަންވާނެ ކަމަށެވެ.

ސްރީލަންކާގެ ސަފީރު ކަމަށް މުންދު އައްޔަން ކުރެއްވުމަށް، ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވާފައިވާ އިރު، އޭނާ މިހާރު ހުންނެވީ ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައިވާ ސަފީރުކަމުގެ މަގާމުގަ އެވެ. އެ މަގާމަށް އޭނާ އައްޔަން ކުރައްވާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގަ އެވެ.

ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައިވާ ކަމުގެ މަގާމުގައި ހުންނެވި ޒާހިޔާ ޒަރީރު އެ މަގާމުން ދާދި ފަހުން ވަނީ ދުރުކޮށްފަ އެވެ. ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކަމަށް ޒާހިޔާ އައްޔަން ކުރެއްވީ 2014 ވަނަ އަހަރު އެވެ. މަގާމުން ދުރުކުރެއްވުމާއެކު ޒާހިޔާ ވަނީ އެނބުރި ރާއްޖެ ވަޑައިގަންނަވަން ނިންމަވާފަ އެވެ.

ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ޔޫތް މިނިސްޓަރުކަން ކުރެއްވި މުންދު ލަންކާ ސަފީރުގެ މަގާމަށް އައްޔަން ކުރުމަށް ނިންމާފައިވާއިރު، އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ލަންކާގައި ވެސް ދަނީ ހިންގަމުންނެވެ. އެގޮތުން، ރައީސް މުހައްމަދު ނަޝީދާއި، އިދިކޮޅު ޕާޓީތަކުގެ އިސްއޮފިޝަުންތަކެއް މިވަގުތު ވެސް ލަންކާގައި އެބަތިއްބެވި އެވެ.

ރައީސް ޔާމީނުގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރު ކަމުގައި މުންދު ހުންނަވަނިކޮށް، 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު 28 ވަނަ ދުވަހު ރިޔާސީ ލޯންޗުކޮޅު ގޮއްވާލި މައްސަލައިގައި ތަހުގީގު ކުރަމުންދަނިކޮށް މުންދުއަށް ގޭގައި މަޑުކުރަން ރައީސް އޮފީހުން އެންގި އެވެ. އެހެން އެންގުމާއެކު މުންދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

މިނިވަން 50 ގެ ރިޔާސީ ޖާފަތުގެ ކޭޓަރިން ގެ މަސައްކަތް ނިއުޕޯޓާ ހަވާލުކޮށްފައިވަނީ މުންދުގެ އޭރުގެ މަގާމުގެ ނުފޫޒު ބޭނުންކޮގެން ވަކި ބަޔަކަށް ނާޖާއިޒް މަންފާ ލިބޭގޮތަށް ކަމަށާއި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަން ސާބިތުވާ މިންވަރަށް ހެއްކާއި ގަރީނާ އެބަހުރި ކަމަށް ބުނެ މުންދުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކުޓާ ޖެނެރަލް އޮފީހަށް 2015 ވަނަ އަހަރުގެ ނޮވެމްބަރުގައި އޭސީސީން ފޮނުވި އެވެ. ނަމަވެސް، އޭގެ މަހެއްހާ ދުވަސް ފަހުން ޕްރޮސެކިއުޓަރ ޖެނެރަލް ވަނީ މުންދުގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމާފަ އެވެ.

މިނިވަން 50 ގެ ރަސްމިއްޔާތުގެ ޖާފަތުގެ މަސައްކަތް ނިއުޕޯޓްއާ  މުންދު ހަވާލުކުރީ، ރައީސުލް ޖުމްހޫރިއްޔާ އެގޮތަށް ނިންމަވާފައިވާފި ކަމަށް ބުނެ ދޮގު ހަދާގެން ކަމަށް އޭސީސީ އިން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް