ކ. މާލެ
|
3 ފެބްރުއަރީ 2025 | ހޯމަ 18:20
ޤުރުއާން އަދި މަދަހަ މުބާރާތާ ގުޅޭގޮތުން މާލެސިޓީ ކައުންސިލްގެ ސިނިއަރ ކައުންސިލް އެގްޒެކްޓިވް އިބްރާހިމް ރަޝީދު ވާހަކަދައްކަވަނީ
ޤުރުއާން އަދި މަދަހަ މުބާރާތާ ގުޅޭގޮތުން މާލެސިޓީ ކައުންސިލްގެ ސިނިއަރ ކައުންސިލް އެގްޒެކްޓިވް އިބްރާހިމް ރަޝީދު ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ޤުރުއާން އަދި މަދަހަ މުބާރާތް
މާލެސިޓީ ކައުންސިލްގެ 4 ވަނަ ޤުރުއާން މުބާރާތް އަދި މަދަހަ މުބާރާތަށް ބޮޑު ތަރުހީބެއް
މިދިޔަ އަހަރަށް ވުރެ މިއަހަރު މާގިނަ ދަރިވަރުން ބައިވެރިވެފައިވޭ
ރާއްޖޭގެ ކޮންމެ ހިސާބެއްގެ ދަރިވަރަކަށް ވެސް މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލި
ޖުމްލަ 900ށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވޭ

މާލެސިޓީ ކައުންސިލްގެ 4 ވަނަ ޤުރުއާން މުބާރާތް އަދި މަދަހަ މުބާރާތަށް ބޮޑު ތަރުހީބެއް ލިބެއްޖެއެވެ.

އާދިއްތަ ދުވަހު މާލެސިޓީ ކައުންސިލްގެ 4 ވަނަ ޤުރުއާން މުބާރާތް އަދި މަދަހަ މުބާރާތް 1446 ހުޅުމުގެ ރަސްމިއްޔާތުގައި މާލެސިޓީ ކައުންސިލްގެ ސިނިއަރ ކައުންސިލް އެގްޒެކްޓިވް އިބްރާހިމް ރަޝީދު ވިދާޅުވީ މިއީ މާލެސިޓީ ކައުންސިލުން ފާހަގަކުރާ އެންމެ ބޮޑު ދެ މުބާރާތް ކަމަށާއި، މި ދެ މުބާރާތަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރަށް ވުރެ މިއަހަރު މާގިނަ ދަރިވަރުން ބައިވެރިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ މާލެސިޓީ ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދާ ޤުރުއާން މުބާރާތާއި، މަދަހަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލީ ހަމައެކަނި މާލެސިޓީއަށް ނޫން ކަމަށާއި، ރާއްޖޭގެ ކޮންމެ ހިސާބެއްގެ ދަރިވަރަކަށް ވެސް މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލި ކަަމަށެވެ. އެގޮތުން ޖުމްލަ 900ށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާ ކަމަށް ރަޝީދު ވިދާޅުވިއެވެ.

މިގޮތުން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ނޮވެންބަރު މަހު މިމުބާރާތް ބޭއްވުމަށް އިއުލާން ކޮށްލުމާއެކު 670 ކުދިން ގުރުއާން މުބާރާތަކުގައި ބައިވެރިވުމަށް ވަނީ ނަން ނޯޓުކޮށްފައި. މިއީ މިދިޔަ އަހަރާއި ބަލާއިރު، ކުޑަތަންކޮޅެއް އިތުރު އަދަދެއް. އަދި ހަމައެހެންމެ 322 ކުދިން މަދަހަ މުބާރާތުގައި ވަނީ ބައިވެރިފައި. އަޅުގަނޑުމެން އުފާ ކުރަން 992 މި މުބާރާތްތަކުގައި ޖުމްލަކޮށް ބައިވެރިވެފައި. މިއީ މާލެސިޓީ ކައުންސިލުން ވަރަށް ބޮޑަށް އުފާކުރާ ކަމެއް މިހާ ބޮޑު ތަރުހީބެއް މިކަމަށް ލިބެމުންދާތީވޭ. މިފުރުސަތުގައި މި މުބާރާތުގެ ކިޔެވުމުން ކުރިއަަށް ދާނެ ކޮންމެ ދުވަހަކު ވެސް 2:00ން ރޭގަނޑު 12:00ށް. އަޅުގަނޑުމެންގެ މި މުބާރާތް ނިމެންދެން. އަޅުގަނޑުމެންގެ މިބޭފުޅުން ރާވާފައި އޮތީ މިޤުރުއާން މުބާރާތް ކޯޑިނޭޓް ކުރައްވައި ޚާއްސަކޮށް މިކަމުގައި އިސްކޮށް އުޅުއްވާނީ ހަބީބު. އަދި އަޅުގަނޑުމެންގެ ޓީމުން ރާވާފައި މިއޮތީ 1 އަކުން 8 އަކަށް ކީރިތި ޤުރުއާން މުބާރާތް ކުރިއަށް ގެންދިއުމަށް އަދި 9 އަކުން 13 އަށް މަދަހަ މުބާރާތް ކުރިއަށް ގެންދިއުމަށް.
މާލެސިޓީ ކައުންސިލްގެ ސިނިއަރ ކައުންސިލް އެގްޒެކްޓިވް އިބްރާހިމް ރަޝީދު

މާލެސިޓީ ކައުންސިލްގެ ޤުރުއާން މުބާރާތުގެ ފަނޑިޔާރުންނަކީ އިބްރާހިމް ރަމީޒު، އަލްޤާރީ ފިރާގު މުހައްމަދުފުޅު، އަލްގާރީ ނިޝާން ހުސެއިން އެވެ. އަދި މަދަހަ މުބާރާތުގެ ފަނޑިޔާރުންނަކީ އިބްރާހިމް މޫސާ ފިކުރީ، ރާފިޔަތު ރަމީޒާ އަދި ޝިފާ ތައުފީގެވެ.

- ކޮމެންޓް