ކ. މާލެ
|
22 އޯގަސްޓް 2017 | އަންގާރަ 05:07
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު އަހުމަދު މަހުލޫފު
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު އަހުމަދު މަހުލޫފު
ޕީޕަލް މެގަޒިން
ފަލަސުރުހީ
ރައީސް ޔާމީން، މެމްބަރުންގެ ފަހަތުން ދުވަނީ ލިބުނު ޝޮކެއްގެ ބޮޑުކަމުން: މަހުލޫފު
މަޖިލީހުގެ މެޖޯރިޓީއެއް ރައީސް ޔާމީނަށް ދެނެއް ނުލިބޭނެ
މެންބަރުންގެ ގޮޑި ގެއްލުވައެއް ނުލެވޭނެ
ގުޅިފައިވާ ޕާޓީތަކުގެ މެންބަރުންނާ މެދު އަމަލު ކުރަނީ އިންސާފުން ބޭރުން

 ކުއްލިގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ގެއްލުމުން ލިބުނު ޝޮކެއްގެ ސަބަބުން ރައީސް އަބްދުﷲ ޔާމީން މެމްބަރުންގެ މައްޗަށް ހުކުމްތައްކުރުމަށް ދުވަމުންދާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

 

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މަހުލޫފު ވިދާޅުވީ، މެންބަރުންނަށް ގިނަ އަދަދެއްގެ ތުހުމަތުތަކެއް ކުރަމުންދަނީވެސް އެއްވެސް ވަރަކަށް އިންސާފުންނޫން ކަމަށެވެ. އެގޮތުން މިހާރު 12 މެންބަރަކަށް މަޖިލީހުގެ އިދާރާއަށް ވަތްކަމަށް ބުނެ ދައުވާކޮށްފައިވާ އިރު ޖުލައި 24 ވަނަ ދުވަހު 30 ވަރަކަށް މަޖިލީހުގެ މެންބަރުން މަޖިލީހުގެ އިދާރާއަށް ވަދެފައިވާ ކަމަށެވެ. މިކަމުންވެސް މިއީ އިންސާފުން ބޭރުން ކުރަމުންދާ ކަމެއް ކަން އެނގޭ ކަމަށާއި މިފަދަ އަމަލުތަކުން މަޖިލީހުގެ މެންބަރުން ފަހަތަށް ނުޖެއްސޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިފަދަ އަމަލުތައް ހިންގަނީ މަޖިލީހުގެ މެންބަރުންނަށް ބިރު ދެއްކުމަށް ކަމަށާއި ކިތަންމެ ފިއްތުންތަކެއް ކުރި ނަމަވެސް ރައީސް ޔާމީނަށް އެއްވެސް ތާއީދެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

 

މަހުލޫފު  ވިދާޅުވީ، މިއަދާ ހަމައަށް ވެސް މަޖިލީހުގެ މެންބަރެއްގެ ގެއްލިފައިވާކަމަށް އެއްވެސް ސަރުކާރުގެ އިދާރާއަކުން ރަސްމީކޮށް ހާމަކޮށްފައިވެސް ނުވާނެ ކަމަށެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ގަބޫލު ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

 

މަހުލޫފު ވަނީ މަޖިލީހުގެ މަސައްކަތްތައް ކުރެވޭނީ އަބްދުﷲ މަސީހުގެ އިތުބާރު ނެތް މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދިއުމަށް ފަހު ކަން ހާމަކޮށްފަ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް