ކ. މާލެ
|
21 އޯގަސްޓް 2017 | ހޯމަ 07:19
އާ ޔިނިފޯމް އިފްތިތާހުކުރީ އާދިއްތަ ދުވަހުގެރޭ ބޭއްވުނު ކަސްޓަމްސްގެ 127 ވަނަ އަހަރީ ހަފްލާގައި
އާ ޔިނިފޯމް އިފްތިތާހުކުރީ އާދިއްތަ ދުވަހުގެރޭ ބޭއްވުނު ކަސްޓަމްސްގެ 127 ވަނަ އަހަރީ ހަފްލާގައި
ޓްވިޓަރ
ކަސްޓަމްސް އަހަރީ ދުވަސް
ކަސްޓަމްސްގެ އާ ޔުނިފޯމް އިފްތިތާހުކޮށްފި
ކަސްޓަމްސް އާ ޔުނީފޯމް އިފްތިތާހު ކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޒްލީން އަޙްމަދު
ރަސްމީ ކުލައެއްގެ ގޮތުގައި އަދިވެސް ބޭނުންކުރާނީ ހުދުކުލަ

މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ ޔުނީފޯމަށް ބަދަލުތަކެއް ގެނެސް އާ ޔުނިފޯމް އިފްތިތާހު ކޮށްފިއެވެ.

 

ޒަމާނީ ބަދަލު ތަކެއް ގެނެސްފައިވާ ކަސްޓަމްސްގެ އާ ޔުނިފޯމް އިފްތިތާޙުކޮށްދެއްވީ ކަސްޓަމްސްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އާދިއްތަދުވަހު ބޭއްވި ރަސްމީ ޖަލްސާގައެވެ.

 

ރޭ ބޭއްވި ކަސްޓަމްސްގެ 127 ވަނަ އަހަރީ ޖަލްސާގައި ކަސްޓަމްސް އާ ޔުނީފޯމް އިފްތިތާހު ކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޒްލީން އަޙްމަދެވެ.

 

ކުރިންވެސް ބޭނުން ކުރަމުން ގެންދިޔަ ހުދު ކުލަ ރަސްމީ ކުލައެއްގެ ގޮތުގައި ބޭނުން ކުރި ނަމަވެސް ޓައިއަށް ބަދަލު ތަކެއް ޔުނީފޯމްގެ ގެނެސްފައި ވެއެވެ. އަދި އެކި ކަންކަމަށް ހާއްސަ ޔުނިފޯމް ތަކެއްވަނީ ވެސް ވަނީ ތައާރަފްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް