ކ. މާލެ
|
21 އޯގަސްޓް 2017 | ހޯމަ 18:51
އުދައެރުމުގެ ސަބަބުން ފެންބޮޑުވެފައި
އުދައެރުމުގެ ސަބަބުން ފެންބޮޑުވެފައި
ރާއްޖެ އެމްވީ
އުދައެރުން
ގިނަ ރަށްތަކަށް އުދައަރަން ފަށައިފި
މިއަދު ހިފި އިރުކޭތަ އާއި ގުޅިގެން ދިޔަވަރަށް ބަދަލުއަންނާނެ
ގިނަ ރަށްރަށުގެ ބޮޑު ބަޔަކަށް އުދަ އަރާފައިވޭ
ބައެއް ރަށްރަށުގައި އެއްހާސް ފޫޓް އެއްގަމަށް އުދައެރި

ލ. އަތޮޅުގެ ބައެއް ރަށްރަށަށް އުދައަރައި އެކިވަރުގެ ގެއްލުންތައް ވެއްޖެއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ލ. އަތޮޅު މާބައިދޫ ކައުންސިލްގެ ރައީސް ޢަލީ ފައިސަލް ވިދާޅުވީ އެރަށުގެ އިރުމަތީ ފަރާތުން ގާތްގަނޑަކަށް 1000 ފޫޓަށް ރަށުގެ އުދައެރުމުގެ ސަބަބުން ލޮނު އަރާފައިވާ ކަމަށެވެ. އަދި ބައެއް ހިސާބު ތަކުގައި 2 ފޫޓް އުސްކޮށް ލޮނުގަނޑު  އުފެދިފައިވާ  ކަމަށެވެ.

ފައިސަލް ވިދާޅުވީ  ކައުންސިލާއި ރަށުގެ މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން ވެލިބަސްތާ ޖަހާފައިވާ ކަމަށެވެ. އަދި ގެއްލުން ލިބިދާނެތީ ކައުންސިލް އިދާރާ ފިޔަވާ  ރަށުގެ ހުރިހާ ހިސާބަކުން އެވަގުތު ކަރަންޓް ކަނޑާލަން ޖެހުނު ކަމަށެވެ.

ނަރުދަމާ  އަޅާފައި ނުވާ އެރަށުގައި ލޮނގޮނޑު  ބޮޑުވުމުގެ ސަބަބުން ޖަންކްޝަންތައް ފުރި ނަޖިހާ ލޮނު ތަޣައްޔަރުވެފައިވާ ކަމަށާއި ލޮނު އެރި ސަރަހައްދުތަކުގައި ހުރި ގިނ އަދަދެއްގެ ގަސްތައް މަރުވެގެންދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ  އެމްއެންޑީއެފްގެ ފަރާތުން މިހާރު ޕަންޕު ޖަހައިގެން ލޮނުގަނޑު ހިއްކުމުގެ މަސައްކަތް  ދަނީ ކުރަމުން ކަމަށާއި ގޭގެއަށާއި ހިފާގެންގުޅޭ ތަކެއްޗަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވާ  ކަމަށެވެ.

ލ ފޮނަދޫއަށް ވެސް ވަނީ މިއަދު އުދަ އަރާފައެވެ. އެރަށު ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒް  ވިދާޅުވީ ރަށުގެ އިރުމަތީ ފަރާތުން މިއަދު 1 އާއި 2:30 އާ ދެމެދު އުދައަރާފައިވާ ކަމަށާއި ރަށުގެ މަގުތަކުން ގާތްގަނޑަކަށް 500 ފޫޓް  އެއްގަމަށް ލޮނުގަނޑު އަރާފައިވާ  ކަމަށެވެ.

ރިޔާޒް  ވިދާޅުވީ އެއް ގެއަކަށް ލޮނުގެ އަސަރު ކުރި ނަމަވެސް ގޭގެއަށް މާބޮޑަށް ލޮނުގެ އަސަރު ކޮށްފައި ނުވާ ކަމަށެވެ.

ލ އަތޮޅުގެ ބައެއް ރަށްރަށުގެ އިތުރުން މާލެއަތޮޅު ގުޅިއަށް ވެސް ވަނީ އުދައަރާ ރަށުގެ ތެރެއިން 300 ފޫޓާ ހަމައަށް ލޮނުގަނޑު ފެތުރިގެން ގޮސްފައެވެ. މީގެ އިތުރުން ވެސް އެކި ރަށްރަށަށް އުދައަރާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

މެޓް އޮފީހުން ބުނީ، މިދުވަސްވަރު ރާއްޖޭގެ ދެކުނާއި މެދު ތެރޭގެ އަތޮޅުތަކަށް އުދައެރުން އެކަށީގެންވާ ކަމަށާއި ކުރިއަށްއޮތް ދެތިން ދުވަހު،ވެސް އުދައެރުން އެކަށީގެންވާ ކަމަށެވެ.

މީގެ އިތުރުން އިރު ކޭތައެއް މިއަދު ހިފައިފައިވާތީ އެކަމުގެ ސަބަބުން ވެސް ދިވަޔަރަށް އަންނަ ބަދަލުގެ ސަަބަބުން އުނދައެރުމަށް މަގުފަހިވާނެ ކަަމަށް މެޓް އޮފީހުން ބުނެ އެވެ. އެހެންކަމުން މިކަމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އިރުކޭތަ ރާއްޖޭގެ ސަރަަހައްދަށް ނުފެންނަ އިރު އެ ކޭތަ ފެންނަނީ ނޮދާން އެމެރިކާއަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް