ކ. މާލެ
|
22 އޯގަސްޓް 2017 | އަންގާރަ 08:55
ރަސްރަނި ބަގީޗާ ހުޅުވުމުގެ ރަސްމީއްޔާތުގެ ތެރެއިން
ރަސްރަނި ބަގީޗާ ހުޅުވުމުގެ ރަސްމީއްޔާތުގެ ތެރެއިން
މުހައްމަދު ޝަރުހާން
ރަސްރަނި ބަގީޗާ
ރަސްރަނި ބަގީޗާ އަށް ވަނުން ދިވެހިންނަށް ހިލޭ، ބިދޭސީން އަތުން ފީއެއް ނަގަނީ!
ނަގާނެ ފީގެ އަދަދދެއް މިނިސްޓަރު ވިދާޅެއް ނުވޭ
ރަސްރަނި ބަގީޗާ އާންމުކޮށް ހުޅުވާލާނީ ހުކުރު ދުވަހު

ރައީސުލްޖުމްހުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހޯމަ ދުވަހުގެ ރޭ ހުޅުއްވައިދެއްވި " ރަސްރަނި ބަގީޗާ" އަށް ބިދޭސީންނަށް ވަދެވޭނީ ފީއެއް ދައްކައިގެން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ޕާކް ކަމުގައިވާ ސަލްޓަން ޕާކްގެ ނަން " ރަސްރަނި ބަގީޗާ" އަށް ބަދަލުކޮށް ޕާކް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވީ ރަސްރަނި ބަގީޗަށް އަށް ދިވެހިނަށް ހިލޭ ވަދެވޭނެ ކަމަށާއި ނަމަވެސް ބިދޭސީންނަށް ވަދެވޭނީ ފީއެއް ދައްކައިގެން ކަމަށެވެ. ނަމަވެސް އެއީ ކިހާ ވަރެއްގެ ފީއެއް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.

މިނިސްޓަރު ވިދާޅުވީ ރަސްރަނި ބަގީޗާ އާންމުންނަށް ހުޅުވާލާނީ ހުކުރު ދުވަހު ހަވީރު ކަމަށެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ ބަގީޗާގައި ހަރުކޮށްފައި ހުރި ލައިޓް ފަދަ ތަކެތި ނަގައި އެހެން ކަންކަން ކުރުމަށް ދެ ތިން ދުވަސް ބޭނުން ވާނެ ކަމަށެވެ. އެހެން ކަމުން އާންމުންނަށް ރަސްރަނި ބަގީޗާ ހުޅުވާލާނީ ހުކުރު ދުވަހު ހަވީރު ކަމަށާއި އެ ދުވަހު ކުޑަކުދިންނަށް ހާއްސަ ކޮށްގެން ހަވީރެއް ބާއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވީ  ރަސްރަނި ބަގީޗާ ހުޅުވާފައި ހުންނަނީ ކޮންމެ ދުވަހަކު ވެސް ހެނދުނު 6:00 އިން ފެށިގެން ރޭގަނޑު 12:00 އަށް ކަމަށެވެ. ނަމަވެސް ހުކުރު ދުވަހު ހުޅުވާނީ 14:00 އިން ފެށިގެން ރޭގަނޑު 12:00 އަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް