ކ. މާލެ
|
21 އޯގަސްޓް 2017 | ހޯމަ 14:36
ބޭހެއްގެ ބޭނުންކުރުމުގެ ސަބަބު ހާލު ދެރަވި ކުއްޖާ
ބޭހެއްގެ ބޭނުންކުރުމުގެ ސަބަބު ހާލު ދެރަވި ކުއްޖާ
ފޭސްބުކް
ބޭސް ނުގުޅުން
ބޭނުންކުރި ބޭހެއްގެ ސަބަބުން 7 އަހަރުގެ ކުއްޖެއްގެ ހަށިގަނޑުގައި ހުސް ފޮޅު!
ބޭހެއް ބޭނުން ކުރުމުގެ ސަބަބުން ހާލު ދެރަވެފައިވަނީ 7 އަހަރުގެ ކުއްޖެއް
އައިޖީއެމްއެޗަށް އެންމެ ފުރަތަމަ ދެއްކީ ހުން އައިސްގެން
އެކުއްޖާއަށް ފަރުވާ ދެމުންދަނީ ލަންކާގެ ނަވަލޯކާ ހޮސްޕިޓަލްގައި

ހުން އައިސްގެން ޑޮކްޓަރަށް ދެއްކުމުން ދިން ބޭހެއްގެ ސަބަބުން ކުޑަކުއްޖެއްގެ މުޅި ހަށިގަނޑުގައި ފޮޅު ނަގައި އެ ކުއްޖާ އަށް ރާއްޖެއިން ބޭރުގައި ފަރުވާ ދޭން ޖެހިއްޖެއެވެ. 

އުމުރުން 7 އަހަރުގެ މި ކުއްޖާގެ އާއިލާގެ މީހަކު ރާއްޖެއެމްވީއަށް ކިޔައިދިން ގޮތުންގައި އެކުއްޖާ ހުން އައިސްގެން އޮގަސްޓް 14 ވަނަ ދުވަހު ޑޮކްޓަރަށް ދެއްކުމުން "ޕެރަމޯލް" ނަމަކަށް ކިޔާ ބޭހެއް ދިން ކަމަށެވެ. ބޭސް ބޭނުން ކުރުމުން އަނގައިގަ ފޮޅު ނަގާފައި ހުރުމުގެ ސަބަބުން އައިޖީއެމްއެޗްއެޗަށް ގޮސް އަލުން ދެއްކި ކަމަށް އޭނާގެ އާއިލާއިން ބުނެ އެވެ. އެެހެން ނަމަވެސް އެއީ މާބޮޑު މައްސަލައެއް ނޫން ކަމަށް އައިޖީއެމްއެޗުން ބުނި ކަމަށާއި އަދި ކުރިން ބޭނުން ކުރި ބޭސް ކުރިއަށް ގެންދިއުމަށް ޑޮކްޓަރު ބުނި ކަމަށެވެ. ޑޮކްޓަރުގެ ލަފާގެ މަތިން އެ ބޭސް އޭގެ ފަހުން ވެސް ދެ ފަހަރު ދިން ކަމަށް އާއިލާ އިން ބުނެއެވެ. އޭރު އެއީ ބޭހުގެ ސަބަބުން ވާ ކަމެއްކަން ނޭނގޭ ކަމަށް އާއިލާ އިން ބުންޏެވެ. 

ބޭސް ބޭނުންކުރުމުން ލުޔެއް ލިބުމުގެ ބަދަލުގައި އެކުއްޖާގެ މުޅި ހަށިގަނޑުގައި ފޮޅުތައް ނަގައި ހާލު ދެރަވުމުން އެޑްމިޓްކޮށް ފަރުވާންދޭން ފެށި އެވެ. ހަތަރު ދުވަސްތެރޭގައި ރަގަޅު ވާނެ ކަމަށް އައިޖީއެމްއެޗުން ބުނި ކަމަށާއި ފަހުން 7 ދުވަސް ތެރޭގައި ރަގަޅުވާނެ ކަމަށް ބުނި ކަމަށް އާއިލާ އިން ބުންޏެވެ. އެހެން ނަމަވެސް ކުއްޖާގެ ހާލު ރަގަޅު ވާކަމަށް އާއިލާއަށް ގަބޫލު ނުކުރެވުމުން ބޭރަށް ގެންގޮސް ފަރުވާދޭން ނިންމީ ކަމަށް އެ ކުއްޖާގެ އާއިލާއިން ބުނެ އެވެ.

" ޕެރަމޯލް" ބޭނުންކުރުމުން ހާލު ބޮޑުވި ކުއްޖާއަށް މިހާރު ފަރުވާ ދެމުންދަނީ ސްރީލަންކާގެ ނަވަލޯކާ ހޮސްޕިޓަލުގައި އެވެ. އެކުއްޖާއަށް ތިން ފަރުވާއެއް ދޭންޖެހޭ އިރު ކޮންމެ ފަރުވާއަކަށް 1,700 ޑޮލަރު ދައްކަން ޖެހެ އެވެ. އެގޮތުން ގާތްގަނޑަކަށް 5,100 ޑޮލަރު ނުވަތަ 78,000ރ. ފަރުވާއަށް ހޭދަވާ ކަމަށް އެކުއްޖާގެ އާއިލާއިން ބުނެ އެވެ. އަދި އެއީ ރާއްޖެ އިން ލިބޭ ފަރުވާއަކަށް ވާތީ އާސަންދަ ވެސް ނުލިބޭ ކަމަށާއި އެހާ ބޮޑު ހޭދައެއް ކުރަންޖެހުމުން ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އާއިލާ އިން ބުނެއެވެ. 

މިހާދިސާއާ ގުޅިގެން ސޯޝަލް މީޑިޔާގައި ފެތުރުނު ވާހަކަތަކާ ގުޅިގެން އައިޖީއެމްއެޗުން ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ. އެގޮތުން އެކުއްޖާ އެޑްމިޓްކޮށްފައި ވަނީ 15 އޮގަސްޓްވީ އަންގާރަ ދުވަހު ކަމަށާއި އެކުއްޖާ އެޑްމިޓްކުރީ ވެސް އެއްޗެހިތަކެއް ގައިގާ ނަގައިގެން ކަމަށް އެ ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. އަދި އެކުއްޖާ ވަނީ ސްޓީވަންސް ޖޯންސަންސް ސިންޑްރޯމް ( އެސްޖޭއެސް) އަށް ޕޮސިޓިވްވެ ޑައިގްނޯސް ކުރެވުނު ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެ އެވެ.

އެސްޖޭއެސްއަކީ ބައެއް ކަހަލަ ބޭސް ބޭނުން ކުރުމުގެ ސަބަބުން ވަރަށް މަދުން ނަމަވެސް އެ ބޭހެއް ބޭނުންކުރާ މީހުންނަށް އަންނަ އެލަރޖިކް ރިއެކްޝަނެއް ކަމަށާއި މިއީ ވަކި ބޭހެއް ބޭނުން ކުރުމުން ވާ ގޮތެއް ނޫން ކަމަށް ވެސް އެ ހޮސްޕިލުން ބުނެ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް