ވަކީލުންނަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވަނިކޮށް ގާނޫނީ ވަކީލުންގެ ޝުރޫއުތައް ޓްވިޓާގައި ބަންޑުންކޮށްލައިފި އެވެ.
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނެރެފައިވާ ނޫސް ބަޔާނުގައި ބަޔާންކޮށްފައި ވަނީ ގާނޫނު އަސާސީގެ ހަތް ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް، އިންސާފު ގާއިމްކުރުމަކީ ރާއްޖޭގެ ކޯޓުތަކުގެ ދުސްތޫރީ މަސްއޫލިއްޔަތެއް ކަމާއި ޝަރުއީ ދާއިރާއަށް ހާއްސަކުރެވިގެންވާ ޒިންމާއެއްކަން ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ނ)ގައި ބުނެފައިވާ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.
ޑީޖޭއޭ އިން ބުނެފައިވާ ގޮތުގައި ގާނޫނު އަސާސީއާ ޚިލާފަށް ޝަރީއަތަށް ނުފޫޒް ފޯރުވުމުގެ އެންމެހާ އަމަލުތަކުން ދުރުވެ ތިބުމަށް މީގެ ކުރިން ވެސް ތަކުރާރުކޮށް އަންގަމުންދިޔަ ކަމަށެެވެ. އަދި ޝަރީއަތަށް ނުފޫޒް ފޯރުވޭ ގޮތަށް ނުވަތަ އެފަދަ ނިޔަތެއްގައި ޝަރީއަތާ ގުޅޭ ކަންކަމުގައި ބަޔާންތައް ދިނުމާއި މީޑިއާގެ ވަސީލަތްތަކުގައި ޝާއިއު ކުރުމަކީ މަނާކަމެއް ކަމަށް ޑީޖޭއޭއިން ވަނީ ބުނެފަ އެވެ. އަދި އެފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ތަކުރާރު ނުކުރުމަށް އަންގާ ކަމަށާއި އެފަދަ ކަމެއް ކުރާ ފަރާތްތަކާ މެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ޑީޖޭއޭ އިން ބުނެ އެވެ. އެފަދަ ފަރާތަކީ ގާނޫނީ ވަކީލެއް ނަމަ އެވަކީލެއްގެ ވަކާލާތު ކުރުމުގެ ހުއްދަ ވަކި މުއްދަތަކަށް ނުވަތަ ދާއިމީކޮށް ބާތިލް ކުރާނެ ކަމަށް ވެސް އަންގާ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ވެސް ވަނީ ޑީޖޭއޭގެ މިބަޔާނާ ގުޅިގެން ޝުއޫރު ފާޅުކޮށްފަ އެވެ. އެގޮތުން ކޯޓުގެ ހުރުމަތް އުފެދެނީ ކޯޓުން ލިބިދެވޭ، އިންސާފާއި ރައްޔިތުންގެ ކިބައިން ހޯދޭ އިތުބާރުގެ މައްޗަށް ކަމަށާއި އެއީ ރައްޔިތުންނަށް އިންޒާރުދީގެން ހައްލުވާނެ ކަމެއް ނޫން ކަމަށެވެ.
Courtge hurumaiy ufedhenee courtun libidhevey insaafaa, rayyithunge kibain hoadhey ithubaaruge macchah. Eyee inzaarun haasilvaa eccheh noon pic.twitter.com/vZ4RMyGETt
— Dhiyana (@dhiyanasaid) August 21, 2017
މިބަޔާނާ ގުޅޭ ގޮތުން މަހްފޫޒް ސައީދު ވަނީ ގާނޫނީ ވަކީލުންގެ ހުވާގެ ފޮޓޯއެއް ޓްވީޓްކޮށްފަ އެވެ. އަދި އެ ހުވާގައި ބުނާ ފަދައިން ހައްގު ބަސް ބުނުން ނޫން ގޮތެއް ނެތް ކަަމަށާއި އެހެން ކަން ނުކުރުމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި ނަމަވެސް އެގޮތަކަށް އެކަން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Mee alhugandu kuri huva. Uhthama fandiyaaru koafaa viyas haqqu bas bunun noon gotheh neh. pic.twitter.com/3xNHcCTmqt
— Mahfooz Saeed (@MahfuzSayd) August 21, 2017
ޑީޖޭއޭގެ މި ބަޔާނާ ގުޅިގެން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، މިއީ ޑީޖޭއޭ އިން ނެރޭ މިމަހުގެ ކިތައް ވަނަ ބަޔާންތޯ ސުވާލުކޮށް ރައްޔިތުން ކޯޓުތަކަށް އިހްތިރާމު ކުރާށޭ ބުނެ ބަޔާން ނެރުމުން ވެސް ރާއްޖޭގެ ކޯޓުތަކުގެ ހާލަތު ހާމަވާ ކަމަށެވެ.
Mi mahuge kithahvana bayān thoa e'ee? Rayyithun thimannamenah ihuthiram kurāshey bune bayān nerenjehumaky court ge haalathu haamava kameh https://t.co/XekwaVhIlu
— Imthiyaz Fahmy (@Imthiyazfahmy) August 21, 2017
މީގެ އިތުރުން ލ. ގަމު ދާއިރާގެ މަޖިލީސް މެންބަރު ފައްޔާޒް އިސްމާއިލް ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މަގާމުގެ ބޭނުނުްކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ބާރުތަކަށް އަރައިގަންނަ ކަމުގައިވާ ނަމަ ފިޔަވަޅު އަޅާނެ ކަަމަށް ބުނެފައި ވެއެވެ.
Chief Justice Abdulla Saeed magaamuge beynunkohgen Rayithunge Majlis ge baaruthakah araigananchaa 3 foot ge fiyavalhu alhaanan @judiciarymv
— Fayyaz Ismail (@faya_i) August 21, 2017
ޑީޖޭއޭގެ ބަޔާނާ ގުޅިގެން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ، ހުކުމް ކުރުން ލަސްވާ ވާހަކަ ބުނުމަކީ އިސްލާމް ދީނުގެ އަސްލަކާ ހިލާފު ވާހަކައެއް ނޫން ކަމަށާއި ގާނޫނު އަސާސީގެ 27 ވަނަ މާއްދާ ބަލާލުމަށް ބުނެ އެ މާއްދާގައި ބުނާ ވާހަކަ ކޮޅުވެސް ވަނީ ޓެގް ކޮށްފަ އެވެ.
Hukum kurun lasvaa vaahaka bunumakee Islaam dheenuge aslakaa khilaafu vaahakaeh noon. Maadhdhaa 27 balllavaa. pic.twitter.com/HB7o9RsnWV
— Ali Hussain (@AleeVoice) August 21, 2017
ގާނޫނު އަސާސީގެ އެ މާއްދާގައި ބުނެފައި ވަނީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ގިނަ ދިމިގްރާތީ މުޖުތަމައުތަކެކޭ ވެސް އެއްފަދައަކުން އަނެކާގެ ހައްގުތަކަށާއި މުޖުތަމައުގެ ހައްގުތަކަށް ފުރިހަމައަށް އިހްތިރާމުކުރަންޖެހޭ ޒިންމާދާރު ބިނާކުރުވަނިވި މިނިވަންކަމުގައި ކަމަށެވެ.
ސޯޝަލް މީޑިޔާގައި ގާނޫނީ ވަކީލުންގެ އިތުރުން ސިޔާސީ ލީޑަރުންނާއި އާންމު ރައްޔިތުން ވެސް ދަނީ ސުޕްރީމް ކޯޓުގެ ހުކުމް ލަސްވަމުންދާތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ކޯޓުތަކުންވެސް ގާނޫނު އަސާސީ ގާނޫނުތަކާ އެއްގޮތްވާގޮތުގެ މަތިން އަމަލުކުރުމަށް ގޮވާލާ، އިންސާފުން ކަންކަން ނިންމުމަށް ދަނީ އެދެމުންނެވެ.