ލ އަތޮޅު ލިންކުރޯޑުގައި މިއަދު އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެއެވެ.
ރާއްޖެ އެމްވީއަށް ފުލުހުން ވަނީ އެކަން ކަށަވަރުކޮށް ދެއްވާފައެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އެއެކްސިޑެންޓް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 4:40 ހާއިރު ކަމަށާއި އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި މީހަކަށް އަނިޔާވިކަމުގެ މައުލޫމާތައް ވުރެ އިތުރު އެއްޗެއް ދެންނެވެން ނެތްކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ރާއްޖެ އެމްވީއަށް ލިބިފައިވާ ފޮޓޯތަކަކުން ފެންނަ ގޮތުގައި އެކްސިޑެންޓް ވެފައިވާ ކަމަށް ބެލެވެނީ ދެސައިކަލެއް ޖެހިގެންނެވެ.