ކ. މާލެ
|
21 އޯގަސްޓް 2017 | ހޯމަ 11:33
މީޑިއާނެޓްގެ ހެޑް އޮފީސް ހިންގާ އިމާރާތް
މީޑިއާނެޓްގެ ހެޑް އޮފީސް ހިންގާ އިމާރާތް
ޓްވިޓަރ
ސްޓީލިންގ ޕެރެޑައިސް
ސްޓީލިންގ ޕެރެޑައިސް ދައްކައިގެން ޖޫރިމަނާ ކުރި މައްސަލައިގައި ބްރޯޑްކޮމްއާ ދެކޮޅަށް ދައުވާ ކޮށްފި
ރީބްރޯޑްކާސްޓް ކުރި މައްސަލައިގައި ފަސްލައްކަ ރުފިޔާގެ ޖޫރިމަނާއެއް
ގައުމީ ސަލާމަތަށް ނުރައްކާވާ ކޮންޓެންޓެއް ކަމަށް
ކޮރަޕްޝަނާއި، ޚިޔާނާތާއި، ޖަރީމާތަކުގެ ޑޮކިއުމެންޓްރީއެއް

ދިވެހި ސަރުކާރުގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާ ގުޅޭގޮތުން އަލްޖަޒީރާ އިން ތައްޔާރުކުރި "ސްޓީލިންގ ޕެރެޑައިސް" ޑޮކިއުމެންޓްރީ ރީބްރޯޑްކާސްޓް ކުރުމުން ޖޫރިމަނާ ކުރި މައްސަލައިގައި ބްރޯޑްކާސްޓިންގ ކޮމިޝަނާ ދެކޮޅަށް މީޑިއާނެޓުން ދައުވާ ކޮށްފި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރުގަި އަލްޖަޒީރާއިން ދެއްކި ސްޓީލިން ޕެރެޑައިސް ޑޮކިއުމެންޓްރީ ރީބްރޯޑްކާސްޓް ކުރުމުން، ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކޮންޓެންޓެއް ރީބްރޯޑްކާސްޓް ކުރި ކަމަށް ބުނެ ފަސްލައްކަ ރުފިޔާއިން މީޑިއާނެޓް ޖޫރިމަނާ ކުރީ ޖޫން މަހުގެ 13 ވަނަ ދުވަހު އެވެ.

މީޑިއާނެޓުން ވަނީ ޖޫރިމަނާކުރި މައްސަލައިގައި ބްރޯޑްކާސްޓިންގ ކޮމިޝަނާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ އުފުލާފަ އެވެ. ހޯމަ ދުވަހުގެ މެންދުރު 1:30 އަށް އެ މައްސަލަ ސިވިލް ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ. އެ މައްސަލަ މިހާރު އޮތީ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގަ އެވެ. މައްސަލައިގެ ޝަރީއަތް ފަށާނީ އެ މަރުހަލާއިން ހައްލެއް ނުލިބިއްޖެނަމަ އެވެ.

ދިވެހިސަރުކާރުން ހިންގާފައިވާ ވައްކަމާއި، ޚިޔާނާތާއި، ޖަރީމާތަކެއްގެ މައްޗަށް ގަތަރުގެ އަލްޖަޒީރާ އިން ތައްޔާރުކުރި އިންވެސްޓިގޭޓިވް ޑޮކިއުމެންޓްރީ "ސްޓީލިން ޕެރެޑައިސް"އަށް ބައިނަލް އަގުވާމީ އެވޯޑެއް ވެސް ވަނީ ލިބިފައެވެ. އަލްޖަޒީރާގެ ސްޓީލިންގ ޕެރަޑައިސް އަށް ލިބުނީ ކޮރަޕްޝަން ރިޕޯޓިން އެވޯޑް އެވެ.ސްޓީލިން ޕެރަޑައިސްއަށް ލިބުނު ކޮރަޕްޝަން ރިޕޯޓިން އެވޯޑު ސްޕޮންސަކޮށްފައިވަނީ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިންނެވެ. 

އަލްޖަޒީރާ އިން ދެއްކި ޑޮކިއުމެންޓްރީއެއް ރީބްރޯޑްކާސްޓްކުރި މައްސަލައިގަ މީޑިއާނެޓް ޖޫރިމަނާ ކޮށްފައިވާ އިރު އެމްޑީޕީގެ ހަރުގޭގައި ދެއްކި ވާހަކަތަކަކާ ގުޅިގެންނާއި ރާއްޖެ ޓީވީން ދެއްކި ޚަބަރަކާ ގުޅިގެން ރާއްޖެ ޓީވީ ޖުމްލަ 1.2 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފައިވާ އިރު އެ ކޮންޓެންޓްތައް ރީބްރޯޑްކާސްޓްކޮށްގެން މީޑިއާނެޓް ޖޫރިމަނާކޮށްފައެއް ނުވެއެވެ.  

ރާއްޖެޓީވީ ޖޫރިމަނާ ކުރި މައްސަލަ ވެސް ވަނީ ކޯޓަށް ހުށަހަޅާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް