ކ. މާލެ
|
22 އޯގަސްޓް 2017 | އަންގާރަ 05:01
މެންބަރު ސައުދު ފުލުހުންގެ ބެލުމުގެ ދަށުގައި: ރަދުން ވިދާޅުވާ ގޮތަށް ހުރަގޭގައި މީހުން ބަންދުކޮށް، ރައްޔިތުންގެ މައްޗަށް އަނިޔާވެރިވެ، ރައްޔިތުން އަޅުވެތި ކުރުމަކީ 16 ވަނަ ޤަރުނުގެ އަމަލެއް
މެންބަރު ސައުދު ފުލުހުންގެ ބެލުމުގެ ދަށުގައި: ރަދުން ވިދާޅުވާ ގޮތަށް ހުރަގޭގައި މީހުން ބަންދުކޮށް، ރައްޔިތުންގެ މައްޗަށް އަނިޔާވެރިވެ، ރައްޔިތުން އަޅުވެތި ކުރުމަކީ 16 ވަނަ ޤަރުނުގެ އަމަލެއް
މުހައްމަދު ޝަރުހާން
މެންބަރު ސައުދު
ރަދުން ވިދާޅުވާ ގޮތަށް ކަންކުރީ 16 ވަނަ ޤަރުނުގައި: މެންބަރު ސައުދު
ރައްޔިތުންގެ މައްޗަށް އަނިޔާވެރިވެ، ރައްޔިތުން އަޅުވެތި ކުރުމަކީ 16 ވަނަ ޤަރުނުގެ އަމަލެއް
ފުލުހުންގެ ބަންދުން ސައުދު މިނިވަންވެފައިވަނީ އޮގަސްޓް 20 ވަނަ ދުވަހު
ކްރިމިނަލް ކޯޓުން ސައުދު މިނިވަންކޮށްފައިވަނީ ޝަރުތުތަކަކާއެކުގައި

ރަދުން ވިދާޅުވާ ގޮތަށް ކަންކުރުމަކީ 16 ވަނަ ޤަރުނުގެ އަމަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ޙުސައިން ވިދާޅުވެއްޖެއެވެ.

 

ހޯމަ ދުވަހުގެރޭ ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރަދުން ވިދާޅުވާ ގޮތަށް ހުރަގޭގައި މީހުން ބަންދުކޮށް، ރައްޔިތުންގެ މައްޗަށް އަނިޔާވެރިވެ، ރައްޔިތުން އަޅުވެތި ކުރުމަކީ 16 ވަނަ ޤަރުނުގެ އަމަލެއް ކަމަށެވެ.

 

ސައުދު މިފަދައިން ވިދާޅުވެފައިވާއިރު، ދާދިފަހުން ސައުދު ހައްޔަރުކޮށް، ގިނަ ދުވަސްތަކެއް ވަންދެން އޭނާ ވަނީ ފުލުހުންގެ ބަންދުގައި ބަހައްޓާފައެވެ. އެކި ފަހަރުމަތިން އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށްފަހު، އޯގަސްޓް 20 ވަނަ ދުވަހު ސައުދުގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ޝަރުތުތަކަކާއިއެކު ސައުދު ވަނީ ދޫކޮށްލާފައެވެ.

 

ސައުދުގެ މައްޗަށް ކޮށްފައިވާ ޝަރުތުތަކަކީ، ރޭގަނޑު 21:00 އިން ހެނދުނު 07:00 އަށް ދިރިއުޅޭ ގެއިން ބޭރަށް ނުގޮސް، ގޭގައި ހުރުމާއި، މައްސަލައިގައި ހެކިބަސްދޭން ހުރި މީހަކާއި ބައްދަލުކޮށް، ހެއްކަށް ނުފޫޒު ނުފޯރުވުމާއި ކޯޓުން އަންގާ ވަގުތެއްގައި ކޯޓަށް ހާޒިރުވުމެވެ.

 

މަޢުލޫމާތު ލިބިފައިވަ ގޮތުގައި މީގެ ތެރެއިން ފުރަތަމަ ޝަރުތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ރޭގަނޑު 21:00 އިން ހެނދުނު 07:00 އަށް ދިރިއުޅޭ ގެއިން ބޭރަށް ނުގޮސް، ގޭގައި ހުރުމުގެ ޝަރުތު މިހާތަނަށް އާންމުކޮށް ކޮށްފައިވަނީ ޚާއްސަކޮށް މާރާމާރީ އާއި ފޭރުމާއި ވައްކަން ފަދަ ކުށުގެ ރިކޯޑް އޮންނަ ބޮޑެތި ކުށްވެރިންނަށެވެ.

 

ސައުދުގެ ޓްވީޓްގައި ރައްޔިތުންގެ މައްޗަށް އަނިޔާވެރިވުމާއި، ރައްޔިތުން އަޅުވެތި ކުރުމުގެ ވާހަކަ ގެންނަވާފައިވާއިރު، މިހާރުގެ ސަރުކާރަށް ރައްޔިތުން ދަނީ މި ދެ ކުށުގެ ތުޙުމަތު ވަރަށް ބޮޑަށް ކުރަމުންނެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
22 އޯގަސްޓް 2017 | އަންގާރަ 09:43
ބީ،އެމް
ބަލަ ތިޔަސައުދު ނޫންތައް ބުނީ ކާޑުގެ ސަބްސިޓީ ސަރުކާރުން ކަޑާލީމާ ތިމަންނަށް ރައިސް ޔާމީނަށް ސެލިއުޓް އަރުވަމޭ.މިޔަދުކޮންބޭކާރު އަގަތަކެއް ތިޔަ ތަޅަނީ؟
22 އޯގަސްޓް 2017 | އަންގާރަ 08:53
ޙަސަން އަޙްމަދު
ސުރުޚީ އޮތް ގޮތުން ސައުދު ވިދާޅުވި އެތީގެ މުރާދު ގެއްލޭ އެބަ. އަސްލަކީ މި ޒަމާނުގައި ވެސް ކަންތައް ކުރާނީ ރައީސް ވިދާޅުވާ ގޮތަށް. ތަފާތަކީ މިހާރު ރައީސް ވިދާޅުވާން ޖެހޭނީ ގާނޫނު ގައި އޮތް ގޮތަށް . އެކަމަކު އެއިރު ރަދުންގެ ވިދާޅު ބަސްފުޅު އެއީ ގާނޫނު.