ކ. މާލެ
|
21 އޯގަސްޓް 2017 | ހޯމަ 22:21
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް
މާދަމާ ބާއްވަނީ ޤައިރު ޤާނޫނީ ޖަލްސާއެއް، ފުރުސަތެއް ނުދޭނަން، ހުއްޓުވާނަން: މަހުލޫފު
މާދަމާގެ ޖަލްސާގައި އެންމެ ފުރަތަމަވެސް އޮންނަންޖެހޭނީ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު
އެކަން ތާވަލުނުކޮށް ބާއްވާ ޖަލްސާއަކީ، ސައްހަ ނޫން ޤައިރު ޤާނޫނީ ޖަލްސާއެއް
ކިތަންމެ އަނިޔާއެއް ކުރިނަމަވެސް، ހުއްޓުވަން ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނަން

މާދަމާ ބާއްވަނީ ޤައިރު ޤާނޫނީ ޖަލްސާއެއް، ފުރުސަތެއް ނުދާނަން، ހުއްޓުވާނަން: މަހުލޫފު

 

މާދަމާ ބާއްވާ ޖަލްސާއަކީ، ޤައިރު ޤާނޫނީ ޖަލްސާއެއް ކަމަށާއި، މާދަމާ ބާއްވާ ޖަލްސާއަށް ފުރުސަތު ނުދެއްވާނެކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފި އެވެ.

 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ތަރުޖަމާނު، އަހުމަދު މަހުލޫފު ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވިދާޅުވީ، މާދަމާގެ ޖަލްސާގައި އެންމެ ފުރަތަމަވެސް އޮންނަންޖެހޭނީ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓުކަމަށެވެ. އެކަން ތާވަލުނުކޮށް ބާއްވާ ޖަލްސާއަކީ، ސައްހަ ނޫން ޤައިރު ޤާނޫނީ ޖަލްސާއަކަށްވާނެކަމަށް މަހުލޫފު ވިދާޅުވި އެވެ. އެހެންކަމުން އެ ޖަލްސާއަށް ފުރުސަތު ނުދެއްވާނެކަމަށް މަހުލޫފު ވިދާޅުވި އެވެ.

 

"މާދަމާވެސް އަޅުގަނޑުމެން ޖަލްސަ ކުރިއަށްގެންދިއުމަށް ފުރުސަތުދޭކަށް ނޫން މި ތިބީ. އަޅުގަނޑުމެންގެ ޕާލިމެންޓްރީ ގުރޫޕުން ގަބޫލުކުރާގޮތުގައި މާދަމާވެސް އެންމެ ފުރަތަމަ އޮންނަންޖެހޭނީ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ. ފާރިސް މައުމޫނު މަޖިލީހުގެ ޖަލްސާއަށް ހާޒިރުކޮށްދޭންޖެހޭނެ. އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާކަމަށް ބުނާ ރައްޔިތުންގެ މަޖިލީހުގެ ހަ މެމްބަރުންނަށް ޖަލްސާއަށްދެވެންޖެހޭނެ. އޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ކުރިއަށްދާނެ. އަޅުގަނޑު މިރޭވެސް ދިވެހި ރައްޔިތުންނަށް ދަންނަވާލަން ބޭނުން، މާދަމާ އެ ކުރިއަސްގެންދަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނޫން. އެއީ ޤައިރު ޤާނޫނީ ޖަލްސާއެއް." މަހުލޫފު ވިދާޅުވި އެވެ.

 

 

މަހުލޫފު ވިދާޅުވީ، މާދަމާއަކީ އަނެއްކާވެސް އެ ބޭފުޅުން ކުރަން ބޭނުން ނުވާ ކަންތައްތަކެއް ކުރަންޖެހޭ ދުވަހެއް ކަމަށެވެ. އެގޮތުން މާދަމާވެސް ރިޔާސަތުގެ ކައިރީގައި އުޅެންޖެހޭނެކަމަށާއި، ޖަލްސާއަށް ހުރަސްއެޅުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެކަމަށް މަހުލޫފު ވިދާޅުވި އެވެ.

 

މަހުލޫފު ވިދާޅުވި ގޮތުގައި އެ ބޭފުޅުން އެގޮތަށް ކަންތައްތައް ކުރަނީ ކުރާ ހިތަކުން ނޫން ކަމަށެވެ. އަދި އެ ބޭފުޅުންވެސް ބޭނުންވަނީ ގޮނޑީގައި އިށީންދެގެން އިނދެ ޖަލްސާތައް ކުރިއަށްގެންދިއުމަށްކަމަށް މަހުލޫފު ވިދާޅުވި އެވެ.

 

"މާދަމާވެސް ޖަލްސާ ހިތުހުރިގޮތަކަށް ބާއްވަން ފުރުސަތު ދިނުމަކީ، ހިތުރު ހުރިގޮތަކަށް މި ރާއްޖޭގެ ކޮންމެ ކަމެއްވެސް ކުރަންވީކަން. އެކަމަށް ނިމުމެއް ގެންނަން މިވާ ގުރުބާނީއެއް އަޅުގަނޑުމެން މި ވަނީ." މަހުލޫފު ވިދާޅުވި އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް