ކ. މާލެ
|
21 އޯގަސްޓް 2017 | ހޯމަ 23:15
ރަސްރަނި ބަގީޗާ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ
ރަސްރަނި ބަގީޗާ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ
ރާއްޖެ އެމްވީ
ރަސްރަނި ބަގީޗާ
ރަސްރަނި ބަގީޗާއަކީ އެންމެ މުގައްދަސް އެއް ބިންކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
މިތަނަކީ އަޅާ ނުލެވި އޮތް ތަނެއް
މި ބަގީޗާއަކީ ކުޑަކުދިންނަށް ހިތްހަމަޖެހުމާއި ދުޅަހެޔޮ ސިއްޚަތަކަށް ފުރުސަތުތައް ހުޅުވާލެވިގެންދާނެ ތަނެއް
ހުރިހާ ކުދިންވެސް ބަސްއަހައިގެން ރަގަޅު ކުދިންތަކަކަށް ވުމުން ރައީސް އުފާ ކުރައްވާ

ރަސްރަނި ބަގީޗާއަކީ އެންމެ މުގައްދަސް އެއް ބިން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ބާގީޗާ ހުޅުއްވުމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރަސްރަނި ބާގީޗާއަކީ އެންމެ ވަރުގަދަ އެއް ބިނާ ކަމަށާއި 800 އަހަރު ކުރިން ވެރިކަން ކުރައްވަން އުޅުއްވި  ރަސްކަލުންނާއި ރަނި ކަނބަލުން އުޅުއްވި އެއް ސަރަހައްދު ކަމަށެވެ.

"މިތާނގައި ތިބި ކުދިންނަކަށް ޕްރެޒިޑެންޓުން ނޫން ބަޔަކު ނޭނގޭނެ. އެހެންނަމަވެސް އިނގިރޭސި ވިލާތުގައި ކުއިން އެލިޒަބަތު ހުންނަ ގޮތަށް ދިވެހިރާއްޖޭގައި ވެސް ކިންގުނާއި ކުއީނުން ތިބި. އެ ރަސްކަން ނިމިގެން ގޮސް މިތަނަކީ އަޅާ ނުލެވި އޮތް ތަނެއް" ރައީސް ޔާމީން ވިދާޅުވިއެވެ.

ރަސްރަނި ބަގީޗާއަކީ ކުޑަކުދިންނަށް އުފާ ހާސިލް ކުރަން އޮތް ތަނަކަށް ހެއްދެވުމަށްޓަކައި ސަރުކާރުން ނިންމެވި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި މި ބަގީޗާއަކީ ކުޑަކުދިންނަށް ހިތްހަމަޖެހުމާއި ދުޅަހެޔޮ ސިއްޚަތަކަށް ފުރުސަތުތައް ހުޅުވާލެވިގެންދާނެ ތަނަކަށް ވެގެންދާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ރަސްރަނި ބާގިޗާ އަކި ހަފްލާތައް ބޭއްވުމަށް ހުޅުވާލެވިގެންދާނެ ތަނަކަށް ވެގެންދާނެ ކަމަށާއި ރަސްރަނި ބަގީޗާއިން ފީ ނެގުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި ބިދޭސީ މީހުންގެ އަތުން އެކަނި ކަމަށެވެ.

ރަސްމިއްޔާތު  ނިންމަވާލަމުން ރައީސް ޔާމީން ވިދާޅުވީ ހުރިހާ ކުދިން ވެސް ބަސްއަހައިގެން ރަގަޅު ކުދިން ތަކަކަށް ވުމުން ރައީސް އުފާ ކުރައްވާ  ކަމަށެވެ.    

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
22 އޯގަސްޓް 2017 | އަންގާރަ 09:54
ރައްޔިތު މީހާ
އަމައްޔާއި،،ދެން ގަޓުހުރި އެކަކުވެސް ނުފެނޭ...މީ ދެން ބައްޔެއް..އުޅޭ ވައްތަރެއް..މި މީހުންގެ ވާރުތަމުދާ ގަނޑެއްތަ ދެން މީ؟...،