ކ. މާލެ
|
21 އޯގަސްޓް 2017 | ހޯމަ 14:33
ގޮނޑިގެއްލުނު މައްސަލަ ހުށަހެޅުއްވި އެއް މެމްބަރު ސައުދު، ސްޕްރީމް ކޯޓުގެ އަޑުއެހުމަކަށް ކޯޓަަށް ހާޒިރު ކުރަނީ
ގޮނޑިގެއްލުނު މައްސަލަ ހުށަހެޅުއްވި އެއް މެމްބަރު ސައުދު، ސްޕްރީމް ކޯޓުގެ އަޑުއެހުމަކަށް ކޯޓަަށް ހާޒިރު ކުރަނީ
މުހައްމަދު ޝަރުހާން
މެމްބަރުންގެ ގޮނޑި ގެއްލުން
މެމްބަރުންގެ މައްސަލަ ލަސްވާތީ ސްޕްރީމް ކޯޓާ މެދު ރައްޔިތުންގެ ހިތްހަމަ ނުޖެހުން ބޮޑުވަނީ!
ސްޕްރީމް ކޯޓު ހައިޖެކް ކުރައްވައިގެން އުޅުއްވަނީ އުއްތަމަ ފަނޑިޔާރު: ހަސަން ލަތީފް
އުއްތަމަ ފަނޑިޔާރަށް އިންސާފު ހޯއްދަވައެއް ނުދެއްވޭނެ: ދިޔާނާ
މައްސަލަ ދިގުލައިގެން ދިއުން ބައެއް ފަރާތްތަކުން ދެކެނީ ބޮޑު އަނިޔާއެއްގެ ގޮތުގައި

މެމްބަރުންގެ ގޮނޑި ގެއްލުވާލި މައްސަލައިގައި ގޮތެއް ކަނޑައެޅުމަށް ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލަތައް އާދަޔާ ޚިލާފަށް ދިގުލައިގެން ދާ މައްސަލައިގައި ގިނަ ބަޔަކު ހިތްހަމަ ނުޖެހިފައިވާ ދަނޑިވަޅެއްގައި، އެ މައްސަލަތައް ސްޕްރީމް ކޯޓުގައި ހައިޖެކް ކުރައްވައިގެން އުޅުއްވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ކަމަށް ވިދާޅުވެ، އެމް.ޑީ.ޕީ ގެ ޗެއަރޕާސަން ހަސަން ލަތީފް އުއްތަމަ ފަނޑިޔާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް ހޯމަ ދުވަހު މެންދުރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އުއްތަމަ ފަނޑިޔާރު މި މައްސަލަ ތާވަލް ނުކުރައްވާ ހުންނަވައިގެން ނުވާނެ ކަމަށެވެ.

"ސްޕްރީމް ކޯޓުގައި އޮތް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ މައްސަލަ އުއްތަމަ ފަނޑިޔާރު ތާވަލް ނުކޮށް ސްޕްރީމް ކޯޓު ހައިޖެކް ކޮށްގެން ހުންނަވައިގެން ނުވާނެ" ހަސަން ލަތީފް ވިދާޅުވިއެވެ.

އެމްޑީޕީ ސަރުކާރުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ ކަން ވެސް ކުރައްވާފައިވާ، ހަސަން ލަތީފްގެ ބަހުގެ ހޫނު ހަމަލާއެއް އުއްތަމަ ފަނޑިޔާރަށް އަމާޒު ކުރައްވާފައިވާ އިރު، ކުރިން ބަންޑާރަ ނައިބުކަން ކުރައްވާފައިވާ، ދިޔާނާ ސައީދުވެސް ވަނީ ހަމަ މި މޭރުމުން ވާހަކަ ފުޅު ދައްކަވާފައެވެ.

ދިޔާނާގެ ވިދާޅުވީ، ފަނޑިޔާރު އަބްދުﷲ ސައީދަށް އިންސާފް ހޯއްދަވައި ނުދެއްވޭނެ ކަމަށެވެ.

މެމްބަރުންގެ ގޮނޑި ގެއްލުވާލި މައްސަލައިގައި ގޮތެއް ނިންމުން އިންތިހާ އަށް ދިގުލައިގެން ގޮސްފައިވާކަން އެތައް ބަޔަކު ހިތްހަމަ ނުޖެހުމާއެކު އަންނަނީ ފާހަގަ  ކުރަމުންނެވެ. ފާޑު ކިޔާ މީހުން ބުނާ ގޮތުގައި ރާއްޖޭގެ ސްޕްރީމް ކޯޓަކީ ސަރުކާރަށް ފައިދާވާ ގޮތައް ހުށަހަޅާ ކޮންމެ މައްސަލައެއް ރޭގަނޑެއް ދުވާލެއް ބެލުމެއް ނެތި ހަލުވި ސްޕީޑްގައި މައްސަލަ ބަލާ ނިންމާލާ ތަނެކެވެ.

މި މައްސަލައިގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަހްމަދު މަހްލޫފްވެސް ވިދާޅުވެފައިވަނީ، އުއްތަމަ ފަނޑިޔާރު ސްޕްރީމް ކޯޓް ހައިޖެކް ކުރައްވައިގެން އުޅުއްވާ ކަމަށެވެ. އަދި އެގޮތައް ހައިޖެކްކުރައްވައިގެން ތިއްބެވުމަކީ މޮޔަ ކަމެއް ކަމަށްވެސް މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.

 

ބައެއް ފަރާތްތަކުން ފާހަގަ ކުރާ ގޮތުގައި ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މި މައްސަލަ އަށް ގޮތެއް ނުނިންމާ ލަސްވާ ކޮންމެ ދުވަހަކީ ރައްޔިތުންނަށް ދެވޭ ބޮޑު އަނިޔާ އެކެވެ.

އާއްމުންގެ ހިތްހަމަ ނުޖެހުން މި ކަމާ ގުޅިގެން ސްޕްރީމް ކޯޓަށް ވަރަށް ބޮޑަށް އަމާޒު ވެފައިވާއިރު، ސޯޝަލް މީޑިއާގައި، ހާމަ ކޮށްފައިވާ މައުލޫމާތައް ބަލާއިރު، މިކަމުގައި ރައީސް ޔާމީން އެދިވަޑައިގަންނަވާ ފަދަ ހުކުމެއް ނޫނީ އުއްތަމަ ފަނޑިޔާރު ނުނެރުއްވަން އުޅުއްވާ ކަމުގެ ތުހުމަތުވެސް އެމަނިކުފާނަށް ވަނީ ކުރެވިފައެވެ.

އަނެއް ބަޔަކު ބުނަނީ ވަރަށް ސާފު މައްސަލައެއްގައި ސްޕްރީމް ކޯޓުން މިހާ ދުވަހު ލަސްކުރަންޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ. އެހެން ކަމުން އިންސާފު ކޮބާތޯ އާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ އެކަމަށް ކުފޫ ހަމަވާ ބައެއްތޯވެސް ބުނެ ބައެއް ފަރާތްތަކުންވަނީ ސުވާލު އުފައްދާފައެވެ.

ސްޕްރީމް ކޯޓުން މި މައްސަލައިގައި ހުކުމް އިއްވުން ލަސްކުރަމުންދާ މައްސަލައިގައި ގިނަ ބަޔަކު ފާޑު ކިޔަމުންދާ އިރު ގުޅިފައިވާ ޕާޓީތަކުގެ ވަފްދަކުން އުއްތަމަ ފަނޑިޔާރާ ބައްދަލު ކުރުމަށް މަސައްކަތް ކުރަމުންދާތާ ވެސް ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. ހޯމަ ދުވަހު ޔުމްނާ މައުމޫނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދުވެސް ގުޅިފައިވާ ޕާޓީތަކުގެ ބޭފުޅުންނާއެކު ސްޕްރީމް ކޯޓުގެ ރެސެޕްޝަނުގައި އުއްތަމަ ފަނޑިޔާރާ ބައްދަލުވޭތޯ އެބޭފުޅުން ވަޑައިގެން ތިއްބެވި ކަމަށެވެ. އުއްތަމަ ފަނޑިޔާ ބައްދަލު ކުރުމަށް އެދުނީ ޖުލައި 30 ގައި ކަމަށްވެސް ޔުމްނާ ވިދާޅުވިއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް
21 އޯގަސްޓް 2017 | ހޯމަ 14:09
ހަސަނު
ރައްޔިތުންގެބައެއް ހިންހަމަނުޖެހެޔޭބުނަ އަހަރުމެންނަންއެޔޮ ދުވަހަކުވެސް ތިޔަހައިވާނުންތެއްޖަލްސާނުބޭންވިޔަސް އަހަރުމެންކަންބޮޑުވަނީ ތިޔަބައިގަޑައްބޮޑުމުސާރަދޭތި