ބިދޭސީއެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައެއްގައި ހައްޔަރުކުރި ދެމީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ގުލާބީ ގޯޅީގައި ދެ މީހަކު ވެގެން ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހުގެ ދަންވަރު 02:12 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.
މި މައްސަލާގައި ހައްޔަރުކުރީ އުމުރުން 36 އަހަރުގެ ފަވާޒު ކަޅުތުއްތު، ހ. ރެނދަން، މާލެ އަދި އުމުރުން 36 އަހަރުގެ ސޮފްވާން އަލީ، ލަކީހައުސް، ތ. ތިމަރަފުއްޓެވެ.
ފުލުހުން ބުނީ އެ ދެ މީހުން 33،500 ރުފިޔާ ފޭރިގަނެފައިވާ ކަމަށެވެ.
ހޮނިހިރު ދުވަހު އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ދޭތެރެދޭތެރެއިން މިފަދަ މައްސަލަތައް ފެންމަތިވަމުންދާއިރު، މާލެސިޓީގައި މީހުންނަށް ހަމަލާދީ، ބިރު ދައްކައިގެން ވެސް ފޭރުމުގެ އަމަލުތައް ހިންގާފައިވެއެވެ.